ޕެރެޑައިސް އައިލެންޑް ރިސޯޓްގެ ޕޫލެއް. އެ ރިސޯޓުން ކޮވިޑަށް ޓެސްޓްކުރި އެންމެން ވެސް ނެގެޓިވް
20 މާޗް 2020 - 12:49
ކޮވިޑް-19 ގެ އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ޕެރަޑައިސް އަައިލެންްޑް ރިސޯޓްގެ 10 މީހެއްގެ ގައިން ނެގި ސާމްޕަލްތައް އެ ބައްޔަށް ނެގެޓިވް ވުމުން އެ ރިސޯޓް މޮނިޓާ ކުރުން ހުއްޓާލައިފި އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރީ މިއަދު ކުރި ޓްވީޓެއްގަ އެވެ.
#ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލަންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓު ވަނީ މޮނިޓަރިންގްގެ ހާލަތުން ނެގިފައި
— HPA Maldives (@HPA_MV) March 20, 2020
ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މީގެ ކުރިން ހާމަ ކުރައްވާފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮވިޑަށް ޓެސްޓްކުރަން ރާއްްޖޭން ނެގި ސާމްޕަލްތަކުގެ ތެރެއިން އިއްޔެއާ ހަމައަށް ނަތީޖާ ނުލިބި އޮތީ 15 ސާމްޕަލެއްގެ އެވެ. ޕެރަޑައިސްގެ ނަތީޖާތަކާ އެކު އެ އަދަދު މިހާރު ވަނީ ފަހަކަށް ތިރިވެފަ އެވެ.
ވިލާގެ ރިސޯޓްތަކުގެ ތެރެއިން މިހައިތަނަށް ބަންދުނުކޮށް އޮތީ ވެސް ޕެރަޑައިސް އެކަންޏެވެ.
މަބްރޫކް އިއްޔެ ވިދާޅުވި ގޮތުގައި، މިހާތަނަށް 517 ސާމްޕަލް ވަނީ ޓެސްޓު ކޮށްފަ އެވެ. އޭގެ ތެރެއިން ކޮވިޑް ބައްޔަށް ޕޮޒިޓިވް ވީ 13 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްގު
21 March 2020
ހުރިހާ ކަމެއް ޕޮލިޓިސައިޒް ނުކުރަށްވާ. މީހިތާމަ ހުރިކަމެއް އަދި ވަރަށް ނާތަހުޒީބު އަމަލު ތަކެއް. ބަޔަކު މީހުން ކިތަށްމެ ރުޅި އަޔަސް ވިލާ އަކީ މިގައުމުގެ އެއްމެ ގިނަ އާއިލާ ތަކާ ގުޅިފަ އޮތް ކުންފުންޏެއް ކަމީ ހަގީގަތެއް. މަގުމަތީ ވާހަކަތަކާ، ޒާތީވުން ހުއްޓާލާ ވިލާގެ ޕުރޮފައިލް ބަލާލާ.
ހޭކެނޑޭގެ ބައްޕަ
20 March 2020
ހޭނކެޑޭގެ ނަމުގަ ކޮމެންޓުކުރި ފަރާތަށް ބުނެލަންއޮތީ ހަޤީޤަތާއި ހިލާފު ވާހަކަ ނުދައްކާށޭ. ވިލާގެ އެއްވެސް ރިސޯޓަކުން އަދި މީހަކު ނުކަނޑާ އަދި ނޯޕޭއަކަށްވެސް އެއްވެސް ދިވެހި މުއައްޒަފެއްނުފޮނުވާ. މުސާރައަކުންވެސް އަދި ނުކަނޑާ. ދޮގު ވާހަކަދެއްކުން ހުއްޓާލާ.
ލާލަ
20 March 2020
ބަލި ޖެހުން 13 މީހުންގެ ހާލު ކިހިނެތް؟
ޔާހުޔާ
20 March 2020
މިޓެސްޓް ތަކަކީ 100 ޕަސެންޓް އެކިއު ރޭޓް ޓެސްޓްތަކަށް ނުވާތީ ފޯލްސް ނެގެޓިވް އައުން އެކަށީގެންވާކަށް ތަޖު ރިބާކާރުން އެބަބުނޭ އެހެންވެ 24 އި ރުފަހުން އިތުޜު ސާންޕަލެއް ނަގާ ޓެސްޓްކު ރަން ޖެހޭނެއޭ. އެގޮތަށް އަހަ ރުމެން ފޮލޯ ކު ރޭބާ!
މައިސާ
20 March 2020
އަލްހަމްދުލިއްލާހި. ހެލްތުން ތި ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު
ހޭކެނޑޭ
20 March 2020
މުސްތަޤުބަލުގައި 2023 ގައި އޮންނަ ރިޔާސީ އިންތިޙާބަށް ރައީސް ކަމަށް ނުކުންނަ ސޭޓެއްގެ ރިސޯޓެކޯ! ރައްޔިތުން ހަދާނަކުންނެއް ނުނެތޭނެ މިއަދު މި ސޭޓުޖީ އެތާގެ ދިވެހި މުޥައްޒަފުން ނާއި ދޭތެރޭ ކަންތައްތައް ކުރަމުން ދާގޮތް. 2023 ރައްޔިތުން ތިބީ މި ސޭޓު ޖީ އަށް ރާކަނި މަސް ކާންދޭން ވަރަށް ހުޝިޔާރުވެގެން.
ދަތްނެތްކުއްޖާ
20 March 2020
އެ ރިސޯރޓަކީ ދިގު ދެމިގެންވާ ހާލަތެއްގައި މޮނިޓަރ ކުރުމަށްޓަކައި ކޮންމެހެންވެސް ބަންދު ކޮއްފައި އޮންނަންޖެހޭނެ ރަށެއްގެ ގޮތުގައި މި ނިކަމެތިއަލާ ސިފަ ކުރަނީ. ސަބަބަކީ ޤައުމަށް މި ދިމާވި ހިތާމަވެރި ދަނޑި ވަލުގައި ހުރިހާ މުޥައްޒަފުން ވަޒީފާއިން ވަކި ކުރަން ނިންމާފައިވާތީ. މިއޮތް ހުރިހާ ދުވަހު އެ މުޥައްޒަފުންގެ ފަރާތުން ލިބުނު ފައިދާ ނުފެނި ޤަުދުރަތީ ޙާދިސާ އެއް ދިމާވާ އިރަށް މި ގޮތައް ކަންތައް ކުރުމުގެ ސަބަބުން ތަލު އަލުވަންޖެހޭ ރިސޯރޓެއް އެއީ.
އަމިއްލައެދުން
20 March 2020
ނޭގޭ ވާހަކަ ހަދަ ހަދާގެން ނުދެއްކުން ރަނގަޅީ. ވިލާ އަދި އެހެން އޯގަނައިޒޭޟަން ތަކުންވެސް އެވަގުތަކާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅު ތަކެއް އަޅާނެ އެއީ އެނޫން އެހެން ގޮތެއްނެތީމަ! ވިލާގެ އޮފިޟަލުން މިކަމާ ގުޅޭގޮތުން ރަސްމީކޮށެއް ނާންގާ. ދުނިޔޭގެ ސިޓުއޭޟަން ރަނގަޅު ނުވެއްޖިޔާމު ކާރި މުސްތަގުބަލުގަ އަޅަން ޖެހިދާނެ ފިޔަވަޅު ތަކެއްގެ ވާހަކަތަކެއް މި ދެކެވެނީ.
ޤާސިމު
20 March 2020
ހަމްދު ލިﷲ !
ގްރީން
20 March 2020
އަލްހަމްދުލިއްލާހި