ޓްރީ ޓޮޕް ހޮސްޕިޓަލުން، ދަތް އޯތޮޑޮންޓިކްސް އަދި ޕްރޮސްތޮޑޮންޓިކްސްގެ ފަރުވާތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނަކީ ދަތުގެ ފަރުވާތައް ހެޔޮ އަގުގައި ހޯދުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ޓްރީ ޓޮޕުން ސިފަކުރެ އެވެ. އަދި މި ޕްރޮމޯޝަނަކީ ސްކޫލްތަކުގެ މިޑް ޓާމް ބަންދާ ދިމާކޮށް ފަށާ ޕްރޮމޯޝަނަކަށްވުމުން މިއީ ސްކޫލްތަކުގައި އުޅޭ ކުދިންނަށް ވެސް ފަސޭހައިން ދަތުގެ ފަރުވާ ހޯދަން ފަހިކޮށްދިން މަގެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރިވަތުސަން ސްރީދަރު ޖީ ވިދާޅުވީ، އަނގަޔާއި ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ މުޅި ސިއްހަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ޕްރޮމޯޝަނުގެ މަގުސަދަކީ ދަތުގެ ހާއްސަ ފަރުވާތައް ގިނަ ބަޔަކަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، ދަތުގެ ދުޅަހެޔޮކަމަށް އާންމުން ދޭ ސަމާލުކަން އިތުރުކުރުން ކަމަށް ވިދާޅުވި އެވެ.
މި ޕްރޮމޯޝަނުގައި ސެރަމިކް ބްރޭސަސް، މެޓަލް ބްރޭސަސް، މެޓަލް ފްރީ ޒިރްކޯނިއާ ކްރައުންސް، ފްލެކްސް ސެމީ ރިޖިޑް މޮނޯމާ ފްރީ ކޮމްޕްލީޓް ޑެންޗާސްއިން ޑިސްކައުންޓު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ޕްރޮސްތޮޑޮންޓިސްޓް ޑރ. ޝަބީނާ އައިޝާ ބޭގަމް އަދި އޯތޯޑޮންޓިސްޓް ޑރ. އާސިމް ގޫޒް ބާޝާގެ ކޮންސަލްޓޭޝަން ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ޑިސްކައުންޓު ލިބޭ ފަރުވާތައް ކުރިއަށް ގެންދެވޭނީ ޑޮކްޓަރަށް ދެއްކުމަށް ފަހު، ޑޮކްޓަރު އެ ފަރުވާ ހޯދުމަށް ލަފާ ދިނުމުންނެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މިހާރު އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.