މި ރޯދަމަހު ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތްތައް ދޭ ގަޑިތައް އިއުލާނުކޮށްފި އެވެ.
ހުޅުމާލޭގައި ހިންގާ ހޮސްޕިޓަލުން ބުނީ ރޯދަމަހު ވެސް އެ ތަނުގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ހިދުމަތްތައް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އޯޕީޑީގެ ހިދުމަތް ރޯދަމަހު ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 3 އަށް އަދި ރޭގަނޑު 8:30 އިން 11 އަށެވެ. އެ ގަޑިތަކުގައި އެ ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި ރިހެބިލިޓޭޝަން، ޑައިގްނޯސްޓިކްސް އަދި ލެބޯޓްރީގެ ހިދުމަތްތައް ވެސް ލިބޭނެ އެވެ.
ރޯދަ މަހު އެ ހޮސްޕިޓަލްގެ ފެމެލީ ކްލިނިކުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ހަވީރު 5 އަށް އަދި ރޭގަނޑު 8:30 އިން ދަންވަރު 12 ޖަހަންދެންނެވެ. އޭގެ އިތުރުން މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުގެ ހިދުމަތްތައް ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 3 އަށް އަދި ރޭގަނޑު 8:30 އިން 11 އަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ރޯދަމަހު ޑައިލިސިސް ހިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 5 ޖަހަންދެންނެވެ.
އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގެ ހިދުމަތްތައް 24 ގަޑިއިރު ލިބެން ހުންނާނެ އެވެ.