ރައީސްޑީޕީ ވޯލްޑްގެ ޗެއާމަން އަދި ސީއީއޯ ސުލްތާން އަހުމަދު ބިން ސުލޭމާން އާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
17 އޮކްޓޯބަރ 2017 - 16:49
ތިލަފުށީގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރެއް ހަދަން ހުށަހެޅި، ދުބާއީ ޕޯޓް ވޯލްޑް (ޑީޕީ ވޯލްޑް) އާއެކު ބަނދަރެއް ހަދަން ރާއްޖޭން އަލުން މަޝްވަރާކޮށްފި އެވެ.
ރާއްޖޭގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހަދަން ސަރުކާރުން މަޝްވަރާކުރިއިރު، އެ ކުންފުންޏާއި ފިލިޕިންސްގެ އައިސީޓީއެސްއައި އިން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ބަނދަރެއް ހަދަން ހުށަހަޅައިފަ އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެކަން ކުރިޔަށް ނުގެންދަން ސަރުކާރުން އޭރު ނިންމި އެވެ.
ނަމަވެސް އަލުން އެކަމާ މެދު މަޝްވަރާކުރީ ޑީޕީ ވޯލްޑްގެ ޗެއާމަން އަދި ސީއީއޯ ސުލްތާން އަހުމަދު ބިން ސުލޭމާން އާ ރައީސް އަބްދުﷲ ޔާމީން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ޔޫއޭއީ ގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިގްތިސާދީ ގޮތުން ދެ ގައުމުގެ ދެމެދުގައި މަސައްކަތްތަކެއް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ކަމަށެވެ. އަދި އޭގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޒަމާނީ ބަނދަރެއް ގާއިމްކުރުމަށް މަޝްވަރާކުރެއްވި ކަމަށް ވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ މި ބައްދަލުކޮށްލެއްވުމުގައި ރާއްޖެއަށް ފައިދާހުރި އުފެއްދުންތެރި ވިޔަފާރީގެ ފުރުސަތުތަކާއި ވިޔަފާރީގެ ރޮނގުން އީޖާދީ ފުރުސަތުތަކެއް ކައިރި މުސްތަގުބަލެއްގައި ލިބިގެންދާނެ ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.
ރައީސް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، ޔޫއޭއީގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ރާއްޖޭގެ ތަރައްގީއާއި ގުޅުންހުރި އެކި ދާއިރާތަކުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޔަރު
18 October 2017
ބަނދަރުގެ ވާހަކަ ތިޔަދައްކަވާއިރު، މި ސަރަހައްދުގައި ޑުބާއީއާ ވާދަކުރެވޭނެ/ ނުވަތަ ޑުބާއީއަށް ވަންނަ ލާރި މަދުވާނެ އެއްވެސް ބަނދަރެއް ހެދިޔަނުދޭނެކަމާއި، ހެދިޔަސް އެއާ ހަނގުރާމަކުރާނެކަން، އެނގިވަޑައި ނުގަނޭބާ! ޔޫއޭއީން ޔަމަނުގެ ބަނދަރު ހިންގާނަމޭ ކިޔާފައި އެއާ ހަވާލުވެގެން އެ ބަނދަރު ފަޅުކޮށްލިގޮތް އެނގިވަޑައި ނުގަނޭތޯ.. އަދި ޕާކިސްތާނުގެ gwadar-port ބަނދަރާ ދެކޮޅަށް ޔޫއޭއީން ކުރާ މަސައްކަތް އެނގިނުލައްވާތޯ!!
މަރީ
18 October 2017
އެއްދުވަހު ސޮއެކުރާނެ، އަނެއް ދުވަހު އެލިބެންވި ކަޓު ނުލިބިގެން އުވާލާނެ. ދެން އެންމެން އަތްޖަހާ ބޮލުގަ އެޅޭ ލޯނުތައް އަދަދުވެސް ނޭންގި ގިނަވަމުން ދާތީ!
ޓޮނޭ
18 October 2017
ކަންކަން ހަވާލުކުރާ މީހުން ކަޓް ނަގަން އުޅޭތީ ކަންކަން ނުވާވާހަކައާއި ކަންކަން ދިގުލާ ވާހަކައާއި އަގުބޮޑުވާ ވާހަކަ އިވެއެވެ. އެހެންކަމުން ސީދާ ރައީސް ތި މަޝްވަރާކުރެއްވިއިރު އެއްވެސް ފަރާތަކަށް ދޭންޖެހޭނެ ކަޓެއް ނޯންނާނެކަމުގެ ޔަގީންކަން ދެއްވީމާ ތިކަން ހިނގާނެކަމަށް ފެނެއެވެ.
މިވެސް ވެރީން
18 October 2017
އަރަބި މީހާ ހައިރާންވެ ބިރުން ބަލަން އިންގޮތުން ލައްކަ ވާހަކަ ދޭހަވޭ..
ޑީޕީ ޝޭޙޫ
18 October 2017
މަމެންގެ ޑީޕީ ވޯލްޑް އިން އިްނޑިޔާ ގައި 2 ބިލިއަން އިްނވެސްޓް ކޮސޤގެން ޕޯޓް ތައް ޑިވޮލޮޕް ކޮށްފައި، އަދި އިތުރަށް އިންވެސްޓް ކުރަމުން ދާ ހިނދު ، މި ރާއްޖޭގައި އެކަން ކުރާނެ؟ އިކޮނޮމިސްޓް ވިސްނުމަކުން ޑީޕީ އިްނ މިތަނުގައި އިންވެސްޓް ކުރާނެ؟؟
މެންޓަލިސްޓް
17 October 2017
އަޅުގަނޑުވެސް މަޝްވަރާކުރިން އެމެރިކާގެ އެންމެވަރުގަދަ ހޮސްޕިޓަލާއި ރާއްޖޭގައި އާދަޔާހީލަފް ކަމެށްކުރަން ،،، އެކަމް މަޝްވަރާތަށް ނިމިގެންގޮސް 3 މަސްފަހުން ނުމުނީ ރާއްޖޭ ކަމުނުދާކަމަށް ،،، ހަމައެހެން ޑޭޓާސެންޓަރ ގާޢިމްކުރަން އުޅެގެންވެސް ރާއްޖޭގެ ޓެމްޕްރޭޗަރއާޢި ހުރިހާކަމަކަށް ބަލާފައި އެކަންވެސް މަޝްވަރާތަކަށްފަހު ނިމިގެންދިއައީ ،، އެއީ މީގެ އަހަރުތަކެށްކުރީން ،،، އެހެންވީމައި ތިޔަކަހަލަ ހޮޅި މަޝްވަރާކުރެވިދާނެ ،، އެމެރިކާގެ ނާސާއާޢި ވެސް ރޮކްޓް ލޯންޗިންގ ސްޓޭޝަންއެއް ރާއްޖޭގައި ގާޢިމްކުރަން މަޝްވަރާކުރެވިދާނެ ،، އެކަމު އެންމެދުވަހަކުން ނޯއޭ ބުނާނެ ،، އެހެންވީމައި މަޝްވަރާއަކީ ވަރަށް ޒާތެއްގެ ކަމެށް ،،، ވަރަށްވެދުން
farthy
17 October 2017
އަހަރުމެންގެ ރައީސްއިތުރު 5ދައުރުވެސްބަހައްޓަންވީ! ހަބޭސް ރައީސްއެއް!!
އަތްފުނާ
17 October 2017
ސަރުކާރުން އަދި ތިކަން ކުރަން އުޅޭ ގޮތުން ތިޔަކަމެއް ނުވާނެ.
އަލްޖިބްރާ
17 October 2017
މިފަހަރު އަބޫދާބީއަށް މިރާއްޖޭގެ ކޮން އަތޮޅެއް ދޭންކަމަށްތަ ތިވިސްނަނީ ؟
ހައްޤުބަސް
17 October 2017
މާނައަކީ ޓްރީންސްޝިޕްމަންޓް ބަނދަރުގެ ޑްރީމް ނިމުނީއޭ.. ދެން ކިޔެއްކުރަން ހެދިހާ މާސްޓަރ ޕްލޭނަކާ ފީޒިބިލިޓީއެކޯ އެހާބޮޑު ހަރަދެއް ބޭކާރުކޮށްލައިގެން؟؟؟ ފާފު މަޝްރޫއާއެކު ސައުދީން ބޮޑާ ޖޭކުމުން ފުލޮޕްވީ ކަންކަންދޯ