19 ޖުލައި 2019 - 10:11
ޕެރިސް (ޖުލައި 19) - ޕީއެސްޖީގެ ތަރި ބްރެޒިލްގެ ނޭމާ ހޯދަން ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާ އިން ވަނީ މީގެ ކުރިން އެ ޓީމުގެ ފިލިއްޕޭ ކުޓީނިއޯ އާއި އޮސްމާން ޑެމްބެލޭގެ އިތުރުން 44 މިލިއަން ޑޮލަރު ދިނުމަށް ފަހު ނޭމާ ގެންނަން މަސައްކަތް ކޮށްފަ އެވެ. އެކަަމަކު ޕީއެސްޖީން އެ ޑީލަށް ފުރަގަސްދިނީ އެ ކްލަބުން ނޭމާގެ ބަދަލުގައި ކުޅުންތެރިޔަކު ގެންނަން ބޭނުންނުވާތީ އެވެ. ޕީއެސްޖީން ނޭމާ ވިއްކާލާއިރު ބަދަލުގައި ކުޅުންތެރިއެއް ބޭނުންނުވާ ކަމަށާއި ބޭނުންވަނީ 250 މިލިއަން ޑޮލަރު ކަމަށް ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެތުލެޓިކޯ މެޑްރިޑުން 135 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ގަތުމަށް ފަހު ބާސެލޯނާ އަށް މި ވަގުތު އޮތް ހުރަހަކީ ބޮޑު އަގުގައި އިތުރު ކުޅުންތެރިޔަކު ގަނެވެން ނެތުމެވެ. އެއީ ފައިނޭންޝަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދަށް ފައްތައިގެން ކުރިއަށްދާ ނަމަ ބާސެލޯނާ އަށް ނޭމާ ގަންނަން ބޮޑު ބިޑެއް ކުރެވެން އޮތީ އިތުރު ކުޅުންތެރިން ވިއްކައިގެން ކަމަށްވާތީ އެވެ. އެހެންވެ ޕީއެސްޖީން ބުނާ އަގެއް ހުށަހެޅެން ބާސެލޯނާ އަށް މި ވަގުތު ފުރުސަތެއް ނެތެވެ. އެ ޓީމުން ޖެހޭނީ އެހެން ގޮތްތަކެއް ހޯދާށެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މިހާރު ހުށަހަޅާފައިވަނީ 112 މިލިއަން ޑޮލަރުގެ އިތުރުން ހަ ކުޅުންތެރިންގެ ލިސްޓެކެވެ. އޭގެ ތެރެއިން ޕީއެސްޖީން ބޭނުންވާ ދެ ކުޅުންތެރިއަކު ނެގުމުގެ އިހުތިޔާރު ވަނީ އެ ކްލަބަށް ދީފަ އެވެ. އެ ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ ފިލިއްޕޭ ކުޓީނިއޯ، އޮސްމާން ޑެމްބެލޭ، ނެލްސަން ސެމޭޑޯ، އިވާން ރަކިޓީޗް، މެލްކަމް އަދި ސެމިއުލް އުމްޓީޓީ އެވެ.
ނޭމާގެ އޭޖެންޓް އޭނާގެ ބައްޕައާ ހަވާލާދީ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ނޭމާ ހުރީ އަންނަ ސީޒަނުގައި ބާސެލޯނާ އަށް ކުޅެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގަ އެވެ. އަދި ޕީއެސްޖީ ދޫކޮށްލާނަމަ ނޭމާ ބޭނުންވަނީ ބާސެލޯނާ އަށް ކުޅެން ކަމަށެވެ.
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް އާއި ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވެސް ވަނީ ނޭމާ ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް ބުނެފަ އެވެ. އެކަމަކު ނޭމާ ވިއްކާލާނީ ކްލަބް ބޭނުންވާ ކަންތައްތަކެއް ފުރިހަމަވުމުން ކަމަށް ލިއޮނާޑޯ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ ބައްޕަ
19 July 2019
ރާކަނިމަސް ކެވިފަ ނޭމާ އައް ތިހުރީ.ފައިސާގެ ދަހިވެތިކަމުގަ އޭރުބާސާގެ ކޮންޓްރެކްޓް އަމިއްލަޔަށް އުވާލައި ޕީއެސްޖީ އައް ދިޔައީ މެސީ އާ އެއްކޮއް ކުޅޭތީ އެވޯޑް ތައް ނުލިބެނީ ކިޔާފަ.މިހާރު އެވޯޑް ތަކާ ޓްރޮފީ ތަކާ ހިފައިގެން ދެއްތޯ އަނެއް ކާ ހަމަ މެސީ ޕާހެއް ދިނީމަ ގޯލް އެއް ޖެހޭތޯ ތިދަނީ
ސުޒޭންް
19 July 2019
ލޮލް. އަނެއްކާވެސް ދުނިޔޭގެ އެންމެ އަގުބޮޑު ސްކޮޑަށްވުމަށް ކުރާ މަސައްކަތް މެކުހަށް. ޔޫރަޕުގައި ދެންވެސް މުސްކުޅި ޓީމު ދާނީ ޗޮކުން. 2014ގެ ފަހުން ކުޅުންތެރިން ގަތުމަށް 1ބިލިއަން ޔޫރޯ ޚަރަދުކުރި ފުރަތަމަ ޓީމަށްވެ ބާރސާ މިވަނީ ރިކޯރޑެއް ހަދާފަ. އެކަމަކު ޓްރާންސްފަރ ވިންޑޯ ފެށުނުތަނާ ބާރސާ ސަޕޯރޓަރުން ރެއާލްގެ ޓްރާންސްފަރ ފެނި ހިނިއަރައިގެން އުޅުނު އިރު ހީވީ އެހެންފަދަ ކަމެއްހެން.
މައްޓޭ
19 July 2019
1 ބިލިއަން ގެންގުޅޭ ބަޔަކައް ބައި ބިލިއަންވެސް ހަރަދުކުރެވޭނީ އެހެއްނު. ކޮންމެ އަހަރެއްގެ ވެސް އެންމެ މުސްސަނދި ކްލަބްތަކުގެ އެއްވަނަ ދެވަނަ ނޫނީއާ ތިންވަނައިގަ އޮންނާނީ ބާސާ. އެހެންވީމަ މިކަމާނޫޅެ ރަށުތެރެއިން ކޮންމެސް އެހެންކަމަކާ އުޅެންވީނުދޯ... ވެދުމޭ އިނގޭ
ގޮޅާ
20 July 2019
މީދެން ހާދަ ފެންމައްޗައް އަރައިގެން އުޅޭމީހެކޭދޯ ފުޓްބޯޅަ ކިޔަން އެނގޭތަ ފުރަތަމަ ތިމާގެ ފެންވަރުން ވާހަކަ ދައްކަބަލަ.
ހަގީގަތް
20 July 2019
ބާސާއިން ޚަރަދުކުރަން ބޭނުމިއްޔާ ޚަރަދުކުރާނެ. ކަލެޔާ ކޮން ބެހޭކަމެއްތަ؟ ކަލޭގެ ޓީމަށް ސަޕޯރޓްކުރެވޭތޯ ބަލާބަލަ. އެއް ބިލިޔަން ކީއްކުރަން ދެ ބިލިޔަންވެސް ޚަރަދުކުރެވޭ ފެންވަރުގެ ޓީމްތައް ޚަރަދުކުރާނީ.
ރަޑީފް
20 July 2019
1 ބިލިޔަން ޗޮކުން..
ހަގީގަތް
20 July 2019
ރަޑީފަށް. 1 ބިލިޔަން ޗޮކުން ދިޔަޔަސް ރުފިޔާ އޮންނަ ޓީމްތައް ޚަރަދުކުރާނީ. ބާސާއިން ޚަރަދުކުރާގޮތާމެދު އަހަރެން ހިތްހަމަނުޖެހުނަސް އެމީހުން އެކުރާ ޚަރަދާ ކަލެޔާ ކޮން ގުޅުމެއް އޮތީ. އެމީހުން 1 ބިލިޔަން ޗޮކުން ދުއްވާލިޔަސް ކަލެޔަކަށް އޭގެ ގެއްލުމެއް ނުލިބޭވިއްޔަ.
ރަޑީފް
21 July 2019
ހަމަ ޗޮކުން ދާނީ..
ރަދީފްް
21 July 2019
ބަލަ ހަގީގަތް. ކަލޭ ނޫންތަ ޓްރާންސްފަރ ފެށުނުއިރު ރެއާލްގެ ޚަރަދޭ ކިޔާ ފޫކޮޅަށް ބާރުކޮށްގެން އުޅުނީ؟ މިހާރު ތިޔަ ގޮވަނީ ގުދޯގުދޯ.
ހަގީގަތް
22 July 2019
ރަދީފަށް. ރަނގަޅު ވާހަކައެއް. އަހަރެން ރިއާލުން 300 މިލިޔަނެއްހާ ޔޫރޯ ޚަރަދުކުރީމަ އެވާހަކަ ދެއްކިން. އެކަމަކު އެއްފަހަރުވެސް ނޯންނާނެ ބުނެފައެއް އެއީ ބޭކާރު ޚަރަދެކޭ. އަދި އެކަހަލަ ޚަރަދު ނުކުރާށެކޭ. އަހަރެން ބުނެފަ އޮންނާނީ އެވަރުގެ ޚަރަދެއް ރިއާލުން ކުރާއިރު ކުޅުންތެރިން ވިއްކަން މަޖުބޫރުވާނޭ. ބާސާވެސް އެކަން ކުރަން މަޖުބޫރު. މިހާރު ރެއާލުން އެދަނީ އެމަސައްކަތްކުރަމުން. ރިއަލް ވަރުގަދަވުމުން އަހަރެން އުފާކުރަން.