ކްރައިސްޗާޗުގެ އަލް ނޫރު މިސްކިތުގެ ބޭރުގައި ބަޔަކު ނަމާދު ކުރާ އިރު އާއްމުންގެ ބަޔަކު ހިމާޔަތް ދެނީ. --ފޮޓޯ:އޭއެފްޕީ
21 މާޗް 2019 - 09:28
ކްރައިސްޓްޗާޗް (މާޗް 21) - ބަޑި ހިފައިގެން ހުރި މީހަކު މިދިޔަ ހުކުރު ދުވަހު ހަމަލާ ދިން ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތުގެ ބޭރުގައި އިއްޔެގެ މަޣްރިބު ނަމާދު މުސްލިމުން ކުރަމުން ދިޔައިރު އެ ސިޓީ އާއްމުންގެ އެތައް ބަޔަކު އަތާއި އަތް ގުޅާލައިގެން ތިބެ މުސްލިމުންނަށް ހިމާޔަތް ދީފި އެވެ.
މިއީ ހަމަލާ އަށް ފަހު މުސްލިމުންނާ މެދު ނިއު ޒީލެންޑުގެ އާއްމުން ދައްކުވައިދެމުންދާ އެއްބައިވަންތަކަމުގެ މިސާލުން އެއް ބައެވެ. ހަމަލާ އަށް ފަހު ވޭތުވެ ދިޔަ ދުވަސްތަކުގައި މިސްކިތުގެ ބޭރުގައި ނަމާދުކޮށްފައި ވަނީ މަދު ބައެކެވެ. އެކަމަކު ބުދަ ދުވަހުގެ މަޣްރިބު ނަމާދުގެ ޖަމާއަތުގައި ވަނީ ގިނަ ބަޔަކު ބައިވެރިވެފަ އެވެ. ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ނަމާދު ކުރަމުން ދިޔަ އިރު އެ ސިޓީގެ އާއްމުންގެ އެތައް ބަޔަކު އެ މީހުންގެ ފަހަތުގައި މަޑުމައިތިރިކަމާ އެކު ތިބީ އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓައިގެން އިންސާނުންގެ ޗޭނެއްގެ ގޮތުގަ އެވެ.
I’m not ashamed to admit I wept at this scene tonight — Christchurch locals forming a human chain behind Muslims as they perform maghrib prayers in front of the Al Noor mosque, where so many died. It was utterly beautiful pic.twitter.com/6CjKAi4ir6
— Jerome Taylor (@JeromeTaylor) March 20, 2019
"އަހަރެންގެ ހިތް އުފަލުން ފޮޅިއްޖެ. މިއީ ގަބޫލް ވެސް ނުކުރެވޭ ކަހަލަ ކަމެއް،" އޮސްޓްރޭލިއާ އިން ކްރައިސްޗާޗަށް ގޮސް ހުރި އުމަރު ،32، ބުންޏެވެ. "މުޖްތަމައުގެ އެންމެން މިހާ އެކުވެރިކޮށް އުޅޭތަން ފެނުމުން ވަރަށް އުފާވޭ."
ހަމަލާގައި ފިރިމީހާ މަރުވި ނުހާ އަސަދު ބުނީ ނިއު ޒީލެންޑް މީހުން މުސްލިމުންނަށް ވަރަށް އަޅާލައި ކަމަށާއި އެއީ ހިތާމައިގެ ވަގުތުގައި ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
ކްރައިސްޗާޗުގެ އަލް ނޫރު މިސްކިތުގެ ބޭރުގައި ބަޔަކު ނަމާދު ކުރާ އިރު އާއްމުންގެ ބަޔަކު ހިމާޔަތް ދެނީ. --ފޮޓޯ:އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
22 March 2019
ﷲ އަށް ހަމްދުކުރަން. އައި ލަވް ނިއުޒީލޭންޑު
ހުސައިން އިޖުލާލު މުޙައްމަދު
22 March 2019
އަލްޙަމްދުލިﷲ.
ސަލީމު އިދުރީސް
21 March 2019
ނިއުޒިލެއްޑު މީހުންފަދަ އަހުލާގު ރަނގަޅުބައެކަމުގަ މުސްލިމުން ވާނެނަމަ ކިހާރަނގަޅު! މިތާމިއުޅޭނީ ގެރިއެއްގެ ސޫރައިން ހަދާފަހުރި ހިލަގަނޑެއް ތާކުބެއްޓިއަސް މޮޔަބޮލައް އަރައިގެން
ކުޑަބޭ
21 March 2019
9/11 ގެ ހަމަލައަށް ފަހު އެމެރިކާގައި މުސްލިމުންނާ މެދު އާންމުން ދެކެމުން އަި ގޮތް ބަދަލުވެ، ކޮންމެ އަހަރަކު އިސްލާމްވާ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެން ދިޔަ. މިހާދިސާގެ ސަބަބުން ނިއުޒިލެންޑްގެ މީސްތަކުންގެ ހިތްތަކުގައި އިސްލާމްދީނާއި މެދު ޝައުޤުވެރިކަން އުފައްދަވައިދެއްވައި ގިނަ ބަޔަކަށް ހިދާޔަތްދެއްވައި ނިއުޒިލެންޑްގައި އިސްލާމީ ދަރިފަސްކޮޅު ބޮޑުވެ އިތުރުވެގެން ދާނޭ ކަމެއް ކަމުގައި މި ހާދިސާ ލައްވާށި. އާމީން.
ހާޒިމް
21 March 2019
މުސްލިމެއްގެ ޖާނުންފިދާވެގެންދޭ ބޮމުގެ ހަމަލާގައި މަރުވެގެެންދާ ކުށެއްނެތް އެތައް ބައެއްގެ އާއިލާތަކާއި ގާތްމީހުންނަށް މިގޮތަށް އަޅާލަން މުސްލިމުންނަށް ކެރޭނެބާ؟؟؟
މީނަ
21 March 2019
ހަގީގީ މުސްލިމަކު ޖާނުން ފިދާވެގެން އަދި އެހެން ގޮތަކުންވެސް އެހެން މީހަކަށް ހަމަލާއެއް ނުދޭނެ!
އަޅުގަނޑު ޢާއިޝާ
21 March 2019
ދުނިޔެ މިދެކެނީ މިއީ އާދައިގެ ކަމެއް ނޫން. އެހެން ދީންތަކުގެ މީހުން ނުކުމެ އިސްލާމުންގެ ޙިމާޔަތުގައި ތިބުން މިއީ މިޒަމާނުގެ ދުނިޔެ އިން ފެންނަ އަޖައިބުކުރުވަނިވި ކަމެއް. މިއީ ﷲ މީހުންނަށް ދެއްވާ އިމްތިޙާނެއް. ފިލާވަޅެއް. ވިސްނާ ފިކުރު ކުރާ މީހަކުގެ ހިތް ހީކަރުވައިގަންނަހާ ﷲ ގެ ކުޅަދުންވަންތަކަން މިކަމުގައިވެސް ބޮޑު. އިސްލާމް ދީން އެއްވެސް ވަރަކަށް ޤަބޫލުނުކުރާ ހިތްތަކުން މިއަދު ލޯބި އޮހެނީ ﷲ ގެ ދީނަށް ތަބާވެ ތިބި މީހުންގެ މައްޗަށް. ސުބުޙާނަﷲ
މަރުމޯލު
21 March 2019
ކީއްވެބާ ނިއުޒިލޭންޑު މީހުންނަށް ޝުކުރުގެ ބަހެއް ބުނެފަ ކޮމެންޓެއް ލިޔަން ނުކެރިގެން މިއުޅެނީ؟
އަޅުގަނޑު ޢާއިޝާ
21 March 2019
ނިއުޒިލެންޑް މީހުންނަށް ކިތަންމެހާވެސް ޝުކުރު މި ހިތްތަކުން އޮހޭ.އެކަމަކު ވާ ގޮތަކީ، ދީނާއި ގުޅުންހުރި ކަމެއް ކަމަށް ވެފަ، އެތައް ބަޔަކު ޝަހީދުވެ ދިޔަ ހާދިސާ އަދި ހިތުން ނުފިލާތީ،ހިތާމައިގެ ވަގުތުﷲ މަތިން ވަކިން ބޮޑަށް ހަނދާންވާތީ، މި ޚަބަރުތައް ކިޔާފަވެސް ހަނދާނަށް އަންނަނީ ﷲ ގެ ކުޅަދުންވަންތަކަން. އެތައް ބަޔެއްގެ ފުރާނަ ގެންދަވައިފި، އެއަށްވުރެ ގިނަ ބަޔަކަށް މިދަނީ ޙިމާޔަތް ލިބެމުން. ކުޅަދުންވަންތަކަން ހަމަ ހިތަށް އަންނަނީ. ﷲ އަށް ޝުކުރުކުރަން
ފެންސު
21 March 2019
ބުނާނެ އެއްޗެއް ނޭނގުނު. ވަރަ ފުރިހަމަ. މާތްﷲ އެބައިމީހުނަށް ހިދާޔަތު ދައްކަވާށި. އާމީން.
އަފުން
21 March 2019
ޔާﷲ، ނިއުޒިލޭންޑުގެ މީހުންގެ ހިތްތަށް އިސްލާމްދީނުގެ ނޫރުން އަލިކުރައްވާފާދޭވެ. އާމީން.
ދިވެހިދަރިން
21 March 2019
ކްރައިސްޗާޗުގެ އެހެނިހެން ދީން ތަކުގެ އަހުލުވެރިންނަށް މާތްﷲ ތައުހީދުގެ އަލިމަގު ދައްކަވާދެއްވާދޭވެ.