ޕްރިސްޓީނާ (ނޮވެމްބަރު 18) - އިޒްރޭލުގެ ފުޓުބޯޅަ ޓީމު މިދިޔަ ހަފުތާގައި އަލްބޭނިއާ އަށް ކުރި ދަތުރުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ކޮސޯވޯ ފުލުހުން ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުމަށް އިޒްރޭލުގެ ޓީމު ކުރި ދަތުރާ ދިމާކޮށް 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ އަތުން ގޮވާ ތަކެއްޗާއި ހަތިޔާރު ފެނިފައިވާ ކަމަށެވެ. ހަމަލާ ދޭން އުޅޭކަން ފަޅާ އެރުމުން މެޗު ކުޅެން އޮތް ސްޓޭޑިއަމް ވަނީ ބަދަލުކޮށްފަ އެވެ.
ފުލުހުން ބުނީ އިޒްރޭލުގެ ޓީމަށް ދޭން އުޅުނު ހަމަލާ ކޯޑިނޭޓްކޮށްފައި ވަނީ ސީރިއާގައި ތިބި އަލްބޭނިއާގެ އައިއެސްގެ ދެ މެންބަރުން ކަމަށެވެ.
އަލްބޭނިއާ ދަރިކޮޅުގެ ބޮޑު އާބާދީއެއް އޮންނަ ކޮސޯވޯ އިން ވަނީ 1999 ވަނަ އަހަރު ސާބިއާއާ ވަކިވެފަ އެވެ. އަދި ފަހުން ވަނީ މިނިވަންކަން އިއުލާންކޮށްފަ އެވެ.