21 މެއި 2018 - 10:43
ބާސެލޯނާ (މެއި 21) - ބާސެލޯނާގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާގެ ވަދާއީ މެޗުން އެ ޓީމު ރޭ ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ އިނިއެސްޓާގެ މަގާމު މުސްތަގުބަލުގައި ފުރާނެ ކަމަށް ބެލެވިފައިވާ ބްރެޒިލްގެ ކުޅުންތެރިޔާ ފިލިއްޕޭ ކުޓީނިއޯ އެވެ.
ބާސެލޯނާއާ އެކު 32 މުބާރާތް ކާމިޔާބުކުރި އިނިއެސްޓާގެ ހަނދާނުގައި ރޭގެ މެޗުގައި ބާސެލޯނާ ސަޕޯޓަރުން ވަނީ ގިނަ ބެނާތަކެއް ދަމައިފަ އެވެ.
ރޭގެ މެޗުގެ 82 ވަނަ މިނިޓްގައި އިނިއެސްޓާ ބަދަލުކުރިއިރު، ދަނޑަށް ވަދެ ތިބި ސަޕޯޓަރުން ވަނީ އޭނާ ބޮޑު ތަރުހީބެއް ދީފަ އެވެ. އަދި ދަނޑުން ފައިބައިގެން ދިޔައިރު، އޭނާ ހުރީ ފެންކަޅިވެފަ އެވެ.
މެޗަށް ފަހު އިނިއެސްޓާ ވާހަކަދައްކަމުން ބުނީ މިއީ އޭނާގެ ހަޔާތުގައި ކުރިމަތިވާ އެންމެ އުނދަގޫ ދުވަސް ކަމަށެވެ.
"މިއީ ވަރަށް އުނދަގޫ ދުވަހެއް. އަހަރެން ވަރަށް ފުރިހަމަ 22 އަހަރު މި ކްލަބްގައި ހޭދަކޮށްފިން. އަހަރެން މި ކްލަބްގެ ބެޖަށްޓަކައި މި ޓީމުގެ ދިފާއުގައި ކުރި ކޮންމެ މަސައްކަތަކާ މެދު ފަހުރުވެރިވަން. މިއީ އެންމެ މޮޅު ކްލަބް. އަހަރެން އެންމެންނަށް ޝުކުރު އަދާކުރަން ބޭނުން. ހާއްސަކޮށް ސަޕޯޓަރުންނަށް. އަހަރެން މި ކްލަބަށް އައީ ކުޑަކުއްޖެއްގެ ގޮތުގައި މި ދަނީ ބޮޑު މީހެއްގެ ގޮތުގައި. އަބަދުވެސް ތި ހުރިހާ ސަޕޯޓެއް ހިތުގައި އޮންނާނެ." އިނިއެސްޓާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާ އިން ވަނީ އިނިއެސްޓާ އެ ކްލަބްގެ އެމްބަސަޑަރެއްގެ ގޮތުގައި ހަމަޖައްސަން ނިންމައިފަ އެވެ. އޭނާ ދެން ގުޅޭނެ ކަމަށް ބެލެވެނީ ޖަޕާނުގެ ކްލަބް ވިސެލް ކޯބޭއާ އެވެ.
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ޓޮރޭޒް ޓީމުގެ ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ރޭ ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗަކީ އެ ޓީމުގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް ވެސް އެ ޓީމަށް ކުޅެދިން ފަހު މެޗެވެ. އެތުލެޓިކޯ ދަނޑުގައި އެއިބާއާ 2-2 އިން އެއްވަރުވި މި މެޗުގައި އެތުލެޓިކޯގެ ދެ ގޯލު ޖެހީ ވެސް ޓޮރޭޒް އެވެ.
ރޭގެ މެޗުގައި އެތުލެޓިކޯގެ ކެޕްޓަންކަން ކުރީ ޓޮރޭޒް އެވެ. ކެރިއަރު އެތުލެޓިކޯ އިން ފެށުމަށް ފަހު ޓޮރޭޒް ފަހުން ވަނީ އެހެން ގިނަ ކްލަބްތަކަށް ކުޅެފަ އެވެ. މީގެ އަހަރުތަކެއްގެ ކުރިން އެތުލެޓިކޯ އަށް ބަދަލުވުމަށް ފަހު އޭނާ ވަނީ މި ސީޒަނުގައި އެ ޓީމާ އެކު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. މިއީ ޓޮރޭޒަށް އެތުލެޓިކޯގައި ހޯދުނު ހަމައެކަނި ކާމިޔާބީ އެވެ.
އުމުރުން 34 އަހަރުގެ ޓޮރޭޒް ދެން ފެނުން އެންމެ ގާތީ އެމެރިކާ ލީގުގެ ކްލަބަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެއާލް ފޭން
22 May 2018
މަރުހަބާ ޝާވީ، ޕުޔޯލް އަދި އިނިއެސްޓާ. ވީ ރެސްޕެކްޓް ޔޫ.
ެައައްބެ
21 May 2018
އިނިއެސްޓާ ތީހަމަ ހަގީގީ ލެޖެންޑުންނަކީ...
ރަދީފް
21 May 2018
މަރުހަބާ ބާސާ.ސާބަހޭ އިނިއެސްޓާ. ދުނިޔޭގެ 01 ވަނަ ކްލަބް ރެއާލް މިސީޒަނުގަ ލީގް ނިންމާލީ ސްޕެއިންގެ 03 ވަނަ ޓީމްގެގޮތުގަ އޮވެ.ގޯހެއް ނޫން.އަދި ރަނގަޅު ވާނެކަމަށް އުއްމީދުކުރަން.ޔޫސީއެލް ފައިނަލްގަ ލިވަޕޫލުން ރެއާލް ބަލިކޮށް ތަށި އުފުލަލާނެކަމަށް އިނގިރޭސީ މީޑިޔާތަކުން ޕޯޓްރެއި ކުރަނީ.ނަމަވެސް މެޗް ނިމުނީމަ ނޫނީ ވާނެގޮތެއް ނޭނގޭނެ.މިތަށި ލިވަޕޫލް ހޯދައިފިނަމަ އެއީ އިންގްލޭންޑުން ވޯލްޑްކަޕް ކާމިޔާބްކުރުންފަދަ ކަމެއްގެ ގޮތުގަ ބީބީސީން ސިފަ ކުރާނެކަން ކަށަވަރުވެ ޔަގީންވޭ. #ހަލަމެޑްރިޑް #ޔޫލްނެވަރވޯކްއެލޯން
ކަޅޭ
21 May 2018
އުފާވެރި ދުވަސްތަކަކަށް އެދެން ލެޖެންޑް