ރާއްޖެ އައި ޗައިނާ ޓޫރިސްޓުންތަކެއް އެއާޕޯޓުގެ ޓާމިނަލް ތެރޭގައި އިށީންދެގެން: ޗައިނާ އިން ވަނީ ރާއްޖޭގެ ޓުއަ އޮޕަރޭޓަރުންނަށް އެ ގައުމުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ނިންމާފައި.
11 ޑިސެމްބަރ 2017 - 11:48
ރާއްޖެ އާއި ޗައިނާ އިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނަށް އެ ގައުމުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ޗައިނާ އިން އެއްބަސްވެއްޖެ އެވެ.
ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސޮއިކުރުމުގެ ކުރިން، އޭގެ މުހިންމު ކަންތައްތައް ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަރުދާހުގައި ބުނެފައިވާ ގޮތުން، ރާއްޖެ އިން ޗައިނާގެ އިންވެސްޓަރުންނަށް ޚިދުމަތުގެ ދާއިރާގައި އިންވެސްޓް ކުރުމަށް ވަނީ ހުޅުވާލައިފަ އެވެ.
އަދި ޗައިނާ އިން ޑަބްލިއުޓީއޯ އަށް ހުޅުވާލާފައިވާ ދާއިރާތަކުގެ އިތުރުން ރާއްޖެ އިން އެދިފައިވާ ބައެއް މުހިންމު ދާއިރާތަކުން ރާއްޖޭގެ ކުންފުނިތަކާއި ފަރުދުންނަށް ޗައިނާގެ މާކެޓަށް ވަނުމަށްޓަކައި ފުރުސަތު ލިބެ އެވެ.
އެގޮތުން ފާހަގަކޮށްލެވޭ އެއް ދާއިރާ އަކީ ދިވެހި ޓްރެވެލް އެޖެންސީ އަދި ޓުއާ އޮޕަރޭޓަރުން ޗައިނާގެ ތިން ސިޓީއެއްގައި ގާއިމްވެ ތިބެ، ރާއްޖެ އަށް ޓޫރިސްޓުން ފޮނުވުމުގެ ޚިދުމަތް ދިނުމެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓްގައި ސީދާ ދިވެހި ކުންފުނިތަކަށް ހަރަކާތްތެރިވެވޭނީ ވެރިރަށް ބެއިޖިން އާއި ވިޔަފާރީގެ މަރުކަޒީ ރަށް ޝަންހާއި އަދި ޓިއެންޖިންގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެ އަކީ ޗައިނާ ސަރުކާރުން އެ އިނާޔަތް ދިން ފުރަތަމަ ގައުމު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
12 December 2017
ދިވެއްސަކު ނުގެންދާނެ ޗައިނާއަކަށް ، ޗައިނާމީހުން މިތާ ޓުއައޕަރޭޓަރުންގެ ގޮތުގަ އުޅޭނީ، އޮޅުވާލުމާ މަކަރުން ހުރިހާ ކަމެއް،
ވާލުސޮރު
11 December 2017
ތިޔަ އެގްރިމެންޓް ގެ މާ ކުރީއްސުރެ ޗައިނާގެ ފްރީ ގައިޑުން ރާއްޖޭގެ އެއާޕޯޓްގަ ހަރަކާތްތެރިވާން ފަށައިފި. އެމީހުންގެ ކަމަކީ ގެސްޓްހައުސް ތަކާ ސްވެނިއަރ ފިހާރަތަކަށް ކަޓު ލިބޭގޮތަށް މީހުން ފޮނުވުން. ދެން ޑޮލަރުގެ ވިޔަފާރީގަވެސް އެވެރިން އުޅެނީ ވަރަށް ކުރީގަ. މިކަމާ އަޅާލާ ބަޔަކު ނޫޅެ.
އަލީގ
11 December 2017
ސުވާލަކީ މިއެއްބަސްވުމުގެ ދަށުން ދިވެހިންނައް ޗައިނާގަ ކުރުމުގެ ހުއްދަ ލިބެނީ ކޮންކަންތައްތަކެއްތޯއެއްނޫން އެކަމަކު އެމީހުންނައް ރާއްޖޭގަ ކުރުމުގެ ހުއްދަލިބެނީ ކޮންކައްތައްތަކެއްތޯ. ރާއްޖޭގެ އާބާދީއަކީ އެންމެ 4 ލައްކަ މިވަރުގެ އާބާދީއަކައް އެގައުމުގަ ކަންތައްތަކެއް ކުރުމުގެ ހުއްދަލިބުމަކުން އެފަދަ މަސައްކަތްތައް ކުރާ އެގައުމުގެ ރައްޔިތުންނައް އެގުންވެސް ނުވާނެ އެކަމަކު އެމީހުން މިގައުމުގަ ކުރުން ހުއްދަވާކަމެއް އެގައުމުގެ އެންމެ 0.00001% މީހުން މިގައުމުގަ އެކަމެއް ކުރިޔަސް ދިވެހިންނައް އެމަސައްކަތެއް ކުރުމުގެ މަގު މުޅިންހެން ބަންދުވާނެ.
އަލީގ
11 December 2017
މިހާރު އެންމެންނައްވެސް އެގިއްޖެ މިއެއްބަސްވުމުގަ ހަމައެކަނި އޮތީ މުދަލުގެ ވާހަކަ ނޫންކަން ހިދުމަތްތަކުގެ ވާހަކަވެސް ހިމެނޭކަން ނޭގިގެން މިއުޅެނީ އެއީ ކޮންހިދުމަތްތަކެއް ކިހާވަރަކައްކަން ދިވެހި ރައްޔިތުންނައް ނޭދެވޭ އަސަރެއްކުރާނީ މިފަދަކަމެއް ރައްޔިތުންނައް ގެއްލުން ލިބޭފަދަ ގޮތަކައް މި އެއްބަސްވުމުގަ އޮވެއްޖިއްޔާ މުދަލުން ނަގާ ޑިއުޓީއެއް ކަނޑާލުމަކުން ގެއްލުމެއްނުވާނެ އެއީ އަހަރެމެންނަކީ މުދަލެއް އުފައްދާ ބަޔަކައް ނުވާތީ. އެކަމަކު އަހަރެމެން ރައްޔިތުންނައް ތަފާތު ހިދުމަތްތަކެއްދެން ޖީބުފުން ބަޔަކު މިގައުމައް އައިސް އެހިދުމަތްތަކުގެ ތެރެޔައް ފުންމާލައިފިއްޔާ މިހާރު އެހިދުމަތްތައްދޭ ދިވެހިންނައް އެމީހުންނާ ވާދައެއް ނުކުރެވޭނެ.
ޓުައާ
11 December 2017
ސުވާލަކީ ޗައިނާ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭގައި މޮނޮޕޮލައިޒް ކުރެވޭނެ ނޫންބާ މީގެސަބަބުން، މިދައްކަނީ ބިލިއަންޑޮލަރު ކުންފުނިވާހަކަ.
ހަސަން
11 December 2017
ދެންމަ ހީހީ ހަލާކު ވެއްޖެ. ދިވެހި ދަނޑުވެެރިންނަށް ޗައިނާގަ ކަރާ ހައްދަންވެސް ދެވެޔޯ ....
ާއަފުން
11 December 2017
ދެލޯފުޅާ ތަންދޮރުނޭގުނަސް ކޮމެންޓް ކުރާތި. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރަނުގެ ފުރުޞަތެއް. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގައި ދިވެހި ޓްއަރ އޮޕަރޭޓަރުން ތިބެގެން ޓްރަރިސްޓުން ރާއްޖެއަށް ފޮނުވުމުގެ ފުރުޞަތު ލިބުމުން ލިބޭނެ ފައިދާ ކަރާހެއްދުމާ އަޅާކިޔުމުން ހަސަންގެ ފެންވަރު އެނބަ އެނގޭ.
ޑިފެންޑަރ
11 December 2017
އަފުން އަށް..... ހިތެއްނުބުނޭ ދިވެހި ޓުވަރ އޮޕަރޭޓަރުން ތަކެއް ޗައިނާއަށް ގޮސް ކުންފުނިތަކެށް ހުޅުވާނެހެނެއް. އެބައި މިހާރުވެސް ވަނީ ޗައިނާގެ ކުންފުނިތަކުގެ %100 ކޮންޓްރޯލް އާއި ބާރުގެ ދަށުގައި. ދެން ދިވެހިން ޗައިނާއަށް ގޮސް އެމީހުންނާއި ކިހިނެއް ކޮމްޕީޓް ކުރާނީ؟ ހުރިހާ ކޮޅަކުންވެސް އެންމެ ފައިދާވާނީ ޗައިނާއަށް!
ޙަސަން
11 December 2017
@ ޑިފެންޑަރ. ޖަރުމަނުގައި، ދިވެހިން ދިވެހި ކުންފުނިތަކުން އޮފީސް ހުޅުވާ ޓްރެވެލް މަސައްކަތް ކުރަނީ ޖަރުމަނު މީހުނަށް ނުވާތީ ބާ؟