އީރާނުގެ މިސައިލް ސިސްޓަމެއް ރޫހީ ލީޑަރު ޚާމަނާއީ ބައްލަވާލައްވަނީ. --ފޮޓޯ:އީޕީއޭ
22 ޖޫން 2019 - 19:28
ތެހެރާން (ޖޫން 22) - އީރާނަށް ކުރިމަތިވާ ކޮންމެ ބިރަކަށް ވަރުގަދަ އަށް ރައްދު ދޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.
"އީރާނުގެ ބޯޑަރުތަކާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނުދޭނަން. އެމެރިކާގެ ފަރާތުން ކުރިމަތިވާ ކޮންމެ ބިރަކަށް ކެރިގެން ކުރިމަތިލާނަން،" ތަރުޖަމާން އައްބާސް މޫސަވީ ވިދާޅުވި އެވެ.
ތެހެރާން އާއި ވޮޝިންޓަނާ ދެމެދު އެންމެ ފަހުން މައްސަލަ ގޯސްވީ އެމެރިކާގެ ޖާސޫސީ ޑްރޯނެއް އީރާނުން ބުރާސްފަތި ދުވަހު ވައްޓާލުމާ ގުޅިގެންނެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާގެ ޑްރޯން ވައްޓާލީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުމުން ކަމަށެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ޑްރޯން ވައްޓާލީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގެ ތެރޭން ކަމަށެވެ.
"އެމެރިކާ އަށް އެއްވެސް ގޮތަކަށް އީރާނުގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ނުދެވޭނެ،" މުސަވީ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ޑްރޯން ވައްޓާލުމާ ގުޅިގެން އީރާނަށް ވައިގެ ހަމަލާ ދޭން ހުއްދަ ދެއްވި ކަމަށާއި އެކަން ކެންސަލް ކުރީ ހަމަލާދޭން 10 މިނިޓަށްވެފައި ވަނިކޮށް ކަމަށެވެ.
"އަޅުގަނޑު އެހިން ކިތައް މީހުންތޯ މަރުވާނީ. ޖެނެރަލް ދެންނެވި 150 މީހުން މަރުވާނޭ،" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
އީރާނުން ހުކުރު ދުވަހު ބުނެފައި ވަނީ އެ ގައުމުގެ ބޯޑަރުތައް ކޮންމެ ގޮތެއްގައި ނަމަވެސް ދިފާއު ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
24 June 2019
150 މުސްލިމުން މަރުވެދާނެތީ ތަ ޓުރަމްޕު ކިހާ ހެޔޮ ދޯ؟ އެހެނެއްނޫން ކަލޭމެނަށް އެގުނީ އީރާނު ސަރަހައްދައް ވަގަށް ވަންދެ ބޮން އަޅާފަ ނުފިލޭނެ ކަން އެހެންގެން ބިރުން ފިލީ 90 ގެ އަހަރު ތަކުގަ އިރާގަށް އިރު އިރުކޮޅާ ތިޔަ ޑޮރޯނުން ހަލަދީ ހެދިއިރު އެނީހުނަށް ތީގެ އެކަތިވެސް ވައްޓައެއް ނުލެވުނު އެކަމަކު އިރާން ތަފާތު އަޖުމަ ބަލަން ފޮނުވި އެތި އޮޓީ ފުނޑިފަ.
ރަށްދު
23 June 2019
އިސްލާމުން ބަލިވާނެ އީރާނުން ސަޅި ކަނޑާނެކަމެއްނެތް ސަބަބަކީ ތިތަނުންނުބައި ހަދާނީ އީރާނުންނެ މިއަދު މުސްލިމުންނަކީ އީމާންތެރިކަންކުޑަ ބަލިކަށި ބައެއް އީރާން ތަޅާނެ ހުދުފޮށާ ތަޅާހެން
ވަހީދު
23 June 2019
ކަލެއަށް ހީވާނެ އިސްލާމުން ބަލިވާނެ ކަމަށް. އެކަމަކު ހަޤީޤީ މުސްލިމުން ބައްޔެއް ނުވާނެ. އެއްގޮތަކީ ޝަހީދުވުން، އަނެއް ގޮތަކީ މިދުނިޔެ މަތިން ކާމިޔާބުވުން. ދެގޮތުން ކުރެ ގޮތަކަށް ހަނގުރާމަ ނިމުނަސް އެއީ ބަލިވުމެއް ނޫން.
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
23 June 2019
އަހަރުމެން ކޮންމެހެން ކަލޭ ލިޔެފައިވާ މޮޔަ ކޮސް ވާހަކައަށް ޖަވާބުދޭކަށެއް ބޭނުމެއްނުން، އަހަރުމެނަށް ވެސް އެނގޭ ދިވެހިރާއްޖޭގައިވެސް ފިލައިގެން ހިއްޕި ވައްތަރުގެ އައުޅެއް ބައުޅެއް ނޭނގޭ މީހުން އުޅޭކަން ތިވައްތަރު
ސަޅިބައިސާ
23 June 2019
ޖެނެރަލް ވިދާޅުވީ 150 މީހުން މަރުވާނޭ. މިއީ ކިހާ މޮޅު ޖެނެރަލެއް. މަރުވާނެ މީހުންގެ ނަންތައް ޖެނެރަލަށް ނޭނގުނީބާ. އެމެރިކާގެ ވެރިކަމުގާ ތިއަހުރީ ފައްކާ މޮޔައެއް. މިހާރު ހުންނާނީ އިރާނުގެ ފެންވަރާ ހުނަރު ފެނިފަ. ދެން ހޮރުމުޒު ކަނޑުއޮޅިން ބޯދިކޮޅެއް ހިފައިގެން ރަށަށްދޭބަ.
ރީތި މޫސަ
23 June 2019
އެމެރިކާ އިރާނަށް ހަމަލަދީފިނަމަ އީރާނުގެ އެންފުރަތަމަ އަމާޒަކަށްވާނީ އިޒްރޭލް ވީމާ ނުކެރޭނެ އެމެރިކާއަކަށް އީރާނަށް ހަމަލާދޭކަށް
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
22 June 2019
އެމެރިކާ އަށް ނުކެރޭނެ އީރާނާއި ދިމާކޮށް ހަނގުރާމައެއްކުރަން، އެމެރިކާ މީހުން ހަނގުރާމަ ކުރަން އަރަން ތިބޭ ބިމުގެ ތެރެއިން އެއްމެ ބިމެއްގެ ހުއްދަ އަދި ލިބިފައި އޮތީ އެއީ ޑިކުޓޭޓަރުންގެ ވެރިކަން އޮންނަ ސއުދީން، އިރާނުގެ ފޮރިންމިނިސްޓަރ ވަރަށް ސާފުކޮށް މިއަދު ރޮއިޓަސް އަށް ދިންމައުލޫމާތުން އެނގެނީ ސއުދީގެ ދުވަސް ދުއްވާލުމަކީ ފެންފޮދެއް ބުއިން ފަދަ ކަމަކޭ / ޔޫ އޭ އީ ، ކަތަރު ދޯހާ، ދެކޮޅު، އެހެންވެ ހަނގުރާމަކުރުމެއްނެތް، ބިރުގަނުވަން ކަމަށް.
ބިގަރޭ
22 June 2019
ގަދަ!