އިޒްރޭލުގެ ކުރީގެ ރައީސް ޝިމޮން ޕެރޭޒް އިޒްރޭލުގެ ފޮރިން ޕްރެސް އެސޯސިއޭޝަންގައި ޖުލައި 6، 2014 ގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
28 ސެޕްޓެމްބަރ 2016 - 08:55
ތެލް އަވީވް (ސެޕްޓެމްބަރު 28) - އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އަދި ކުރީގެ ރައީސް ޝިމޮން ޕެރޭޒް މިއަދު އަވަހާރަވެއްޖެ އެވެ.
މީގެ ދެ ހަފުތާ ކުރިން ސްޓްރޯކެއް ޖެހިގެން ޕެރޭޒަށް ދިޔައީ ތެލް އަވީވުގެ ޝެބާ މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުންނެވެ. ޕެރޭޒްގެ ހާލު ރަނގަޅުވަމުން އައި ނަމަވެސް އިއްޔެ ވަނީ ކުއްލިއަކަށް ހާލު ދެރަވާން ފަށައިފަ އެވެ.
އިޒްރޭލުގެ ކުރީގެ ރައީސް ޝިމޮން ޕެރޭޒް (ކ) ފަަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތާ ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
އިޒްރޭލް، 1948 ވަނަ އަހަރު އުފެއްދި ފަހުން ޕެރޭޒް ވަނީ ގާތްގަނޑަކަށް ހުރިހާ ސިޔާސީ އޮފީހެއްގައި މަސައްކަތް ކުރައްވައިފަ އެވެ. އިޒްރޭލުގައި ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައިވާ ޕެރޭޒް އިޒްރޭލުގެ ރައީސްކަން ކުރެއްވީ 2007 އިން 2014 އަށެވެ. އޮސްލޯ ސުލްހައިގެ އެއްބަސްވުމަށް ކުރެއްވި މަސައްކަތާ ގުޅިގެން 1994 ވަނަ އަހަރު ވަނީ ޕެރޭޒަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފަ އެވެ. އެ ފަހަރުގެ ސުލްހައިގެ އިނާމު ވަނީ ޕަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތަށާއި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ޔިޒަކް ރަބީން އަށް ވެސް ލިބިވަޑައިގެންފަ އެވެ.
އިޒްރޭލުގެ ކުރީގެ ރައީސް ޝިމޮން ޕެރޭޒް (ވ) އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާ ވޮޝިންޓަނުގައި ޑިސެމްބަރު 11، 1995 ގައި ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ޕެރޭޒް ވަނީ ފަލަސްތީނާއި އިޒްރޭލުގެ ސުލްހަ އަށް މަސައްކަތް ކުރުމަށް އެމަނިކުފާން އުފައްދަވާފައިވާ ޕެރޭޒް ސެންޓަ ފޯ ޕީސްގައި މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ. ޕެރޭޒަށް ޖެނުއަރީ މަހު ވަނީ ހާޓް އެޓޭކެއް ޖެހިފަ އެވެ.
ޕެރޭޒަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވީ ވެސް ފަލަސްތީނާ އެކު ސުލްހަ ގާއިމް ކުރުމަށް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ. ޕެރޭޒް އެއް ފަހަރަކު ވަނީ ފަލަސްތީނަކީ އެންމެ ގާތް އަވަށްޓެރިއާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަލަސްތީނު މީހުންނަކީ އެންމެ ގާތް ރަހުމަތްތެރިންނަަށް ވެދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އިޒްރޭލުގެ ކުރީގެ ރައީސް ޝިމޮން ޕެރޭޒް ޑިސެމްބަރު 17، 2014 ގައި ޕެރިހުގައި ތަގްރީރެއް ދެއްވަނީީ. --ފޮޓޯ:އޭއެފްޕީ
އިޒްރޭލުގެ ޕާލަމެންޓަށް ޕެރޭޒް ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ 1959 ވަނަ އަހަރު އެވެ. އިޒްރޭލުގެ 12 ސަރުކާރެއްގައި ޚިދުމަތް ކުރައްވާފައިވާ ޕެރޭޒް ވަނީ 1976 ވަނަ އަހަރު ދިފާއީ ވަޒީރުކަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބިސޭކަރަ
01 October 2017
ސުލްހައަށް މަސައްކަތް ކުރި،ހިތްތިރި މަޑުމައިތިރި މީހެއް ޕެރޭޒް އަކީ..އެކަމުވެސް،މީހެއްގެ އެތެރެފުށެއް ނޭނގޭނެ ހަމަ
މުޙައްމަދު
29 September 2016
އަލް ޚަމްދުލިއްލާހި
ނަސީބެއް
28 September 2016
ސުލްހަވާން ބޭނުމެއް ނުވާނެ ދުވަހަކުވެސް ކާފަރުންނެއް... އަބަދުވެސް ބޭނުން ވާނީ މުސްލިމުން ދައްކޮށްލަން..
ކައުންސެލަރު
28 September 2016
ޕެރޭޒަކީ ފަލަސްތީނާ އިސްރާއިލް ސުލްހަކުރުމަށް މަސައްކަތްކުރިފަރާތަތެއް. އަދި އަރަބިންނަށް އެންމެ ރަހުމަތްތެރި އިޒްރޭލު ރައީސް. ދެން އިސްރާއީލުގަ ހައްތަހާވެސް ތިބީ ޔަހޫދީކަން ގަދަ ޔަހޫދީން
ހަސަނު
28 September 2016
ޕެރޭޒަށް ރަހުމަތް ލައްވާށި.....
އަލީ
28 September 2016
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
މިފަހަރު
28 September 2016
ޕެރޭޒް ވެސް ގަބޫލްކުރަނީ ފަލަސްތީނާއި އިޒްރޭލް ގެ ހަމަޖެހުމަކަށް ވާނީ ދެ ދައުލަތެއް ފަލަސްތީން ބިމުގައި ގާއިމްވެގެންކަމަށް އަދި ވަރަށް މސައްކަތްކުރި ސުލްހަށް ގާއިމްކުރުމަށް. އެހެންނަމެވެސް ނަތަންޔާހޫ އަކީ ހުރިހާކަމެއް ނުބައިން ނުބަޔަށް ގެންދިޔަމީހަކީ،
ކުރިންފަހަރު
28 September 2016
ފަލަސްތީނެއް ބަޔެއް ނުކުރެވޭ. އެއީ އެއްދައުލަތް. އެތަނުން ދުނިޔޭގެ އެތައް މިތަނުން ގެނެސް ވަޒަންވެރި ކޮއްފަ ތިބި ޔަހޫދީން ފެއްސިގެން ދިޔުން ނޫން ގޮތަކަށް ސުލްހައެއް ގާއިމެއް ނުކުރެވޭނެ.
ޒަބީބު
28 September 2016
ސުލްހައިގެ އިނާމު ލިބުނަސް މިއަދު އެއިން ކުރާނެ ފާއިދާއެއް ނެތެވެ.
އަލީ ނަސީރު
29 September 2016
ބަލަ ތިކަމެއް ނޭނގުނެއްނު... މިހާރު އެ ގައުމުގެ މީހުން އެދަނީ މީނަ ހޯދާދިން ބިމުގަ ގެތައް އަޅަމުން... އެއީ ފައިދާއެއްނު...ހުރިހާ ކަމެއް ކުރަނީ އަމިއްލަ ފައިދާއަކައް ނޫނޭ!