ކުރެއްދޫ އައިލެންޑް ރިސޯޓު: ކޮވިޑް ޖެހުނު 10 މީހުންގެ ތެރެއިން ފަސް މީހުންނަކީ މި ރިސޯޓުގެ ބިދޭސީން/ޓޫރިސްޓުން.
14 މާޗް 2020 - 13:31
ކުރެއްދޫ އައިލެންޑް ރިސޯޓުގެ އިތުރު ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު 10 އަށް މިއަދު އަރައިފި އެވެ.
ރާއްޖެ އިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ޖެހުނު ދެ މީހުން ވެސް ފެނުނު ކުރެއްދޫން އިތުރު މީހަކު އެ ވައިރަހަށް ޕޮޒިޓިވްވިކަން އެނގުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނިގޮތުގައި، ކުރިން އެ ބަލި ޖެހުނު މީހުންނާ އެކި ގޮތްގޮތުން ގުޅުން ހުރި ކަމަށް ބެލެވިގެން އެ ރިސޯޓުގެ 10 މީހެއްގެ ޓެސްޓު ހެދުމުންނެވެ. އެކަމަކު، ބާކީ ނުވަ މީހުންގެ ގައިން ވައިރަސް ނުފެންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓުގައި އެކަހެރި ކޮށްފައިވާ މި 10 މީހުންގެ ތެރޭގައި މުޅިން ވެސް ތިބީ ބިދޭސީން ކަމެއް ނުވަތަ ދިވެހިން ތިބި ނަމަ އެ މީހުންގެ އަދަދެއް އެޗްޕީއޭ އަކުން ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެެ އަދަދު 10 އަށް އެރިއިރު އޭގެ ތެރެއިން ފަސް މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ބިދޭސީން/ޓޫރިސްޓުންނެވެ. ދެން އުޅެނީ ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުރަމަތި މޯލްޑިވްސް ރިސޯޓުގެ ދެ މީހެއް އަދި އަނަންތަރާ ދިގު ރިސޯޓުގެ އެކެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީން/ޓޫރިސްޓުންނެވެ.
ރާއްޖެ އިން ކޮރޯނާވައިރަސް ފެނުނުކަން ސަރުކާރުން އިއުލާންކުރީ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭގަ އެވެ. އެއީ ކުރެއްދޫގެ ދެ މީހުންނެވެ.
އެ ބަލި ރާއްޖޭގައި އުޅޭކަން އެނގުނީ، ކުރެއްދު އަށް ޗުއްޓީ އަށް އައި ޓޫރިސްޓަކު އެނބުރި ގައުމަށް ދިޔަ ފަހުން، އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަން އެންގުމުންނެވެ. އޭގެ ފަހުން ކުރެއްދޫގެ މީހުން ޓެސްޓު ކުރިއިރު ބައެއް މީހުން އެ ވައިރަހަށް ޕޮޒިޓިވްވީ އެވެ.
އެކަމަކު، އިޓަލީގެ ޓޫރިސްޓު މީހާގެ މައްސަލައިގައި ބަޔަކު އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަމުރަކަށް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ ތަހުގީގުގެ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ކުރެއްދޫ ރިސޯޓުގެ އިޓަލީ މީހާ ފުރައިގެން ދިއުމުގެ ކުރިން މާލޭގެ މާގިރި ހޮޓަލުގައި މި މަހުގެ 1،2 ގައި އުޅުނެވެ. އަދި ޔުނިވަސަލްގެ ޓިކެޓިން ކައުންޓަރަށް ޓިކެޓު ނަގަން ވެސް ދިޔަ އެވެ. އެކަމަކު، ޓިކެޓިން ކައުންޓަރުން އެ މީހާއާ "ކޮންޓެކްޓް ޓްރޭސިން" ވެފައިވާ ކަމަށް ބެލެވިގެން ވައިރަހަށް ޓެސްޓު ކުރި މީހާގެ ގައިން ކޮވިޑް ބައްޔެއް ނުފެނުނެވެ. މާގިރި ހޮޓާ ވެސް މިހާރު ވަނީ ޑިސްއިންފެކްޓް ކުރުމަށް ބަންދުކޮށްފަ އެވެ. އެކަމާ ގުޅިގެން މާލެ އިން ވެސް 15 މީހުން އެކަހެރި ކުރި އެވެ.
ރާއްޖޭގައި ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ސަފާރީތަކާއި ރަށްރަށުގައި ތިބި ޓޫރިސްޓުން އެކްސްކާޝަނަށް އެއްވެސް ރަށަކަށް ނުދެވޭ ގޮތަށް މަނާކުރުމާއި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ޕާކްތަކާއި މައިޒާންތައް ބަންދުކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞައިމް
14 March 2020
ﷲ ގެ ރަހުމް ބޭނުންނަމަ އެހެން މީހުންނަށް ރަހުމް ކުރޭ. ސައިހޮޓަލަށް އަރާފަ ޖެއްސުމާ މަލާމާތުގެ ރާގަށް ވާހަކަ ދައްކާ މީހުންނަށް ރަހުމެއް ނުލިބޭނެ ތައުބާނުވަނީސް..
ދަރުމަ
14 March 2020
ބަލާކަށްނެތި މުޅިކުރެއްދޫ އެއްކޮށް ޓެސްޓް ހަދާބަލަ.
ރަބަރު
14 March 2020
އާދޭސްކޮށްފަ މިބުނަނީ މިބަލި ހުއްޓުވުމަށްޓަކައި ރާއްޖެ ބޭރުދުނިޔެއަށް ބަންދުކުރޭ.
ފާރަގެމަ
14 March 2020
މުޅި ސަރުކާރު 2 ހަފްތާއައް ބަންދު ކޮއްލަބަލަ .
ސަންޕަދަރި
14 March 2020
ދަންނަ ނުދަންނަ ރޫހާނީ ލީޑަރު ބުނާގޮތަށް ރަށްރަށުގެ ހެލްތު ސެންޓަރު ތަކުން ތިކަމަށް ފަރުވާ ކުރެވޭ. އެކަމަކު ދެމީހެއް ޕޮސިޓިވް ވާއިރަށް ރޫހާނީ ލީޑަރު ފިލައިފި, ރައްޔިތުން ހެލްތްސެންޓަރު ތަކަށް ދާންބުނި މީހާ މިހާރު އޮތީ ބިއްލޫރި ފުޅިއަކަށް ވަދެ ފިލާ.
ރަބަރު
14 March 2020
ބަރާބަރު
އާރީ?
14 March 2020
ކުރެށްދޫން ކޮރޯނާ ޖެފައިހުރިމީހާ ފޮނުވާލި މަންސަލަގައި ސާމިލުވާ މީހުން ގެ މަންސަލަ މިހާރު އޮތީ ކިހާ ހިސާބެއްގަބާ
ތުއްތުނާ
14 March 2020
އިޓަލީގައި އައިސީޔޫތަކަށް ބޭނުންވާ ވެންޓިލޭޓަރު ނެތިގެން އައިސީޔޫގެ އާލާތްތަކާއި އެނދުތައް ފުރުމާއި ގުޅިގެން، އެ ޤައުމުގެ ސަރުކާރުން ވަނީ ފަރުވާ ދީގެން ރަނގަޅުވާނެ ބަޔަކަށް އިސްކަން ދިނުމަށް ޑޮކްޓަރުންނަށް އަންގާފަ...... އެކަމަކު މިހާރު ޗައިނާގެ އެހީގައި އައިސީޔޫއަށް ބޭނުންވާ ސާމާނާއި ޑޮކްޓަރުންގެ ޓީމެއް އިޓަލީގައި ހަރަކާތްތެރިވަމުން އެބަދޭ...... ދިވެހިރާއްޖެ މިފަދަ ހާލަތެއްގައި ބޭނުންވާ ސާމާނު ހޯދުމަށް އަވަސް ވެގަތުމަކީ މުހިއްމުކަމެއް.....
ނަގިއްޔާ
14 March 2020
ރިފޯޓްތަށް ބުނާގޮތުން އެންމެ އެންމެ ވަރުގަދަ ފިޔަވަޅު ނޭޅޭނަމަ ތަނަކުން ވައިރަސް ޕޮޒިޓިވްވާތާ 10 ދުވަސްތެރޭ އެތަށް ގުނައަށް އިތުރުވުމުގެ ފުރުސަތުއޮވޭ. ސިންގަޕޫރގަ ވަރަށް ކުރީގަ އަދި ސ.ކޮރެއާއިން ވަރަށް ވަރުގަދަކޮށް އެޅިފިޔަވަޅުން އެމީހުން އެކަން ކޮންޓްރޯލް ކުރިކަމަށްވަނީ. އިގިރޭސީވިލާތް ގޮތަށް މާހަރުކަށި ފިޔަވަޅު ނާޅާނަމަ އާބާދީގެ 60 ޕަސެންޓަށް މިބަލިޖެހި (Herd immunity) ހާޑް އިމުނީޓީ އާބާދީއަށް ލިބެންދެން ބަލިޖެހުމަކީ އެކަށީގެންވާކަމެއްކޭ.
ތުއްތުނާ
14 March 2020
މިއީ ފުރަތަމަވެސް ބަލި ފެނިގެން ކަރަންޓީނު ކުރެވުނު 3 ރިސޯރޓް ގެ ތެރޭގައި ހިމެނޭ ރަށެއް...... އެކަމަކުވެސް 3 ދުވަސް ފަހުން ކަރަންޓީނުން ރަށްތައް ދޫކޮށްލައިފި ؟....... ދެން އަނެއްކާ ޓެސްޓް ހަދައިގެން ޕޮޒިޓިވް މިވަނީ ؟ ބަލީގެ އަލާމާތްތައް ނުފެނި 14 ދުވަސް ހުންނަ ކަމަށްވާއިރު ރިސޯޓުގައި ތިބި ހުރިހާ އެންމެން ޓެސްޓްތައް ހަދައިގެން ނޫންގޮތަކަށް ކަރަންޓީނުން ދޫކޮށްލީ ކީއްވެ؟
ލަމް
14 March 2020
ރާއްޖޭ މީހަކު ޕޮޒިޓިވް ވިޔަސް އެނގޭނީ ޓެސްޓް ކޮށްގެންނުން. އެކްމެއް ނުކުރާނެ ސަރުކާރުން.