ވިޔަފާރި / އެންމެ ކުޑަ އުޖޫރަ

ތަފާތު ހިޔާލުތަކާ އެކު ހޫނު ބަހުސްތަކެއް

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލީހުގެ އިދާރާ

މިނިމަމް ވޭޖް ކަނޑައެޅުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އެކި މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އޮއްސާލައިފި އެވެ.

ބައެއް މީހުން ސުވާލު އުފެއްދީ މިނިމަމް ވޭޖު ނަގަން މިހާރު ކަނޑައަޅާފައިވާ މިންގަނޑާ މެދުގަ އެވެ. އަނެއް ބަޔަކު ބުނީ މިކަން ކުރަން މިހާރު ވެސް މާ ލަސްވެއްޖެ ކަމަށާއި އިތުރު ވަގުތު ބޭނުންނުވާ ކަމަށެވެ.

ވިޔަފާރިވެރިންގެ ހިޔާލު

މި ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްްޓްރީ (މަސީ) ގެ އަދުނާނު އަލީ ވިދާޅުވީ ދިވެއްސަކަށް މަހަކު 6،400ރ. ކުޑަ ނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކަށް އެވަރުގެ އުޖޫރައެއް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ އަސަރު މުޅި ދުނިޔެއިން ވެސް ފެންނަމުންދާ އިރު މިނިމަމް ވޭޖެއް ކަނޑައެޅުން މި ވަގުތު ނިންމުން ރަނގަޅެއް ނޫނެވެ.

އޭނާ ވިދާޅުވީ މިދުވަސްވަރު ޓޫރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް ނޭދެވޭ އަސަރު ކުރަމުން ދާ ކަމަށެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ބޭއްވި ބައްދަލުވުމުގައި، އިމާރާތް ކުރުމުގެ ސިނާއަތުގެ އިސް ބޭފުޅެއް ކަމަށްވާ އަދުނާން ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލީހުގެ އިދާރާ

"އަޅުގަނޑުމެންނަށް އައިއެލްއޯގެ ކޮންސަލްޓެންޓުން ލަފާދޭ ގޮތުގައި އިކޮނޮމިކް ޑައުން ޓާނެއްގައި އެއްވެސް އާ އެއްޗެއް ބަދަލުކުރުމަކީ ނުވަތަ އާ ޓެކްސްއެއް ނެގުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެހެން ނަމަވެސް އިކޮނޮމީ ގްރޯ ވެގެންދާ އިރު އެއީ ކުރުން ވަރަށް ރަނގަޅު ކަންކަން،" އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ ޕްރޮޖެކްޓަކަށް ހުށައަޅާ އެންމެ ކުޑަ އަގު ގަބޫލުކޮށްގެންނެވެ. އެހެންކަމުން ކުއްލިއަކަށް އަގުތައް ބަދަލުކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވެ އޭނާ އެދިވަޑައިގަތީ މިނިމަމް ވޭޖު ކަނޑައެޅުމުގައި ކޮންސްޓްރަކްޝަން ދާއިރާއަށް ވަގުތު ދިނުމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ވޭޖް އެޑްވައިޒަރީ ބޯޑުގައި ވެސް އަދުނާނު އިންނަވަ އެވެ.

ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ވިޔަފާރި ހިންގާ މީހަކު ބުނީ ރަށްރަށުގެ އެކި އިމާރާތްތަކުގެ ސެކިއުރިޓީ މަސައްކަތް ހޯދަނީ 16،000ރ. އާއި 20،000ރ.ގެ އަގެއް ޖަހައިގެން ކަމަށާއި ބިޑު އިއުލާނު ކުރާ އިރު އެކަމަށް މަދުވެގެން ތިން ހަތަރު މީހަކު ގެންގުޅެން ޝަރުތު ކުރާ ކަމަށެވެ. ނަމަވެސް މިހާރު އޮތް ގޮތަށް މިނިމަމް ވޭޖް އަތުވެއްޖެ ނަމަ އެކަން އޭނާއަށް ނުކުރެވޭނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ޖެހޭނީ ކޮންޓްރެކްޓް ވަގުތުން ދޫކޮށްލަން. އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ފަރާތްތަކުން މިކަން ވަރަށް އަވަހަށް އިމްޕްލިމެންޓް ކުރަން އެދޭކަން. މިކަމުގައި ގާތްގަނޑަކަށް އެއް އަހަރުގެ ޑިލޭއެއް އެބަ ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

އެވަރުގެ މުއްދަތެއް ނުދޭ ނަމަ، އެ ދާއިރާގައި އުޅޭ މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް އޭނާ ދެކެ އެވެ. އެހެންކަމުން އޭނާ ދެން ސުވާލުކުރީ އެފަދަ ކަމެއް ދިމާވެ، ވިޔަފާރި ހުއްޓާލަން ޖެހިއްޖެ ނަމަަ ސަރުކާރަށް ވެދެވޭނެ އެހީއެއް އޮތްތޯ އެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ބޭއްވި ބައްދަލުވުމުގައި، ބައިވެރިވި ޕެނަލްގެ ބޭފުޅުން.---ފޮޓޯ: މަޖިލީހުގެ އިދާރާ

އެއަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިނިމަމް ވޭޖާ ހެދި ވިޔަފާރިވެރިންނަށް ދިމާވާ ގެއްލުންތަކަށް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި އެސްއެމްއީ ފެޑެރޭޝަންގެ ރައީސް އަބްދުލް ލަތީފު ވިދާޅުވި ގޮތުގައި ވޭޖް އެޑްވައިޒަރީ ބޯޑުން ބައްދަލުކުރި ނަމަވެސް، އެސްއެމްއީތަކަށް ދިމާވާ މައްސަލަތައް ރިޕޯޓުގައި އެންމެ ފުރިހަމައަށް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމެއް، އަޅުގަނޑުމެންގެ އިހުސާސްތައް [އެސްއެމްއީ] ފެންނާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ އެހެން ފަރާތްތަކުން ވެސް ވަނީ އެންމެ ކުޑަ މުސާރައިގެ ގޮތުގައި 6،400ރ. ހަމަޖެއްސުމާ މެދު ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެވަރުގެ އުޖޫރައެއް ދޭން ޖެހިއްޖެ ނަމަ ކުދި ވިޔަފާރިތައް ފުޑޭނެ ކަމަށް އެމީހުން ގަބޫލުކުރެ އެވެ.

އާންމުން ދެކޭ ގޮތް ތަފާތު

އާންމު މީހެއް ކަމަށްވާ އަހުމަދު ވަހީދު ދެކޭ ގޮތުގައި މިނިމަމް ވޭޖެއް ކަނޑައަޅައިގެން ދިވެހިންނަށް ވަޒީފާ ލިބޭނެ ގޮތެއް އޭނާއަކަށް ނުވިސްނެ އެވެ. މިހާރު އޮތް ގޮތުން ދިވެހިންނަށް ފައިދާއެއް ނުވުމުގެ އިތުރުން ފައިދާވާނީ ބިދޭސީންނަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ސަރުކާރުގައި އުޅޭ މީހުންނާއި ސަރުކާރު ކުންފުނިތަކުގައި އުޅޭ މީހުންނަށް ފައިދާ ވެދާނެ. އެކަމަކު ޕްރައިވެޓް ސެކްޓަރަށް ވާނީ ގެއްލުން،" ވަހީދު ބުންޏެވެ.

އެހެން މީހަކު ބުނީ އުޒުރެއްގެ ގޮތުގައި ކޮރޯނާ ވައިރަހުގެ ވާހަކަދައްކާ އިރު ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓޭ މަންޒަރު ނުފެންނަ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު ވާހަކަ ދެއްކީ ވަޒީފާތަކަށް ރަނގަޅު ދިވެހިން ނުލިބޭ ކަމަށް ބުނާ ބުނުން ދޮގުކޮށްފަ އެވެ. އޭނާ ބުނީ އެ ވާހަކަ ގަބޫލުނުކުރެވޭ ކަމަށެވެ. ދިވެހިން ނުވަނީ، އޭނާ ބުނި ގޮތުގައި، ދިވެހިންނަށް އެކަށީގެންވާ އުޖޫރަ ނުލިބުމުގެ އިތުރުން މަސައްކަތުގެ ރަނގަޅު މާހައުލެއް ފޯރުކޮށްނުދޭތީ އެވެ.

މަސައްކަތްތެރިންގެ ހައްގުގައި ވާހަކަދެއްކި އެހެން މީހަކު ބުނި ގޮތުގައި މިނިމަމް ވޭޖެއް އަންނަން ޖެހެ އެވެ. އޭގެ އިތުރުން ލިވިން ވޭޖެއް ދިނުން ވެސް މުހިއްމު ކަމަށް އޭނާ ބުންޏެވެ.

އެހެން ބައިވެރިޔަކު ބުނި ގޮތުގައި މިނިމަމް ވޭޖު އައުމުން ރާއްޖޭގެ އާބާދީގެ 42 ޕަސެންޓް މީހުންނަށް އޭގެ ހެޔޮ އަސަރު ކުރާ ކަމަށް ދިރާސާތަކުން އެނގޭތީ އެކަން ކުރުން ވަރަށް މުހިއްމެވެ.

"މިދައްކަނީ މިނިމަމް ވޭޖެއްގެ ވާހަކަ. އަސާސީ ހައްގުތަކެއްގެ ވާހަކަ. މިއީ އަހަރެމެން ދައްކަން ޖެހޭ ވާހަކައެއް ނޫން. މިއީ ކޮންމެ ރައްޔިތަކަށް ވެސް ލިބެން ޖެހޭ ހައްގުތަކެއްގެ ވާހަކަ،" އޭނާ ބުންޏެވެ.

ރޭގެ ބައްދަލުވުން ތިން ގަޑިއިރަށް ދެމިގެންދިޔަ އެވެ. އެކަމަކު އަދިވެސް އިތުރު ފުރުސަތަށް ބައެއް މީހުން އެދުނެވެ. ކުރިން ކަނޑައެޅި ގަޑީގައި ނިންމާލަން އުޅުމުން ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާ އެކު އިތުރަށް 40 ވަރަކަށް މިނެޓް ދިނެވެ.

ހޫނު ގަދަ ބަހުސްތަކެއް ފެނުނު ބައްދަލުވުމުގައި ބައެއް މީހުން ބުނީ އާންމުންގެ އަޑު އެހުމުގެ ބަދަލުގައި މިނިމަމް ވޭޖެއް ކަނޑައެޅުމުގައި ސަރުކާރުން ވިސްނީ ބޮޑެތި ވިޔަފާރިވެރިންނަށް ކަމަށެވެ. އެކަމާ ނުހުރުންވެ، ބައެއް މީހުން ހިޔާލު ފާޅުކުރި އެވެ.

ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖްގެ މައްސަލަ އަސްލު އޮންނަން ޖެހޭނީ މީގެ އެތައް އަހަރެއް ކުރިން ނިމިފައި ކަމަށެވެ. ނަމަވެސް އެފަދަ ބޮޑު ކަމެއް ކުރާ އިރު ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

13 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފްބާ

05 March 2020

6400 ރ ގެ މުސާރަ ކުޑައެއް އަދި ބޮޑެއް ވެސް ނޫނެވެ. ކޭޝިޔަރުންގެ ވަޒީފާ ތަކުގަ 90 ޕަސެންޓް ބިދޭސީންނެވެ. ގާނޫނީ ގޮތުން މަނާ ކަމެކެވެ. ކޭޝިޔަރަކަށް ބިދޭސީ އަކު 200 ޑޮލަރަށް ގަވާއިދާ ހިލާފައް ބަހައްޓާ އިރު މަހަކު އޭނަގެ ގައުމަށް 30 ހާސް ބައެއް ތަންތަނުން 70 ހާސް ފޮނުވަ އެވެ. ވަތް ގަނޑުން ދުވާލަކު ނަގަނީ 500 ނޫނީ 2000 އެވެ. 200 ޑޮލަރު ލިބޭ މީހަކު މަހަކު 3 ހާސް ޑޮލަރު ފޮނުވާ އިރު ސަރުކާރައް ނުބެލެ އެވެ. އެމްއެމް އޭ އަށް ނޭނގެ އެވެ.

The name is already taken The name is available. Register?

ފައިސަލް/ވޭވަށް

05 March 2020

މިހާރު އަޅުގަޑު ގެސްޓާފުން ނަށް މިދެނީ 4000ރ. މަހުން މަހަށް މުސާރަ ދެވެނީ ހަމަ ކިރިޔާ ބައެއް ފަހަރު އަންހެނުން ކޮޅާލަން ވެސް އެބަ ޖެހޭ... ދެން ކިހިނެތް ތިޔަ ބުނާހާ މުސާރަ އެއް ދޭނީ... މީހުން މަދު ކޮށްފިނަމަ ނިސްބަތުން ކެކޭ މަަަސް މަދު ވުމުން އަދި ވާ ގެއްލުން މާ ބޮޑުވާނެ... ބޯޓް އޮތަސް ނެތަސް އަޅުގަޑުމެން ކައްކާ މަސް މަދެއް ނުވާނެ... ތިޔަ ހުރިހާ ގެއްލުމެއް ވާނީ ހަމަ މަސްވެރިން ނަށް...

The name is already taken The name is available. Register?

އަބްދޫ

05 March 2020

ވެރިކަމަށް އަންނަން ވަމުންދަ ވައުދު ފުއްދުމުގެ ނަމުގާ ގައުމު ފުނޑާނުލައްވާ . ގާނޫނަކުން މުސާރަ ކަނޑަނާޅުއްވާ .އެކަމުގެގެއްލުން ވަރަސް ބޮޑުވާނެ .2ިވެހިން 12000 އ20000 ދެމެދު މުސާރަބޭނުންވޭ .މިކަންކަނޑައލައިފިނަ ގިނަ ވިޔަފާރި ބަގުރޫޓްވެގެން ގިނަ ވަޒިފަތައްގެއްލި ގެންދަނެ 6 މަހަށްފަހު ވިޔަފާރިތައްބަގުރޫޓްވާނެ. 6400 މިކިޔާ ފަދަ މުސަރައެއް ކަނޑައަލައިފިނަމަ ސަރުކާރުގެ އަގު ވެއްޓޭނެ ދެން އޮތީ މަސްވެރިންގެ ހަމައަގު ދުވަހަކުވެސް ނުލިބެނެ އަގުކޮބާ ؟

The name is already taken The name is available. Register?

ާއުނިމާ

05 March 2020

އަހަރެމެން ޤަބޫލުކުރާ މިނިމަމް ވޭޖަކީ މަދުވެގެން 10000ރ، އެއީ މިސަރުކާރުން ވަޢުދުވީ ވަރަކީވެސް! އަހަރެމެން ވޯޓުލީވެސް އެވަޢުދުތަކަށް، ދެއްކި މެނެފެސްޓޯއަށް! ތިޔަ މީހުންނަށް ވޯޓުލައިގެން ހޮވީ ޕާޓީ ކުލަ މާ ރީތިވެގެނެއްނޫން! ކަންކަން ނުވާކަމަށް ވަންޏާ ފޮނި އަގަ ނުތަޅުވައި އިސްތިއުފާ ދެއްވާފަ ގެއަށް ދާންވީ! ވެރިކަން ކުރާނެ މީހުން އަނެއްކާވެސް އަނެއް މެނިފެސްޓޯއާއެކު އަހަރެމެން ހޯދާނަން!

The name is already taken The name is available. Register?

ފޭކުއިކޮނޮމިސްޓް

05 March 2020

"ދިވެހިން ނުވަނީ، އޭނާ ބުނި ގޮތުގައި، ދިވެހިންނަށް އެކަށީގެންވާ އުޖޫރަ ނުލިބުމުގެ އިތުރުން މަސައްކަތުގެ ރަނގަޅު މާހައުލެއް ފޯރުކޮށްނުދޭތީ އެވެ". އަހަރެން ބޭނުންވަނީ މަހަކު 10ހާސް ރުފިޔާ. އެކަމަކު އެވަރު ލިބޭ ވަޒީފާއެއް ނުލިބުނު. ލިބެން އޮތީ މަހަކު 5ހާސް ރުފިޔާގެ ވަޒީފާއެއް. އެހެންވެ އަހަރެން ވަޒީފާއަކަށް ނުގޮސް ގޭގަ ހުރީމަ މިލިބެނީ 0 ރުފިޔާ. އަދި އޭގެ އިތުރުން އަހަރެންނަށް ކާންބޯންދޭށާ ފޯނުބިލާ އަންނައުނަށް މަންމައާއި ބައްޕަ ހަރަދުކުރަން ޖެހެނީ.

The name is already taken The name is available. Register?

މުރީދު

05 March 2020

ލިބޭއެއްޗަކަށް ޝުކުރު ކުރުމަކީ މާތްވެގެންވާ އިސްލާމްދީންގައިވެސް ބާރުއަޅާކަމެއް! އެއްވެސް އެއްޗެއް ނުލިބުމަށްވުރެ އެ 5000ރ ލިބުނީމައި މައިންބަފައިންނަށްވެސް ބުރަ ކުޑަވާނެދޯ؟

The name is already taken The name is available. Register?

މޯޑް

05 March 2020

އެމަންޖެ ވާހަކަ މި ނޫހުގަ ޖަހަށް ނުކެރުނީ ކީއްވެ? އެމަންޖެ ނޫނީ ނެތް ތި ފޯރަމްގަ ރަގަޅު ވާހަކައެއް ދެށްކި މީހެއް. ސާބަސް މަންޖެއަށް.

The name is already taken The name is available. Register?

ރުޅި

05 March 2020

ނުކުރެވޭނެކަންކަން ކުރަންނޫޅެބަލަ. ސަރުކާރުގެ އިޚްލާޞްތެރިކަމެއްނެތޭ. ފުރަތަމަ ސަރުކާރުން ކުރަން ރާވާ ކަންކަމުގައި ހުރި ދޯދިޔާ ކަންކަން ރަނގަޅުކޮށްބަލަ. ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކޮށްބަލަ. ހަމައެކަނި ރައްޔިތުން ފެލައިގެން ލާރިނުހޯދާ. ފަރުތަކާޢި ފަޅުތަކާއި ރައްތަށްބޮޑުއަގުދޭބަޔަކަށް ސަރުކާރުގެ ކޮންޓްރޯލް ނުގެއްލޭގޮތަށް ދީބަލަ. ކްރޮސްރޯޑްގެ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުން އަހަރެމެން ހިންގާކުޑަ ފިހާރައަކުންލިބޭވަރުވެސްނުލިބޭނެ.

The name is already taken The name is available. Register?

ސަލާހަތު

05 March 2020

ބަލަ އެމްޑީޕީން މިނިމަމްވޭޖް ކަނޑައަޅަށް ވައުދުވީ..ރިސޯޓް ދިވެހިންނަށް 10ހާސް ލިބެންޖެހޭބުނީ...ކުރިން ކޮށްފައޮތްނަމަ ވައުދު ވާކަށްވއސް ނުޖެހޭނެތާ...ބޭކާރު ވާހަކަ...ބޭރުމީހުން މިދޭތެރެއަށް ވައްދައި މިކަން ނުކުރަން ބަހަނާ ނުދައްކާ..އެމީޙުން ގެންނަނީވެސް ވަކިވަރަކަށް އެއްބަސްކުރުވާފަ..ސިޓީކައުންސިލް ބޭރުމީހުނަށް 150ޑޮލަރ ދޭތާ 20އަހަރު...ސަރުކާރު މުސާރަ ބޮޑުކުރިޔަސް އެމީހުންގެ ނުވޭ...

The name is already taken The name is available. Register?

މުރާސިލް

05 March 2020

މިވަގުތުތަކީ މިނިމަމް ވޭގް ކަޑައަޅަންވީ ވަގުތު ކުރޯނާ ވައިރަސް ގެ ސަބަބުން ބޭރުން ތަކެތި ގެނައުން މަޑުޖެުން ނޯނީ ނުލިބިގެން ވެސް އަގު ބަދަލް ވާއިރަށް އޭގެ ނާޖާއިޒް ފައިދާ ނަގާ އަތުގަހުރި ކުރިން އަގުހެޔޮަކޮން ގަނެފަ ހުރި މުދާކޮޅުގެވެސް އަގުބޮޑުކޮން ވިޔަފާރިވެރިން ވިއްކާ އެބަ އެހެންވީރު ނިކަމެތިވެ ހާލުގަ ޖެހޭމީ ވެސް ވަޒީފާ އަދާ ކުރާމީހާ

The name is already taken The name is available. Register?

ކޮލަމާފުށި

05 March 2020

ރަނގަޅުކަމެއް. މިފަދަ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގަ އެބަޖެހޭ ރައްޔިތުންގެ އަޑުއަހަން.އެއަށްފަހު އެކުލަވާލަން..މިފަދަ ބައްދަލު ވުންތަކުން އިވޭއަޑުތަކަށް ބީރު ކަންފަތެއް ނުދީފިއްޔާ ވ.ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!