ބެންކޮކުގެ ޕަތޫނާމް ސަރަހައްދުގައި ބަޑީގެ ހަމަލާ ދިން ސަރަހައްދު ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭޝިއާ ނިއުސް
09 އޮކްޓޯބަރ 2018 - 12:24
ބެންކޮކް (އޮކްޓޯބަރު 9) - ބެންކޮކުގައި ވިޔަފާރި ކުރަން މަޝްހޫރު ޕަތޫނާމް ސަރަހައްދުގައި ޒުވާން ދެ ގޭންގެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމެއްގައި ބަޑި ޖެހުމުގެ ސަބަބުން އިންޑިއާގެ ޓޫރިސްޓަކު މަރުވެއްޖެ އެވެ.
އަގުހެޔޮކޮށް ވިޔަފާރި ކުރުމަށާއި ނައިޓް މާކެޓަށް މަޝްހޫރު ޕަތޫނާމް ސަރަހައްދުގައި ދެ ގްރޫޕެއްގެ މެދުގައި ހަމަނުޖެހުން އުފެދުނީ ފިހާރަތައް ހުންނަ ހަނި ގޯޅިގަނޑެއްގެ ތެރޭގައި ކަމަށް ފުލުހުންގެ ތަރުޖަމާން ކާނަލް ކްރިސާނާ ޕަތަނަޗަރޮއެން ވިދާޅުވި އެވެ. ދެ ގްރޫޕުން ބަޑި ޖަހަން ފެށި އިރު އިންޑިއާގެ ޓޫރިސްޓުންގެ ގްރޫޕެއް އެ ސަރަހައްދުގައި ތިބީ ބަހުގެ އިންތިޒާރުގަ އެވެ.
"ހަމަލާ ދިން ދެ ގްރޫޕް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބެންކޮކުގެ އެރަވަން ސެންޓަރުގެ ހެލްތު އޮފިޝަލަކު ބުނީ ހަމަލާގައި މަރުވި އިންޑިއާގެ ޓޫރިސްޓުގެ އިތުރުން ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ލާއޯސް މީހަކު ވަނީ ފުލުހުންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދޫ
09 October 2018
ފައިކަތިކުރަން ނުދާށޭ
މަންނާނު
09 October 2018
ވިސްނާލަންޖެހޭ ކަމެއް
ފަލަޑޭ
09 October 2018
ބްރޯ، ކަލޭމެންގެ ގައުމުގަ 300،000 މީހުން އުޅޭއިރުގަ އެކިޔާ މާލެކިޔާ ރަށެއްގަ 2ކމ ހަމަނުވިޔަސް ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް އިންސާނުން ވަޅިން ކަތިލާއިރުގަ، ބެންކޮކް މީހުން ނުބުނެއޭ ވިސްނާލަން ޖެހެއޭ. ހަގީގަތުގަ އެމީހުން ތިތަނަށް ދާން މާބޮޑަށް ވެސް ވިސްނާލަންވާނެދޯ؟ ބެންކޮކް ކަހަލަ ބޮޑުތަނެއްގަ އެވަރުގަ ހާދިސާއެއް ވަންސް އިންއަ ބުލޫމޫންގަ ހިނގީމަ ކަލޭމެން ވީވިސްނަން؟
އަންޑަ
09 October 2018
ބެންކޮކް މިއީ މާ އަމާން ތަނެއް ނޫން.