05 މާޗް 2019 - 07:35
މިދިޔަ މަހު ޕާކިސްތާނުގެ ހަނގުރާމަވެރިން އިންޑިއާ ސިފައިންގެ ބަޔަކު މަރާލުމާ ގުޅިގެން ޕާކިސްތާނަށް ދިން ހަަމަލާތަކުގެ ދިފާއުގައި ޕްރިޔަންކާ ޗޯޕްޅާ ޓްވީޓްކުރުމުން އޭނާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމުން އޭނާ ވަކިކުރަން ގޮވާލައި، ޕާކިސްތާނުގައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
"ޖެއި ހިންދު#އިންޑިއަންއާމްޑްފޯސް" ޖަހާފައި ޕްރިޔަންކާ އަމިއްލަ ގައުމުގެ ދިފާއުގައި ކުރި ޓްވީޓާ ގުޅިގެން އޭނާއާ ދެކޮޅަށް ޕާކިސްތާނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި ބުނީ އދ. ކަހަލަ ޖަމާއަތެއްގެ އެމްބެސެޑަރަކަށް ހުންނަން ޖެހޭނީ ވަކި ކޮޅަކަށް ބުރަ ނުވާ މީހެއް ކަމަށާއި އިންޑިއާ ދިފާއުކޮށްފައި އޭނާ ޓްވީޓް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.
Jai Hind #IndianArmedForces 🇮🇳 🙏🏽
— PRIYANKA (@priyankachopra) February 26, 2019
އަދި ގުޑްވިލް އެމްބެސެޑަރުގެ މަގާމަށް ޕްރިޔަންކާ ކުފޫ ހަމަ ނުވާކަން ވެސް މިކަމުން ސާބިތުވެއްޖެ ކަމަށް އާވާޒް.އޯގްގައި ހަދާފައިވާ އޮންލައިން ޕެޓިޝަނުގައި ބުންޏެވެ.
Absolutely shocked by the attack in #Pulwama...Hate is NEVER the answer!!! Strength to the families of the martyred jawans and the CRPF soldiers injured in the attack.
— PRIYANKA (@priyankachopra) February 14, 2019
ޕްރިޔަންކާ ވަނީ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ޖެއިޝޭ މުހައްމަދު އިން ދިން ހަމަލާ ގުޅިގެން ވެސް ހަމަ އެ ދުވަހު ޓްވީޓެއްކޮށް، މަރުވި ސިފައިންގެ އާއިލާތަކަށް ހިތްވަރު ދީފަ އެވެ.
އެ ޓްވީޓްގައި އޭނާ ބުނީ ރުޅިވެރިކަމާއި ނަފުރަތަކީ އެއްވެސް ކަމެއްގެ ހައްލު ނޫން ކަމަށެވެ.
ޕުލްވާމާ ހަމަލައާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އިންޑިއާގެ ވަރަށް ގިނަ ރައްޔިތުން ދަނީ ޕާކިސްތާނުގެ އާޓިސްޓުންނަށް އިންޑިއާ އިން ފުރުސަތު ދިނުމާ ދެކޮޅަށް ވެސް އަޑު އުފުލަމުންނެވެ.
What a speech! @ImranKhanPTI
— Ali Zafar (@AliZafarsays) February 21, 2019
ޕާކިސްތާނަށް ނިސްބަތްވާ ބަޔަކު އިންޑިއާ އަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ގައުމާ މުހާތަބު ކުރައްވައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދެއްވި ތަގުރީރަށް ތަރުހީބުދީ، ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ޕާކިސްތާނުގެ އެކްޓަރު އަލީ ޒަފަރު ވެސް ޓްވީޓްކުރި އެވެ. އެކަމާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު އޭނާ އަށް އެއްޗެހި ކިޔާފައި އިންޒާރު ދީފައިވެ އެވެ.
ނަމަވެސް ބޮލީވުޑްގެ ބައެއް ފަންނާނުން ވަނީ އަލީ އޭނާގެ ގައުމުގެ ދިފާއުގައި އަޑު އުފުލަކީ މައްސަލައަކަށް ވާން ނުޖެހޭ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލު
05 March 2019
ގިނަމީހުންނަކީ ޤައުމީ ލޯބި ވަރަށް މައްޗަށް ހުންނަ މީހުންނެވެ. އެޤައުމަކުން ކިތައްމެ ގޯސްކޮށް ކަމެއް ކުރިޔަސް އެމީހަކު އެކަމެއް ދިފާޢުކޮށް ވާހަކަ ދައްކާނެއެވެ. އެހެންނަމަވެސް އދ ފަދަ ޖަމާޢަތެއްގެ މަޤާމެއްގައި ހުންނަ މީހަކު އެގޮތަށް ވާހަކަ ދެއްކުމަކީ ވަަރަށް ހުތުރު ކަމެކެވެ.