ޕެރިހުގެ ޑްރައިވަރު ވަނީ ތައިލެންޑުގެ ޓޫރިސްޓް ދެމަފިރިން އަތުން ބޮޑު އަގެއް ނަގާފައި.
24 ނޮވެމްބަރ 2018 - 14:57
ޕެރިސް (ނޮވެމްބަރު 24) - ތައިލެންޑުގެ ދެމަފިރިން އެއާޕޯޓުން ހޮޓަލަށް ގެންދިއުމުގައި އޮޅުވާލައިގެން މާ ބޮޑު އަގެއް ނެގި ޕެރިހުގެ ޓެކްސީ ޑްރައިވަރު އަށް މަސް ދުވަހަށް ޖަލަށްލައިފި އެވެ.
ޑްރައިވަރާ މެދު ހިތްހަމަނުޖެހިގެން ދެ ޓޫރިސްޓުން ޒުވާބުކުރި ވީޑިއޯ އެ މީހުން ވަނީ ޔޫޓިއުބުގައި އާއްމުކޮށްފަ އެވެ. ޕެރިހުގެ ރޮއިސީ ޗާލްސް ޑި އެއާޕޯޓުން ވެރިރަށުގެ މެދުތެރޭގެ ހިސާބުގެ ހޮޓަލަކަށް އެ މީހުން ގެންދިއުމަށް ޑްރައިވަރު ވަނީ 247 ޔޫރޯ (281 ޑޮލަރު) ގެ ބޮޑު އަގެއް ނަގަން އުޅެފަ އެވެ. ނަމަވެސް އެކަމަކު އެއާޕޯޓުން ޕެރިހުގެ މެދުތެރޭގެ ހިސާބުތަކަށް އާއްމުކޮށް ދަތުރުކޮށްދޭ އަގަކީ 45-55 ޔޫރޯ އެވެ.
ޑްރައިވަރުގެ ކިބައިން ސަލާމަތްވުމަށް އެންމެ ފަހުން ދެމަފިރިން ވަނީ 200 ޔޫރޯ ދީފަ އެވެ. ޑްރައިވަރުގެ މައްޗަށް ވަނީ މަކަރާއި ހީލަތް ހަދަން އުޅުމާއި ބިރުދެއްކުމުގެ ކުށް ސާބިތުވެފަ އެވެ.
ޕެރިހުގައި 17،000 އަށް ވުރެ ގިނަ ޓެކްސީ ދުއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިބައި ރާއްޖެ
24 November 2018
ރާއްޖޭގައި ނަމަ، އަދި ކިއެއްތަ، މަގުމަތުން އިތުރުން ދެމީހުން ނަގައިގެން ކާރު ފުލްކޮށްލައިގެން ދާނީ. އަދި ތިޔަ ވީޑިއޯއެއް އެހެން ޑުރައިވަރުންނަށް ފެނުމުން، ދަތުރޭ، ކާރޭ، ޓަޔަރޭ، ލަގެޖޭ، ތެލޭ، މަގޭ، ޓުރެފިކޭ، ޚަރަދޭ، މުޒާހަރާއޭ ގޮވަމުން އެކަކަށްވުރެ އަނެކެއްގެ އަގު މަތިކުރާނެ. ޓްރާންސްޕޯޓަށް، ފުލުހުންނަށް ވީޑިއޯ ފެނުނަސް ކަހާތަން ހިރުވާވެސް ނުލާނެ. މަައްސަލައެއް ހުށަހަހަޅައިފިއްޔާ ބަލާނެއޭ މައްސަލައެއް ހުށަހަޅާފަކަ ފެނޭ ކިޔައި ނޫސް ބަޔާން ނެރޭނެ.