ކުރީގެ ރައީސް ރާޖަޕަކްސާގެ ދަރިކަލުން ނަމާލް.
25 މާޗް 2018 - 17:28
މޮސްކޯ (މާޗް 25) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން އަދި ޕާލަމެންޓުގެ އިދިކޮޅު ލީޑަރު ނަމާލް ރާޖަޕަކްސާ އެމެރިކާ އަށް ވަޑައިގަތުން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ނަމާލް، 31، ދަތުރު ކުރެއްވުމަށް ހަމަޖެހިފައި އޮތީ މޮސްކޯ އިން ޓެކްސަސް އަށެވެ. އޭނާ ރަޝިޔާ އަށް ވަޑައިގަތީ އެ ގައުމުގެ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރެއްވުމަށެވެ. ނަމާލް ވިދާޅުވީ ހިއުސްޓަން އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ފްލައިޓަށް ނޭރުމަަށް އޭނާ އަށް އޮފިޝަލުން އަންގާފައިވާ ކަމަށެވެ.
"އެމިރޭޓްސް އެއާ އިން އެންގީ އަޅުގަނޑަށް ހިއުސްޓަން ފްލައިޓުގައި ދަތުރު ނުކުރެވޭނެ ކަމަށް. އެއީ އެމެރިކާގެ އޮފިޝަލުން އެއާލައިނަށް އެގޮތަށް އަންގާފައިވާތީ،" ނަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ވަކިވަކި ފަރުދުންނާ ބެހޭ ގޮތުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ކޮމެންޓެއް ނުކުރެ އެވެ. ނަމަވެސް ރަސްމީ ފަރާތްތަކުން ބުނެފައި ވަނީ ނަމާލްގެ މައްޗަށް ތުހުމަތުކޮށްފައިވާ މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެން އެމެރިކާގެ ވޮޗް ލިސްޓަށް އޭނާ އަރާފައިވުން އެކަށީގެންވާ ކަމަށެވެ. ރާޖަޕަކްސާ އާއިލާގެ އެހެން ބައެއް މެންބަރުންގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ.
ރާޖަޕަކްސާގެ ވެރިކަމުގެ ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ޚާއްސަ ކޯޓެއް އުފައްދާނެ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖް ޑޮކްޓަރު
26 March 2018
ރަދީފު ގެ ބަސް ތެދުކަން އެނގޭނެ މިއިން ބޮޑަކު އެމެރިކާ އަށް ދާން ފުލައިޓަކަށް އަރަން އުޅުމުން.
ރަދީފް
25 March 2018
ރާއްޖޭގެ އެއްވެސް މީހަކާއިމެދު މިބާވަތުގެ ފިޔަވަޅެއް ނާޅާތަ؟؟
މޮގާބޭ
26 March 2018
އެހެންވީމައެއްނުން އ ދ ގެެ އެސެމްބޮލީއަށް ނުދަނީ.