ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
30 މެއި 2020 - 12:53
ވޮޝިންޓަން (މެއި 30) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ އެމެރިކާ އިން ގުޅުން ކަނޑާލިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.
ކޮރޯނާވައިރަސް ފެތުރުމުގައި ޗައިނާގެ އިހުމާލަށް ފިޔަވަޅު އެޅުމަށް ޑަބްލިއުއެޗްއޯ ނުކުޅެދިފައިވާ ކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
"ޑަބްލިއުއެޗްއޯގެ މައްޗަށް ޗައިނާގެ ފުރިހަމަ ކޮންޓްރޯލް އޮވޭ،" ބެއިޖިންއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ. "ދުނިޔެ މި ހާލަށް ދިޔައީ ޗައިނާގެ ސަބަބުން."
ވައިޓްހައުސްގެ ރޯޒް ގާޑަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޑަބްލިއުއެޗްއޯ އަށް އެމެރިކާ އިން ދޭ ފައިސާ ދެން ޚަރަދު ކުރާނީ އެހެން ޗެރިޓީތަކަށް ކަމަށެވެ. ޑަބްލިއުއެޗްއޯ އަށް އެންމެ ބޮޑު އެހީއެއް ދެނީ އެމެރިކާ އިންނެވެ. އެ ގައުމުން މިދިޔަ އަހަރު ވަނީ 400 މިލިއަން ޑޮލަރު ޑަބްލިއުއެޗްއޯ އަށް ދީފަ އެވެ.
އެމެރިކާގެ ރައީސްކަމުގެ ދެ ވަނަ ދައުރު ކާމިޔާބު ކުރައްވަން ކެމްޕޭން ކުރައްވަމުން ގެންދަވާ ޓްރަމްޕް ވަނީ ކޮރޯނާވައިރަސް ފެތުރުން ޗައިނާ އިން ސިއްރުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އެމެރިކާ އިން ކޮރޯނާވައިރަހަށް 1,793,530 މީހުން ޕޮޒިޓިވްވެ 104,542 މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ޑަބްލިއުއެޗްއޯ އިން ފިޔަވަޅު އެޅުމުގައި ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ފާޑު ވިދާޅުވާން ފައްޓަވާފައި ވަނީ މިދިޔަ މަހުން ފެށިގެންނެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް އަށް މި މަހު 18 ވަނަ ދުވަހު ޓްރަމްޕް ފޮނުއްވި ސިޓީއެއްގައި ވަނީ އެ ޖަމާއަތުގެ ކަންކަން ރަނގަޅު ކުރުމަށް 30 ދުވަހުގެ މުހުލަތެއް ދެއްވައިފަ އެވެ. ނޫން ނަމަ އެމެރިކާ އިން ދޭ އެހީ ދާއިމަށް ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު ދީފައިވެ އެވެ. އެ ސިޓީގައި ޓްރަމްޕް ވަނީ ޑަބްލިއުއެޗްއޯ އަކީ ޗައިނާގެ ޕަޕެޓެއް ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާ އިން ބުނެފައި ވަނީ އެމެރިކާ އިން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވުމުން އެކަމުގެ ޒިންމާ އެހެން ގައުމުތަކުގެ ބޮލުގައި އަޅުވަނީ ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވިދާޅުވީ ޓްރަމްޕް ގެންދަވަނީ އެމެރިކާގެ ރައްޔިތުންނަށް ވެސް އޮޅުވާލައްވަމުން ކަމަށެވެ.
ކޮރޯނާވައިރަހަށް ފިޔަވަޅު އެޅި ގޮތުގެ މިނިވަން ތަހުގީގެއް ހިންގުމަށް ޑަބްލިއުއެޗްއޯގެ މެންބަރު ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒިންދަގީ
30 May 2020
ގޯހެއްނޫން.. ޑަބްލިއުއެޗްއޯއަށްވެސް ޓްރަމްޕަށްވެސް އަދި ބިލްގޭޓްސްއަށްވެސް ކޮވިޑުގަ އެނގޭއެއްޗެއްވެސް ނޭނގޭއެއްޗެއްވެސް ނެތް..
ސަސި
30 May 2020
ކޮވިޑް19 އެންމެ ރަގަޅަށް އިނގޭނީ އެމެރިކާ ރައީސް، ބުރެޒިލްގެ ރައިސް އަދި މިރާއްޖޭގެ މަޖލިސް ރައީސްއަށް
އިސްމާލުކަލޭފާނު
30 May 2020
ދެން މިގައުމުގެ ޓުރަންޕު ނުގޮވާނެބާ ޑަބްލިއުއެޗްއޯއާ ގުޅުންކަނޑާލާން. ސަހާދެއް ބޯހަލާކު.
ގިޔާސް
30 May 2020
ބޯވެސް ބޮއެވެސް ހަލާކުވާނެ މިވަރުން ދަންޏާ، ދެން އަހަރުންވެސް ކޮންމެވެސް މީހެއްގެ ބޮލުގަ އެކަން އަޅުވާފަ ނޫސްބަޔާނެއް ނެރުނީމަ އެދެން ނިމުނީނު، އެއީނު މިކަން ހިނގާގޮތަކީ.
23.ހ
30 May 2020
މިދެން ކުކުޅަށްވުރެ ބިސްދޮށިވެގެން އުޅޭ ފިރިހެނެއް.. ފިސާރި ވަރަކުން ދާނެހެން ހީވޭ މިކަލޭގެ.. އެކަމކު މީނަގެ ސަޕޯރޓަރުންވެސް ހަމަ މިވަރެއް ނެތިގެން ތެޅި އަރުވައޭދޯ، ދިވެހިރާއްޖެ ގޮތަށް..
ޑާޑާ
30 May 2020
ތީހަމަ ރަނގަޅު ވާހަކައެއް، ވަކި މިތަނެއް އެތަނެއް އެމީހެއް މިމީހެއް ކިޔާނެ ކަމެއް ނެތް، ތީ ދުނިޔޭގެ އާދަ، އިންސާނީ ތަބީޢަތް.......
ނިރު
30 May 2020
ސަރުކާރެއް ހިންގުން ފެއިލްވެއްޖެނަމަ އެހެން ބައެއްގެ ބޮލަށް ކަޑާލެވޭތޯ ވަރަށް މަސަތްކަތް ކުރާނެ.. އެމެރިކާ އިންނާ މިޤައުމުން ފެންނަނީ އެންމަންޒަރު ތަކެއް .. މިކުޑަކުޑަ ޤައުމުގަ އެއުޅެނީ ތިބި ބަންގާޅިންތަށް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން މިބަލިމަޑު ކަންމުން ސަލާމަތް ނުކުރެވިގެން އުޅޭތަން .... ޤަވާއިދާ ހިލާފަށް އުޅޭ އެތަށް ހާހެއްހާ މީހުންގެ ތެރެއިން 200 މީހުން ފޮނުވާލާފަ ބައެއްގެ ލޮލުގަ އެދުން އެޅުވޭތޯ ބަލަނީ
ލޮނުމެދުފަޓާސް
30 May 2020
ރާއްޖޭގަ ދިރިއުޅޭ ބަންގްޅަދޭސް ރައްޔިތުން ކޮންޓްރޯލްކޮށްފަ އޮއްވާ ދެއްތޮ، އަނެއްކާ މިހާ ގިނަވީވެސް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައެއްނު.