ކުޅިވަރު / ސްޕެނިޝް ލީގް

ބާސެލޯނާ މޮޅުވިއިރު، މެޑްރިޑް ޑާބީ އެއްވަރު

މެޑްރިޑް (ސެޕްޓެމްބަރު 29) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން ރަށުން ބޭރުގައި ގެޓަފޭ އަތުން 2-0 އިން މޮޅުވިއިރު، އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޑްރިޑް ޑާބީ މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ރޭގެ ނަތީޖާތަކަށް ފަހު ރެއާލް އެއް ވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތީ ރޭ ލެގަނޭސް އަތުން 1-0 އިން މޮޅުވެ، ހަތް މެޗުން 14 ޕޮއިންޓް ހަމަކުރި ގްރަނާޑާ އެވެ. އެތުލެޓިކޯ އަށް ވެސް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި ބާސެލޯނާ އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގައި ރެއާލާއި އެތުލެޓިކޯ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ. އެ ގޮތުން އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނުއިރު، ރެއާލުގެ ގަރެތު ބޭލް މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ހުރެފައި ޖެހި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ. ރެއާލް މޮޅުކޮށްދޭން ކަރިމް ބެންޒެމާ ޖެހި ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ސުއަރޭޒް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ނުލައި އެ ޓީމުން ކުޅުނުއިރު މި މެޗުގައި ބާސެލޯނާގެ ލަނޑުތައް ކާމިޔާބުކުރީ ލުއިސް ސުއަރޭޒް އާއި ޖޫނިއާ ފާޕޯ އެވެ. ސުއަރޭޒް ޖެހި ގޯލުގައި އޭނާ އަށް އެ ފުރުސަތު ތަނަވަސްކޮށްދިނީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އެވެ.

މިއީ މި އަހަރުގެ އޭޕްރީލް މަހަށް ފަހު ބާސެލޯނާ އިން ލީގުގައި ރަށުން ބޭރުގައި ފުރަތަމަ މޮޅު ހޯދިއިރު، މި މެޗުގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ފާހަގަވި ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުންޏެވެ.

"ފުރަތަމަ ހާފް ދިޔައީ ރަނގަޅަކަށް ނޫން. ލަނޑެއް ޖެހުމުން އަހަރެމެންނަށް ހަމަޖެހިލެވުނީ. މިއީ ރަނގަޅު ކުރަން ޖެހޭ ކަމެއް،" ވަލްވޭޑޭ ބުންޏެވެ.

މި ފަހަރުގެ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި އެތުލެޓިކް ބިލްބާއޯ ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ވެލެންސިއާ އަތުން ބަލިވެފަ އެވެ.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

30 September 2019

ބާސާ ވަރެއްނެތް. މެސީ ކުޅުނުނަމަ ތަފާތު ދައްކާލީސް. މެސީއަށް އަވަސް ޝިފާއެއް ދެއްވާށި. އާމީން.

The name is already taken The name is available. Register?

ސިރްދައްތަ

29 September 2019

އޭ! ބެޑްޝީޓާ ނުބެހެއްޗޭ އިނގޭ..

The name is already taken The name is available. Register?

ލެއްގި ކޮމިޝަނަރ

29 September 2019

ކޮބާ ރެއާލްމެޑްރިޑްގެ ޕްލާސްޓިކް ފޭނުންތައް؟ ލަދުން މިތާންގަ ކޮމެންޓެއްވެސް ކޮށްލަން ނުކެރި ގެން ފިލީދޯ؟ ބާސާ ބަލިވާއިރަށް ހޮރުން ނިކުމެ އުޅޭގޮތުން ހީވަނީ ރެވިތެޔޮބޮވިގެން އުޅޭ ބަޔަކުހެން. މޮޅުވީމަ މަރުހަބާ ކިޔާލަންވެސް ނުކެރޭ. އަޅުނގަޑުގެ އަޚު ރަދީފުހެން އުޅެން ދަސްކޮށްބަލަ. ބެޑުސީޓް ދަށުގަ ފިލާނޯވެ ނިކުމެ ބާސާއަށް މަރުހަބާކިޔާލާފަ ރެއާލްއަށް ހިއްވަރުގެ ބަހެއްނަމަވެސް ބުނެލާ ކޮމެންޓެއް ކޮށްލަބަލަ.

The name is already taken The name is available. Register?

ރަދީފް

29 September 2019

ސާބަހޭ @ލެއްގިކޮމިޝަނަރު.ބާސާ ބަލިވިނަމަ ތިބުނިހެން ކޮމެންޓްސް ހުންނާނެ ، މޮޅުވީމަ ކޮމެންޓެއް ނެތް. #ވިސްކައެލްބާސާ #ޕުތަމެޑްރިޑް #ޕުތަމެޑްރިޑްޕްލާސްޓިކްސް

The name is already taken The name is available. Register?

އަސްލު ހަގީގަތް

29 September 2019

ވަރަށް ރަނގަޅު ވާހަކައެއް. އަސްލު މިތާގައި ގިނައިން ކޮމެންޓްކުރަނީ ހަގީގީ ފުޓްބޯޅަ ފޭނުންނެއްނޫން. އަސްލު ފޭނުން އެހެން ޓީމްތަކަށް މަލާމަތްކޮށެއް ނުހަދާނެ. ބަލިވީމަ ބަލި ޤަބޫލުކޮށް މޮޅުވާއިރު ހިތްތިރިކުރާނެ. އެހެން މީހުންނަށް ދިމާކުރުމުގެ އުސޫލެއް ނުގެންގުޅޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454