ހަމަލާ ލައިވްކުރުމުން އެއާ އޭޝިއާގެ ވެރިޔާ ފޭސްބުކުން ނުކުމެއްޖެ

ކުއާލަ ލަމްޕޫރު (މާޗް 18) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތަށް ދިން ހަމަލާ ފޭސްބުކުން ލައިވް ސްޓްރީމް ކުރުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން، އެއާ އޭޝިއާގެ ޗީފް އެގެޒެކެޓިވް އޮފިސަރު ޓޯނީ ފެނާންޑޭޒްގެ ފޭސްބުކް އެކައުންޓް ބަންދުކޮށްފި އެވެ.


މެލޭޝިއާގެ ބަޖެޓް އެއާލައިނުގެ ވެރިޔާ ވިދާޅުވީ މުސްލިމުންތަކަށް ހަމަލާ ދޭ މަންޒަރު ވަގުތުން ފެނިގެން ދިއުން އެއީ ދެން ބޮޑުވަރު ކަމަށެވެ. ފޭސްބުކް އިން ފެނާންޑޭޒް 670،000 މީހުން ފޮލޯ ކުރެ އެވެ.

އިނގިރޭސި ފުޓުބޯޅަ ކްލްބު ކްއީން ޕާކް ރޭންޖާސްގެ ވެސް ވެރިޔާ ފެނާންޑޭޒް ކުރިން ވަނީ ސޯޝަލް މީޑިއާ އިން ނަފުރަތު އުފައްދާ ނަމަ ޓްވީޓާ ބޭނުން ކުރުން ވެސް ހުއްޓާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ފެނާންޑޭޒްގެ ޓްވިޓާ އެކައުންޓް 1.29 މިލިއަން މީހުން ފޮލޯ ކުރެ އެވެ. ޓްވިޓާއާ 2008 ވަނަ އަހަރު ފެނާންޑޭޒް ގުޅިވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ 20،300 ޓްވީޓް ކުރައްވައިފަ އެވެ. ގިނައިން ޓްވީޓް ކުރައްވަނީ ކުންފުނީގެ މުވައްޒަފުންނަށް ތައުރީފް ކުރެއްވުމުގެ ގޮތުންނެވެ.

މިސްކިތުގައި ތިބި މީހުންނަށް ހަމަލާ ދޭ މަންޒަރުގެ ވީޑީއޯ ފޭސްބުކުން ފަހުން ވަނީ ނަގައިފަ އެވެ. އޮސްޓްރޭލިއާ އަށް އުފަން 28 އަހަރުގެ މީހާ މިސްކިތަށް ވަންނަމުން ދިޔަ އިރު އޭނާ ދިޔައީ އެ މަންޒަރު ފޭސްބުކުން ވަގުތުން ލައިވް ކުރަމުންނެވެ.