އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ދަރަނި ތިން މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ޕާޓީން ބުނޭ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
01 ޖޫން 2017 - 14:48
މުދަލާއި ޚިދުމަތުގެ އަގު ބޮޑުވަމުން ދަނީ ދައުލަތުގެ ދަރަނި އިންތިހާ އަށް ބޮޑުވުމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ފަށާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިގްތިސާދީ ކޮމެޓީގެ ނައިބު މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގައި ބޭނުން ކުރާ ރިޒާވްގައި އެންމެ ފަހުން ހުރީ 220 މިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރެއިން 120 މިލިއަން ޑޮލަރަކީ އިންޑިއާ އިން ނަގާފައިވާ ލޯނެއް އަދާކުރަން ދައްކަންޖެހޭ ފައިސާ ކަމަށެވެ. އެ ފައިސާ މި މަހުގެ ކުރިން ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނަކަށް 75 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. އެހެންވެ ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވްގައި ބާކީ ހުންނާނީ 50 މިލިއަން ޑޮލަރު ކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަން ފޫބައްދަން 200 މިލިއަން ޑޮލަރުގެ ޓީ ބިލް ވިއްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު ގިނަ ބޭންކްތަކުން އެކަމަށް ދެކޮޅު ހަދަމުންދާ ކަމަށް އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދާނެ ސަރުކާރުން އިތުރަށް ޓެކްސް ބޮޑު ކުރަމުންދާ ތަން. އިއްޔެ ވެސް ފެނިގެންދިޔަ ބިޑަކާ ނުލައި ރާއްޖޭގެ އިތުރު ރަށްތަކެއް ވިއްކަން ލިސްޓުކޮށްގެން އުޅޭ މަންޒަރު." އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަރަނި ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ. ރާއްޖޭގައި ޓެކްސް ތައާރަފްކުރި ފަހުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވިޔަސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ނުވާ ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ އިގުތިސާދީ ސިޔާސަތު ފެއިލްވެ، ދަރަނި ބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސީދާ ސެންޓްރަލް ގަވަމެންޓުން އޯ ކުރާ 962 މިލިއަން ޑޮލަރުގެ ދަރަނި އެބަހުރި. މީގެ ތެރޭގައި ނުހިމެނޭނެ އެއާޕޯޓްގެ ޓާމިނަލް އަރަން އެމްއޭސީއެލް އިން ނަގާފައިވާ ލޯނެއް. މީގެ އިތުރުން ސަރުކާރުން އެބައޮތް އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުން ނަގާފައިވާ ލޯނުތަކަށް ސޮވަރިން ގެރެންޓީ ދީފައި،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރަނި ފޫބައްދަން އިތުރު ޓީ ބިލްތައް ބޭރުގެ ފަރާތްތަކަށް ވިއްކަން މަސައްކަތް ކުރާ ނަމަ އެ ފަރާތްތަކުން ރާއްޖޭގެ އިގްތިސާދަށް ވެރިވެގަތުމުގެ ބިރު އެބައޮތެވެ. އިގުތިސާދީ ބޮޑު ހީނަރު ކަމެއް ކުރިމަތިވި ގްރީސް އަށް މިހާރު ކުރިމަތިވެފައި އޮތީ އެ މައްސަލަ ކަމަށާއި ބޭރުގެ ފަރާތްތަކަށް ޓީ ބިލް ވިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ ޗެއާމަން ހުސައިން އަމްރު ވިދާޅުވީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުން އިގްތިސާދަށް ލިބޭ ކުރިއެރުމެއް ނެތް ކަމަށެވެ. އެ މަޝްރޫއުތަކުން އާންމު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ނެތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެ މަޝްރޫއުތަކަށް އެތެރެކުރާ ހުރިހާ މުދަލަކުން ޑިއުޓީ ކަނޑާލާފައިވާއިރު އާންމު ރައްޔިތުން އަތުން އަދިވެސް ޑިއުޓީ ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެންނަން އެބައޮތް އިމްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވިޔަސް އިމްޕޯޓް ކުރި މުދަލުން ދައުލަތަށް ލިބުނު އާމްދަނީ ކުޑަވެފައިވަނީ. އެއީ މި ދެންނެވިހެން ބޮޑެތި ޕްރޮޖެކްޓްތަކަށް ގެންނަ މުދަލުގެ ޑިއުޓީ ކަނޑާލާފައި ވީމަ. އެކަން ފޫބުއްދުމަށްޓަކައި ސަރުކާރުން މި ކުރާ ކަމަކީ އާ ޓެކްސް ނެގުމުގެ ބަދަލުގައި ތަކެތީގެ އަގު އުފުލެމުން މިދަނީ. ތަކެތީގެ އަގު އުފުލުނީމާ ދައްކަންޖެހޭ ޓެކްސް އެބަ ބޮޑުވޭ،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ މުއްސަނދިކަން އިތުރަށް މުއްސަނދި ކުރުމަށާއި އާންމު ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް ކަމަށެވެ. ޚިދުމަތާއި ތަކެތީގެ އަގު ކުޑަ ކުރަން އާންމު މުދަލުން ޑިއުޓީ ކަނޑާލަން ޖެހޭ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު
01 June 2017
އެއީ މިހާރުގެ ސްޓްރެޓިޖީއެއް. އެމީހުން ރައްޔިތުންނަށް ކަންކަން ވަމުންދާގޮތް ކިޔާދިނުމަށް އެދަނީ ޖަރނަލިޒަމްގެ ބެސްޓް ޕްރެކްޓިސް އަދާ ކުރަމުން. ކީކޭ ދެން ބުނާނީ. އަނެކޮޅުން ސަރުކާރުން ނުވަތަ އެމްއެމްއޭ އިން ބުނާ ބަހެއް ނެގެނެސް ދީފައެއް. ނުވަތަ ކުރިން ދައްކާ ހާމަ ކޮށްފައިވާ ވާހަކަތަކުން ވާހަކައެއް ހިމަނައިގެންވެސް ނެތް ބެލެސް ކުރަން މސައްކަތް ކޮށްފައެއް. ގައިމު މިއީ ރޮއެޓަރސް އާއި، ބިބީސީ ފަދަ ތަންތަނުން ޚަބަރު ފަތުރާ އުސޫލެއް ނޫން. އެކަމަކުވެސް އެ ބުނަނީ ތިމަންނާ މެންނޭ ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް މިކުރަނީ.
އެޑްމުންޑޯ
01 June 2017
ދަރަނީގެ ވާހަކަ އެމްޑީޕީން ދެއްކީމާ ޖޯކަކަށް ވާނީ ، އިހައްރޭ ޓީވީ އަށް އަރާ ޑރ. މުސްތަފާ ލުތުފީ އިން މުސާރައިގެ ތަފާތު ބޮޑުކަމުންނޭ ތަކެތީގެ އަގު ބޮޑުވަނީ މަސައްކަތު މީހާ ހަތަރުހާސް ލިބޭއިރު ދެންހުރި މީހަކަށް 22 ހާސް ލިބޭވާހަކަ ، މިނުވޭތޯ ޖޯކަކަށް ،، މައުމޫނުގެ ދައުރު ނިމުނު ފަހުން.މުސާރަ އޮނިގަޑު ހަދާ މުސާރަ އަށް ބަދަލުގެނައީ މުސްތަފާ ހިމެނޭ ޕާރޓީކަމެއް އެބޭފުޅާ އަށް ނޭގުނީމާ ޖޯކަކަށް ވަނީ
މުހަންމަދު
01 June 2017
ބަލަގަ އަދީވެސް ތީބުނަނީ އަަންމުތަކެތީން ޑީއުޓީކަނޑާލާށޭ އެކަމަކު ސަރުކާރުން ދައްކަންޖެހޭ ދަރަނީ އެހާ ބީޑޭ.. ދެން ދަރަނީ ދައްކަންވީ އުފުރާފަތަ ޑީއުޓީ ނުނަގާ.. ކަލޭމެން ހަމަ ތީގޮތައް އަނގަތަޅަތަޅާ ތީއްބާ ފެންނާނީ ޕުރޮޖެކްޓުވެސް ނީމޭތަން އަދީ ދަރަނީވެސް ދައްކާތަން..
މާމަ
01 June 2017
ވަކި ބަޔަކު ދައްކާ އެއްވެސް ކަހަލަ ދިރާސާއެއްނެތި ދައްކާވާހަކަ ގެނެސްތިޔަދެއްވަނީ ކޮންމަގުސަދެއްގަތޯ.... ސަރުކާރު ލޯނި ނެގިއަސް ވިޔަފާރިވެރިޔާ ގެންނައެއްޗެހި އަގުބޮޑުވާ ތިޔަރީއެއް މިދުނިޔޭގަނުވޭ...މިއަދުވެސް ޑޮލަރު 16އަށް..
ހާމިދު
01 June 2017
އެއީ މިހާރުގެ ސްޓްރެޓިޖީއެއް. އެމީހުން ރައްޔިތުންނަށް ކަންކަން ވަމުންދާގޮތް ކިޔާދިނުމަށް އެދަނީ ޖަރނަލިޒަމްގެ ބެސްޓް ޕްރެކްޓިސް އަދާ ކުރަމުން. ކީކޭ ދެން ބުނާނީ. އަނެކޮޅުން ސަރުކާރުން ނުވަތަ އެމްއެމްއޭ އިން ބުނާ ބަހެއް ނެގެނެސް ދީފައެއް. ނުވަތަ ކުރިން ދައްކާ ހާމަ ކޮށްފައިވާ ވާހަކަތަކުން ވާހަކައެއް ހިމަނައިގެންވެސް ނެތް ބެލެސް ކުރަން މސައްކަތް ކޮށްފައެއް. ގައިމު މިއީ ރޮއެޓަރސް އާއި، ބިބީސީ ފަދަ ތަންތަނުން ޚަބަރު ފަތުރާ އުސޫލެއް ނޫން. އެކަމަކުވެސް އެ ބުނަނީ ތިމަންނާ މެންނޭ ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް މިކުރަނީ.
އެހެންތޭ
01 June 2017
އެމްޑީޕީން އިގްތިސާދީ ވާހަކަ ދައްކަން މިއެރީ އެއީ އެމްޓީސީސީ ބޭންކް ރާޕްޓް ކޮށްލި ކަލޭގެތޭ އޭ މަމެން ބުނަން ނެތީމުދޯ. އެމެންނަށް އިނގޭ އިގްތިސާދީ ކަންކަން ހުރޭތޭ.ނުދަންނަން މަމެން.
ޢަލީ
01 June 2017
ލޮލް
ކޭޑު
01 June 2017
ބަލަގަ ނަސީދުގެ އިގްތިސާދީ ސިޔާސަތެއް ނޫނޭ ޔާނު ގެންގުޅެނީ.. އުނބަށް ޖެހި ވަޒީރުން ލައިގެން އަދިވެސް ވެރިކަން ލިބޭތޯ ޕްރޮޕަގެންޑާ ހެދިޔަސް ތިއޮތީ ޙަޤީޤަތް ވަރަށްބޮޑަށް އޮޅޭގޮތަށް ލިޔެފަކަން ހުދު ލިޔުންތެރިޔާވެސް ހެކިވާނެ.
މުހައްމަދު
01 June 2017
މާލޭ ބޭފުޅުންނައް އެއްޗެހި ވިކަންވާނީ އަގުކުޑަކް ، ރާއްޖެތެރޭ މީހުން މާލެން ތަނެއް ކުއްކައް ހިފަންދިޔާމަ ފެލާލަނީ .ކޮން އަގުބޮޑެއް ކިޔާކައް