ޕެންޓަގަންގެ 10 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓް މައިކްރޮސޮފްޓަށް

އެމެރިކާގެ ޑިފެންސް މިނިސްޓްރީގެ "ޖޮއިންޓް އެންޓަޕްރައިޒް ޑިފެންސް އިންފްރަސްޓްރަކްޗާ"، (ޖެޑައި) ކްލައުޑް ކޮންޓްރެކްޓާ ހެދި ޓެކްނޮލޮޖީ ކުންފުނިތަކުގެ މެދުގައި ބޮޑު އަރާރުމެއް އުފެދިފައި ވަނިކޮށް މައިކްރޮސޮފްޓާ އެކު ކުރިއަށް ދާން މިނިސްޓްރީން ނިންމައިފި އެވެ.


މި ކޮންޓްރެކްޓްގެ އަގަކީ 10 ބިލިއަން ޑޮލަރެވެ.

ޖެޑައި އެއްބަސްވުމުގެ ބޭނުމަކީ، އެމެރިކާގެ ޑިފެންސް މިނިސްޓްރީ އަށް ބޭނުންވާ "ކްލައުޑް ސްޓޯރޭޖް" ފޯރުކޮށްދިނުމެވެ. އެ ގޮތުން މި ކޮންޓްރެކްޓް ލިބޭ ކުންފުންޏަކުން ޑިފެންސްގެ ޑާޓާތައް – ގާތްގަނޑަކަށް 80 ޕަސެންޓް – ދުނިޔޭގައި އަދި ބަޔަކު ރައްކާކޮށްފައި ނުވާހައި ރައްކާތެރިކަމާ އެކު ފޮރުވައި ބަލަހައްޓައިދޭން ޖެހެ އެވެ. މައިކްރޮސޮފްޓުން ވަނީ ޕެންޓަގަން އިން ބުނިހައި ކަމެއް ފުރިހަމަކޮށްފަ އެވެ.

މި ކޮންޓްރެކްޓަށް ޝައުގުވެރިކަށް ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި، ހިޓާޗީ ޑާޓާ ސިސްޓަމްސް، ގޫގުލް، އެމެޒޯން، މައިކްރޮސޮފްޓް، އައިބީއެމް އަދި އޮރެކަލް ހިމެނެ އެވެ. މި ވަރުގެ ބޮޑު މަސައްކަތެއް ކުރުމަށް މި އަށް ވުރެ ވަކިން ގާބިލު އެހެން ބަޔަކު ހޯދުމަކީ ނާދިރުކަމަކަށް ވާނެ އެވެ. މަސައްކަތްތަކުގެ ކުޑަބޮޑުމިން ކަނޑައަޅައިދޭ މިންގަނޑަކީ ފައިސާ އެވެ. މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް އެމެރިކާގެ ހަޔާތުގައި ވެސް ޓެކް ކުންފުންނަކާ ހަވާލުކޮށްފައި ނުވާ ކަމަށް ވެ އެވެ.

މި މަސައްކަތްތަކަށް ކުރިމަތިލި ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާކުރުމަށް ފަހު އަދި އެތެރެ އެތެރެއިން ހިނގައިދިޔަ ހާދިސާތަކަށް ފަހު، އެންމެ އެކަށޭނަ ދެ ކުންފުންޏެއް ލިސްޓްކުރި އެވެ. އެއީ އެމެޒޯން އަދި މައިކްރޮސޮފްޓް އެވެ. ގޫގުލް އިން މި ކޮންޓްރެކްޓް ދޫކޮށްލީ ގޫގުލްގެ ތެރެއިން ކުރިމަތިވި ހުރަސްތަކަކާ ހެދި އެވެ.

ޖެޑައި ކޮންޓްރެކްޓް ހަވާލުކުރާނެ ވަކި ބަޔަކު އިޚުތިޔާރުނުކުރެވި ދުވަސްތަކެއް ފާއިތުވެ ދިޔަ އެވެ. އެއިރު ހުރިހާ އެންމެންނަށް ކަހަލަ ގޮތަކަށް ހީވެފައި އޮތީ އެމެޒޯން ނޫން ބަޔަކަށް މި މަސައްކަތް ނުލިބޭނެ ކަމަށެވެ. ނަމަވެސް، ޝަރުތު ފުރިހަމަވާ ބަޔަކު ބެލުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި، ޕެންޓަގަންއާ ގުޅުން ހުރި ބަޔަކު އެމެޒޯން އަށް އެހީތެރިކަން ފޯރުކޮށްދިންކަން ފަޅާއެރި އެވެ.

ޕެންޓަގަން އިން މި ކޮންޓްރެކްޓް މައިކްރޮސޮފްޓަށް ހަވާލުކުރީ އޮކްޓޯބަރު 2019 ގަ އެވެ. ނަމަވެސް އެމެޒޯންއާ ހެދި މައިކްރޮސޮފްޓަށް މަސައްކަތްތައް ކުރި އަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެމެޒޯން އިން ކޮންޓްރެކްޓް ހޯދަަން ކޯޓަށް ވެސް ދިޔަ އެވެ. އަދި އެމެޒޯން ބާތިލުކުރުވީ ވައިޓް ހައުސް އިން ކަމަށް ވެސް ތުހުމަތުކުރި އެވެ. އެއީ ވޮޝިންގްޓަން ޕޯސްޓްގައި ޓްރަމްޕަށް ފާޑުކިޔާތީ ކަމަށް ވެސް ބުންޏެވެ. ވޮޝިންޓަން ޕޯސްޓަކީ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ ނޫހެކެވެ.

ޖެޑައި ކްލައުޑް ކޮންޓްރެކްޓް އެމެޒޯން އަށް ނުލިބުނީ އެ މީހުންގެ އަމަލުތައް ހުރި ގޮތުންކަން ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ. މަސައްކަތްތައް ލިބިއްޖެ ނަމަ ކޮށްދޭނެ ކަންތައްތަކެއް ވާގިވެރިން ހުށަހެޅުނުކަން އެމެޒޯން ހަނދާނެއް ނެތެވެ. މަސައްކަތްތައް ނުލިބުމުން ގޯސްވީ މުޅިން އެހެން ބައެކެވެ.