ބުރޫނާއީގެ އެންމެ މަތީ ޝަރަފް ސައުދީ ރަސްގެފާނަށް އަރުއްވަނީ.
05 މާޗް 2017 - 12:45
ބަންދަރު ސެރީ ބަގަވާން (މާޗް 5) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒަށް ބުރޫނާއީގެ އެންމެ މަތީ ޝަރަފް އަރުވައިފި އެވެ.
ރޯޔަލް ފެމިލީ އޯޑާ އޮފް ދަ ކްރައުން ސައުދީ ރަސްގެފާނަށް އެރުވީ އިންޑޮނީޝިއާ އަށް ރަސްގެފާނު މިހާރު ކުރައްވާ ދަތުރުފުޅުގައި އިއްޔެ ބުރޫނާއީ ކުރެއްވި ޒިޔާރަތުގަ އެވެ.
ރަސްގެފާން ސަލްމާނާއި ބުރޫނާއީގެ ހަސަނުލް ބުލްކިޔާ ވަނީ ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ އިގްތިސާދީ، އިންވެސްޓްމަންޓް، ތައުލީމީ، ސަގާފަތް އަދި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާތަކާ ގުޅޭ އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުމަށް މަޝްވަރާ ކުރައްވައިފަ އެވެ. އަދި ސައުދީ-ބުރޫނާއީ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުންތައް މި އަހަރު ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.
ބުރޫނާއީގެ އެއާޕޯޓުން ސައުދީ ރަސްގެފާނަށް އަލްވަދާއު ދަންނަވަނީ.
މިއީ ބުރުނާއީ އާއި ސައުދީ އަރަބިއާ އިން 1992 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ސައުދީ ރަސްކަލަކު ބުރޫނާއީ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން 1995 ވަނަ އަހަރު ވަނީ ޝާޒެ ޑެ އެފާޒް ލެވެލްގައި ސައުދީ އެމްބަސީއެއް ބުރޫނާއީގައި ހުޅުވާ އަދި 2001 ވަނަ އަހަރު ވަނީ ސައުދީ ސަފީރެއް ކަނޑައަޅައިފަ އެވެ.
ހަސަނުލް ބުލްކިޔާ ވަނީ 1998 ވަނަ އަހަރު ސައުދީ އަށް ވަޑައިގެން ފަހުދު ރަސްގެފާނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ބުލްކިޔާ ވަނީ އަބްދުﷲ ރަސްގެފާނާ ވެސް ސައުދީގައި ބައްދަލު ކުރައްވައިފަ އެވެ.
ރިޔާޒުގެ އަމީރަކަށް ސަލްމާން ހުންނެވި ދުވަސްވަރު، 1997 ވަނަ އަހަރު، ވަނީ ބުރޫނާއީ އަށް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލް އަޚް
06 March 2017
އޭ އަޚުން ނޭވެ. ސައުދީ އަރަބިޔާއޭ، ޖަމަލޭ، ކަދުރޭ، ޒަމްޒަން ފެނޭ، އަރަބިންނޭ، ކިޔާގެން "މުރުތައްދު ވާވަރަށް ސިޔާސީ ނުވާށެވެ"
ސުޖާ
05 March 2017
ރާއްޖޭގެ ރައީސުލް ޖުމްހޫރީއްޔާ ކަންވެސް އަހަރެމެންދީފާނަން..އެކަމަކު ބައީވަރު ލާރީ ފައީސަަ ރަނުގެ ހަދީޔާ ހީފައީގެން އަންނައްޗޭ..ފައީސާ ބަހޭ ބަހޭ.. ދެން ނީކަން ގީނައީން ގެންނައްޗޭ..
ކޮލޮމްބޯ
05 March 2017
މި ކުޑަކުޑަ ދިވެހިރާއްޖެއިންވެސް މިފަދަ އިއްޒަތެއް އަދި ލަގަބެއް ސައޫދީ ރަސްގެފާނަށް އަރުވާނެ ކަމަށް އުއްމީދު ކުރަމެވެ.