ކިޙާވަށް ވިލާސްގައި ހުންނާނީ 80 ޕްރައިވެޓް ޕޫލް ވިލާސް.
13 މާޗް 2020 - 16:35
އަނަންތަރާ ދިގު ރިސޯޓުގެ ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.
މިއާ އެކު، ރާއްޖޭގައި ކޮވިޑސް ޖެހުނު މީހުންގެ އަދަދަކީ މިހާރު ނުވަ އެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މާލެ އަތޮޅުގައި ހިންގާ ރިސޯޓުގެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އޭނާއާ ކޮންޓެކްޓުވި 11 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މީހުން އެކަހެރިކޮށް، މޮނީޓާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އަންތަރާ އިން ކޮވިޑް-19 ބަލި ޖެހުނީ އެ ރިސޯޓުގެ މުވައްޒަފަކަށް ކަމެއް ނުވަތަ ގެސްޓަކަށް ކަމެއް އެޗްޕީއޭ އިން އަދިއެއް ނުބުނެ އެވެ. އަދި އެ މީހާއާ ކޮންޓެކްޓުވި 11 މީހުންގެ މައުލޫމާތެއް ވެސް ނުދެ އެވެ.
Sample taken from a foreign national from Ananthara Dhigu has tested POSITIVE for #COVID19.
— HPA Maldives (@HPA_MV) March 13, 2020
We have identified 11 individuals through contact tracing for isolation and have set monitoring mechanisms in place.
We will provide further updates.
އެ އިދާރާ އިން އިން ރޭ ވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އަނަންތަރާ ދިގު ރިސޯޓުގެ ބިދޭސީއެއް ޓެސްޓު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން ރިސޯޓުގައި އެ މީހާ އެކަހެރިކޮށްފައިވާ ކަމަށް ވެސް ރޭ ބުންޏެވެ.
ކޮވިޑް-19 ރާއްޖެ އިން މީގެ ކުރިން ޖެހިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ޓޫރިސްޓް ދެމަފިރިއަކާއި ކުރަމަތި އައިލެންޑް ރިސޯޓަށް އައިސް ތިބި ޓޫރިސްޓް ދެމަފިރި އަކަށެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭން އުމުރުން ދުވަސްވީ މީހަކަށް އިތުރު ފަރުވާ ދިނުމަށް ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓަށް ބަދަލުކޮށްފަ އެވެ.
ކޮވިޑް-19 އަކީ ދުނިޔޭގައި ފެތުރެމުންދާ ބަލި މަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވަނިކޮށް، ރާއްޖެ އިން ވެސް ވަނީ ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އިއުލާންކޮށްފަ އެވެ.
އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ބައެއް ކަންކަން މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތުން، ޕާކުތަކާއި މައިޒާންތަކަށް މި ދުވަސްވަރު މީހުން އެއްވެ ނޫޅުމަށް އެންގުމެވެ. އަނެއް ކަމަކީ އެއްވެސް ގޮތަކަށް މީހުން ދިރިއުޅޭ ރަށަކަށް ޓޫރިސްޓުން އެކްސްކާޝަނަށް ދިއުން މަނާކުރުމެވެ. އެކްސްކާޝަނަށް ދިއުން މަނަލީ އިއްޔެ އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
14 March 2020
ކޮބައިތޯ ހުރިހާ ކަމެއްވެސް ދަންނަ ހުރިހާ ކަމަކަށް އަނގަ ބާނާ މަޖިލީހުގެ ރައީސް. ވިދާޅުވިން ނޫންތޯ މީ ލޮލު ރޯގާއެއްފަދަ އާދައިގެ ރޯގާއެކޭ. ދެން ކީއްވެތޯ ދުނިޔޭގެ ސިޓީތައް ލޮކްޑައުން ކޮށް މީހުންތައް ތެޅިފޮޅި އެތައް ބިލިއަން ޑޮލަރެއް ހަރަދު އެކުރަނީ.
ޙަބީބު
13 March 2020
މ މީއެހާ ކަންބޮޑުވާންޖެހޭކަ މެއްނޫން ހަ މައާދައިގެ ރޯގާއެއް މީމި މިރާއްޖޭގެ ވެރިން ބުނެފަހުރިވާހަކަ ވީއިރު ދުނިޔޭގެ ބިޔަބޮޑެތި ގައު މުތަކުން ހޮސްޕިޓާއަޅާ ފަރުވާއެއްހޯދޭތޯ އެދަނީ އަތްފުނާއަޅަ މުން އަދިވެސް ރާއްޖެޔައް ގެސްޓުން ގެނައުން ވަގުތީގޮތުން މަނާކުރާކައް ނޫޅޭ މިވަގުތައް މަނާކޮއް ތިސޯޓު މުވައްޒަފުންގެ ދަފުތަރެއް އެކުލަވާލު މައްފަހު 3 މަހުގެ ފައިސާ 30.000 ރުގިޔާ މުވައްޒަފަކައް ހަމަޖައްސައި ދެއްވާ
އަހަރެން މި ބުނީ
13 March 2020
އިޓަލީގެ ފަތުރުވެރިއެއް
ބޮއްކުރާ
13 March 2020
ޔާﷲ! އަޅަމެން މި ދިވެހިރާއްޖެ މި ބަލިން ތައްކާތެރި ކުރައްވާނދޭވެ...!
އޮނަރަބްލް އަފީފު ދީދީ
13 March 2020
މިފަދަ މައުލޫމާތު ސަރުކާރުން ރައްޔަތުންނާއި ޙިއްސާކުރަން ފަސްޖެހުނުވަރަކަށް ދޮގުޙަބަރު ފަތުރާންމަސައްކަތްކުރާބަޔަކަށް އެކަމަށްމަގުފަހިވާނެ. # ރިސޯޓްތަކުގެ އޯނަރުން ދެކޮޅުހެދިކަމުގައިވިޔަސް ރިސޯޓަކުން ބަލީގެއަލާމާތްފެނުނީ ދިވެއްސެއް ނުވަތަ އެކްސްޕެޓްރިއޭޓެއް ނޫންނަމަ ފަތުރުވެރިއެއްގެފަރާތުންނަމަ އޭނާނިސްބަތްވާ ޤައުމާއި ރިސޯޓަށްއައިދުވަސްފަދަ މައުލޫމާތުހާމަކުރާންޖެހޭނެ. # ދިވެހި ދެމަފިރިންނަށް އުފަން ސިންގަޕޯރ ރަށްވެހިންވެސް ރާއްޖޭގައި އުޅޭ.
އަހުމަދުބޭ
13 March 2020
ކޮމެންޓް ތަށް ކިޔާލުމުން މިއެނގިގެން ދަނީ މިކަމުގައި ސަރުކާރުގެ އަމަލްތަށް ކަމުނުދާކަމެވެ، މިކަމުގައި ސަރުކާރުން އަމަލް ކުރާގޮތްވެސް ކަމުނުދާ ކަމެވެ، އަޅުގަނޑުގެ ސުވާލަކީ މީގަ ކަންކުރަންވީ އެންމެ ރަގަނޅު ގޮތަކީ ކޮބައިބާވައެވެ. ރާއްޖެ ލޮކުޑައުން ކުރަންވީތޯ، ލޮކްޑައުން ކުރަންވީ ކިހައި މުއްދަތަކަށްތޯ، ރާއްޖޭގެ ރައްޔިތުންނަށް ލޮކުޑައުން ކޮއްގެން ދުނިޔާއާ ގުޅުން ކަޑައިލައިގެން ތިބެވޭނީ ކިހައި ދުވަހަކުތޯ މިއީ ހައްތާވެސް ސުވާލެވެ،
ލާމުއޮންލައިން ޑޮޓްކޮމް
13 March 2020
އިދާރާތަކުން ރައްޔިތުންނަށް ވަރަށްބޮޑަށް ކަމުގެ ހަގީގަތް އެބައޮޅުވާލާ، ބަލި ޖެހޭނީ ހަމައެކަނި ބިދޭސީންނަކަށްނޫން،
ށަހާ
13 March 2020
އެމީހާ ކޮންޓެކްޓްވީ އެންމެ 11 މީހުން !!
ހަސަނު
13 March 2020
ރިސޯޓިން މީހަކު ބަލު ވުމާ ބަލި ހިފައިން ރިސޯޓަށް ދިއުމަކީ ވަރަށްތަފާތު ދެކަމެއް.. މި އެބަޖެހޭ އެނގެން.. ކޮން ގައުމަކުން އައި މީހެއްތޯވެސް އެނގެން ޖެހޭ...
ބަލި
13 March 2020
ބަލިމަޑުކަމެއް ނޫން. މިއަށް ކިޔަނީ ވަބާ!!