މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުން ދިރިއުޅުނު ގެއެއްގައި އަލިފާން ޖަހާފައި. --ފޮޓޯ:އޭއެފްޕީ
14 ސެޕްޓެމްބަރ 2017 - 13:41
ޔަންގޮން (ސެޕްޓެމްބަރު 14) - ރަކީން ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކަށް މިއަންމާ އަށް "އަދަބު" ދޭނެ ކަމަށް އަލް ގައިދާ ޖަމާއަތުން އިންޒާރު ދީފި އެވެ.
"މުސްލިމް އަޚުންނާއި އުޚުތުންނަށް ދޭ އަނިޔާގެ ރަހަ މިއަންމާ ސަރުކާރަށް ވެސް ދައްކާލާނަން،" އަލް ގައިދާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ހަމަލާ ދިން ޖަމާއަތުން ވަނީ މިއަންމާގައި އުޅޭ މުސްލިމުންނަށް އެހީ އާއި ހަތިޔާރު އަދި އަސްކަރީ ގޮތުން އެއްބާރުލުން ދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް ގޮވާލައިފަ އެވެ.
ރަކީން ސްޓޭޓުގައި ދިރިއުޅޭ މުސްލިމުންނަށް މިއަންމާ ސިފައިންނާއި ބުޑިސްޓުން ދޭ ހަމަލާތަކާ ގުޅިގެން އަވަށްޓެރި ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީންގެ އަދަދު ވަނީ ގާތްގަނޑަކަށް 400،000 އަށް އަރައިފަ އެވެ.
މިއަންމާގައި އެންމެ ފަހުގެ ހަމަނުޖެހުންތައް ހިނގަން ފަށާފައި ވަނީ އޮގަސްޓް 25 ގަ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ ރަކީން ސްޓޭޓުގައި ސިފައިން ހަރަކާތްތެރި ވަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލިކައްޑޫ
15 September 2017
މިހާރު މައްސަލަވެސް ހައިޖެކް ކޮއްލީ. މުސްލިމުންނަށް އޮތް ހަމަދަރުދީ އެއަނބުރާލީ ކުޑަކުދިން އަންދާ ބުޑިސްޓުން ގެ ކޮޅަށް.
މަލިކް
15 September 2017
މިއީ އިޒްރާއީލްގެ އިންޓެލިޖެންސް އެޖެންސީއިން ހިންގާ ގްރޫޕެއް. ބޭނުންވާއިރަށް މިކަހަލަ އޯޑިއޯ ޓޭޕްތައް ނެރޭނެ.
މަންނާނު
14 September 2017
މިއާޓިކަލް ލިޔުނު މީހާޔަށް ސެޕއޓެމްބަރ 11 ގަ އެމެރިކާއަށް ހަމަ ލަދިނީމިޖަމާއަތުންކަން އެނގޭނަމަ މިޔަންމާއަށް ހަމަލ ދިނުމަކީ ވަރަށް ފަސޭހަކަމަކަށް އެމީހުނަށް ވާނެ. ހާހެއްނެތް.އެވާނި މެއްސެއް ފޮޅާކުންކަހަލަ ކަމަކަށް.
Abdul Latheef
15 September 2017
ދޮގެއްވެސް ނޫން.................................ހަހަހަހަ
ވައްޑޭ
14 September 2017
ކަލޭމެން ހަމަދީފިއްޔާ އަނެއްދުވަހު އެމެރިކާ އަންނާނެ އިންސާނިއްޔަތަށްޓަކާ މިޔަންމާ މިހުން ސަލާމަތް ކުރަން.އަދި މުސްލިމުން އެހިސާބުން ގޯސްވީ
ކަވާ
14 September 2017
މިކަމަކީ މިޔަންމާގެ ބުދިސްތުންގެ ނިމުން ކަމަށް ވުން ގާތް. ހެދޭ ގޯހުން ލިބޭހަލާކު އަބަދުވެސް ފެނޭ.ކަމަކަށް ދޭން ޖެހޭ އަދަބެއް ނުން އެމިހުން އެދެނީ. އެރަހަ އެމިހުނަށް ލައްވާށިއެވެ.
ސޭޓު
14 September 2017
ﷲ އަކްބަރު. މުސްލިމުންނަށް ނަސްރު ލިބުން ގާތްވެއްޖެ.