ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކުރިއަށް އޮތް ދެ ހަފްތާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެދާނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ބޭއްވެވި ނިއުސް ބްރީފިންއެއްގައި ވާހަކަފުޅު ދައްކަވަނީ.

މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މައްޗަށް ހިނގައިދާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ފެތުރުމުގެ ހާލަތު އޮތް ގޮތާއި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން ކުރަމުން އަންނަ މަސަައްކަތްތަކާ ބެހޭ ގޮތުން ގައުމާ މުޚާތަބު ކުރައްވައި މިއަދު ހަވީރު ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި މާލޭގައި މި ބަލި ފެތުރޭ މިންވަރު މިހާރަށް ވުރެ މައްޗަށް ދާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާތީ މި ދެ ހަފްތާފައި ފަރުވާތެރިކަމާއި ވިސްނުންްތެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އެހެންވީމާ، ކުރިއަށް މި އޮތް ދެ ހަފުތާ އަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު،" ރައީސް ވިދާޅުވި އެވެ.

"މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަޙައްމަލްކުރި ގައުމުތަކުގެ ރައްޔިތުން މިހާރު އެ ތައްޔާރުވަނީ، އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިތުރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން ދިޔަޔަސް ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެން ނުދާ ކަމަށާއި ސިއްހީ މާހިރުންގެ އުއްމީދު ނުގެއްލޭ ކަމަށެވެ.

"ކޮވިޑް-19 ގެ ސަބަބުން، ރާއްޖެ މި ވަނީ ވަރަށް ބޮޑަށް ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވެފައި. ހިދުމަތުން ރިޓަޔާ ކުރައްވައިގެން ތިއްބެވި، ވަރަށް ގިނަ ސިއްހީ ހިދުމަދުމަތްތެރިން މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ބަލި ފެތުރުން ކޮންޓްްރޯލް ކުރަން ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ސިއްހީ ޚިދުމަތްތެރިންނަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނަކީ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، ވަރަށް ހުޝިޔާރު ބޭފުޅުންތަކެއް ކަމަށެވެ. ކުރިން އަންދާޒާކުރި ހަލުވިމިނުގައި ރާއްޖޭގައި ބަލި ނުފެތުރި އޮތީ މާތް ﷲގެ ވާގިފުޅާ އެކު، ސިއްހީ ޚިދުމަތްތެރިން ދޭ ލަފައާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއިި ރައްޔިިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ އެއްބާރުލުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުން ރައީސް މިސާލު ދެއްކެވީ އެހެން ގައުމުތަކުންނެވެ. އެމަނިކުފާނު ވިދާޅުވީ ކެތްތެރިވި ގައުމުތައް މިހާރު ތައްޔާރުވަމުން އަންނަނީ އާއްމު ހާލަތަށް އެނބުރި ދާން ކަމަށެވެ.

"މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަހައްމަލްކުރި ގައުމުތަކުގެ ރައްޔިތުން މިހާރު އެ ތައްޔާރުވަނީ، އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި ކާމިޔާބީ އަށް އެދިވަޑައިގެން އަދި ރައްޔިތުންނަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވަމުންނެވެ.

ރާއްޖޭން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 500 އަށް ވުރެ މަތިވެފަ އެވެ. އަދި އެ ބަލީގައި އެކަކު ވަނީ މަރުވެފަ އެވެ.

22 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 16%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަބަބުކޮބާ

05 May 2020

ކުރިއަށް އޮތް 10 ދުވަސް އެއީ އަދި ލޮކްޑައުން. ލޮކްޑައުންގަ އޮންނައިރު އަދިވެސް އިތުރަށް ފެތުރޭނެކަމަށް ބުނާނަމަ ދެން ކޮބާ ލޮކްޑައުންގެ ފައިދާ؟ އެހެންނޫނަސް މިހާރު ފެތުރިފައިމިވާ މަންޒަރު މިއީ މާޒީގެ މަންޒަރެއް. އެއީ މިހާރު ހިނގާ މަންޒަރެއް ނޫން. މިހާރު ފެތުރެމުންދާ ގޮތް އަދި ފެތުރިފައި އެކަމު ނުހޯދިވާ ކޭސްތައް އެނގުމުުގެ ނަސީބު ލިބިގެންނުވޭ ޓެސްޓިނގ ކަންކަން ހުރި ގޮތުން.

The name is already taken The name is available. Register?

އައި އާރު އެސް

05 May 2020

ކޮންމެ ގައުމެއްގައި ވެސް ރައީސް ގައުމާ މުޚާތަބު ކުރާ ވަގުތު ރައްޔިތުން ތިބޭނީ ރައީސް ދެއްވާ ހަދިޔާއަކަށް އިންތިޒާރުގަ، ނަމާވެސް މިދިމާވެފަ މިއޮތް ހާލަތުން ރައްޔިތުން އަތްމަތި ހުސްވެ ކެވޭނެގޮތް ނެތިފަ ތިބިވަގުތުގަ ދިނީ މަބުރީކް، ޑޮކުޓަރުން ވެސް ދެއްވާ ނަސޭހަތް، އަދި ހަދިޔާދިނީ 600 މިލިޔަނުން ބަގްލާދޭޝް މީހުންނަށް އުފާވެރިކަން، ލަދުން ބޯހަލާކު މީހުން ތިބީ ހާލުގަޖެހި ވަޒީފާގެއްލި މަގުމަތިވެފަ ކެވޭނެ ގޮތް ހުސްވެފަ، މާދަމާވެސް ބިލްތަށް ނުދެއްކި!

The name is already taken The name is available. Register?

ހަސަދު

05 May 2020

މިދާގޮތަށް ދައްޔާ ފަސް އަހަރު ލޮކުގައި. މިކަމުން ސަލާމަތްވާނެ ހެނެއްހިޔެއްނުވޭ.

The name is already taken The name is available. Register?

ކަނބިލި

05 May 2020

ލީޑަރޝިޕެއް ނެތް. ދުރުވިސްނު މެއްނެތް. ގައު މުގައި ތިބި ތަޢުލީ މީ ތަޖުރިބާކާރުންގެ ދައުރެއް ނުފެނޭ. އަވަށްޓެރި ގައު މެއްގެ ފައިބުޑަށްވެއްޓި، ދިވެހިންގެ ދުވަސްގޮސް ހަނާވެއްޖެ.

The name is already taken The name is available. Register?

ލަތީފު

05 May 2020

ކުރިއަށްއޮތް ދެ ހަފްތާގައި އިތުރުވާން ދި މާވާ ސަބަބު ދަންނަވާލެއްވި ނަ މަ. އޭރުން ރައްޔިތުންނަށްވެސް އިތުރަށް ސަ މާލުވެ ތިބެން އިނގޭނެ. ފިހާރަތަކަށް ދާތީ ގިނަވަނީތޯ. އޭރުން ކުރިއަށް އޮތް ދެ ހަފްތާ އަށް އަޅުގަނޑު މެން ކާއެއްޗެހި އެތެރެކޮށްގެންވެސް ތިބެދާނަން. ފިހާރަތަކަށް ދިޔުން ހުއްޓާލަންވީތޯ.

The name is already taken The name is available. Register?

މޯޑޭ

05 May 2020

މާލޭގައި ހުރި ހުރިހާ ހޮސްފިޓަލެއްގަ ކޮވިޑް ފޭސަންޓުން ބޭތިންބުން އެއީ އެހާ ބުންދި ވެރި ގޮތެއް ނޫން. މިހާރު މާ ބަނޑް އަންހެނުން ސުކޭނު ނުކުރެވި ޑޮކުޓަރަށް ނުދެށްކި ބައިވަރު އެބަތިބި ހޮސްފިޓަލަށް ދާން ބިރުން. އައިޖީއެމްޗް އާއި ޓުރީޓޮފް މިހާރު އޭޑީކޭވެސް ކޮވިޑަށް ނަގާވާހަކަ އަޑްއިވެނި. ތިހެން ނުހަދާ އޭޑިކޭ ބަހަށްޓާ މާބަނޑް މީހުންނަށާއި އެހެން ބަލިމީހުން ނަށް ފަސޭހައިން ދޭކޭނި އިންތިޒާމް ގައިމްކޮށްފަ. މާލޭ ހުރިހާ ހޮސްފިޓަލެއް ކޮވިޓް ބަލިމީހުން ލާފައި ދެން އެހެން ބަލިމީހުން ކައިރީ ހޮސްފިޓަލަށް ނާންނާށޭ ބުނީމަ ކަޑަދޯ.

The name is already taken The name is available. Register?

ހާމާނު

05 May 2020

ކުރިންސުރެ ޕޮޒިޓިވްވެފަތިބި ބަޔަކު ކުރިޔައްއޮތް ހަފްތާތެރޭ އިއުލާނުކުރަން ބައިތިއްބާފަތިބީތޯ؟. އަނެއްކާ ރޫހާނީގެ ފަރާތުން މިކަހަލަ ގޮވެލިތަކައް ވާރުތަވީކަންނޭގެ.

The name is already taken The name is available. Register?

ސޯލިހު އަލީ 9819494

04 May 2020

އޭޕުރީލް15 އިން ފެށިގެން ރަށައްނުދެވި ހުޅުމާލޭގަ ތާށިވެފާ މިހުރީ ނަންނޯޓްކޮއްފިން 1676 1665 115 އަދިޖަވާބެއް ނުލިބޭ އަދިވެސް ލޮކްޑައުންގަ!!!!!!ވަޒީފާގެއްލި މިތާތާށިވެފަަ މިހުރީ މިއަދު ބަންގާޅުމީހަކަށް ވީނަމަވެސް މާރަނގަޅު!!!!!

The name is already taken The name is available. Register?

މިވަރެއްނެތް

04 May 2020

ސަރުކާރުގެ ޕްލޭނެއް ހާމަނުކުރައްވާ؟ މިބަލި ކިހާވަރަކަށް ކޮންޓްރޯލްވީމަތޯ ގައުމު ހުޅުވާލާނީ؟ ބަލިމުޅިން ނެތުނީމަތޯ ހުޅުވާލާނީ؟ ބަލި ނެތްރަށްރަށުގެ ސްކޫލާއި އޮފީސް ފަދަ ތަންތަން ބަންދުކޮށްތިބަހައްޓަނީ ކޮންއުސޫލަކުންތޯ؟ ހަގީގަތަކީ މިއީ ވޭތުވެދިޔަ 40 އަހަރުތެރޭގައި އުފެދުނު އެންމެ ނާގާބިލު ކެބިނެޓް. ރައިސު އިބޫގަޔަކުނެތް ނަޝިދުގެހުންނަ ހަކަތަ. ނާސިރުގެ ދުރުވިސްނުން. މައުމޫނުގެ ތަޢުލީމު. ޔާމީނުގެ ކަންކަންނިންމުމުގެ ކުޅަދާނަކަން. މިފެންނަނީ އެނަތީޖާ.

The name is already taken The name is available. Register?

ޚިޔާލު

04 May 2020

އިބޫގެ އެންމެ ރަގަޅު އެއްސިފައަކީ ހުރިހާ ސިޔާސީ ވިސްނުމެއްގެ މީހުން ގޮވައިގެން އުޅެވުން. ކޯލިޝަން ދެމެހެއްޓުން. އެކަމަކު އެކަން ބައެއްފަހަރުވޭ ބަލިފަޔަކަށް. ވަޒީރަކު ކިތަންމެ ނާގާބިލްވިޔަސް އެމީހަކު ވަކިކުރުމުގެ ހިތްވަރެއް އިބޫގެ ކިބައިގައި ނުހުރޭ. ގައުމީ ބޮޑު އެމަޖެންސީއެއް ދިމާވެފައި އޮތަސް. ޔާމީނާއި ނަޝީދަކީ ފަޅި ސިކުންތެއްތެރޭ ކަންތައްނިންމާލާ މީހުން. އެކަމަކު އެކަން ބައެއްފަހަރުވޭ ގޯހަކަށް. މައުމޫނާއި ނާސިރުގެ ދުރުވިސްނުން އެމީހުންގެ ނެތީމާ

The name is already taken The name is available. Register?

ބޮޑުތަނުން ފޭލު

04 May 2020

އެންމެ ނާގާބިލު ވަޒީރުން ތިބީ އެމްޑީޕީގައި. ކެރޭނެތޯ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަކިކުރަން؟ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަކިކުރަން؟ ފިނޭންސް މިނިސްޓަރު އަމީރު ވަކިކުރަން؟ ޕްލޭނިންގ މިނިސްޓަރު އަސްލަމް ވަކިކުރަން؟ ހުސް ބޮޑެތި ފޭލިއަރުން!

The name is already taken The name is available. Register?

އަހަންމާފުތާ

04 May 2020

"މިވަރެއްނެތް" ތިޔަބުނާ ތަޢުލީމާއި ހަކަތަ އަދި ކަންކަންނިންމުމުގެ ކުޅަދާނަކަން ލިބިގެން މިވަގުތު ދުނިޔޭގެ ރައީސެއްގެ ގާބިލް ކަމުން މި ވައިރަހުން 3 ހަފްތާ ތެރޭ ސަލާމަތްވި ގައުމެއްނެތް. ކުރިއަރާފައިވާ އޮސްޓްރޭލިއާ، ނިވްޒީލެންޑް އިހަށްދުވަހު ވަައިރަސް ކޮންޓްރޯލްވީ. ޕުއްމާމޭއާއި އެމެޖެންސީ މެޑިސިންގެ ހައެއްކަ ޑޮކްޓަރުން ތިބި މިގައުމުގައި ބަލި މާލޭން ބޭރުގަ ފެތުރިއްޖެނަމަ އެންމެން ފަޅުރަށަކަށް ގެންގޮސް ވާނެއެއްޗެއް ވާން ބައިތިއްބަން ޖެހޭނީ.

The name is already taken The name is available. Register?

ޢަހުމަދު އީސަ

04 May 2020

މާލޭ.ލޮކުޑައުން 1އެއްއަހަރައް ދިގުދައްމާލާ ލިބޭލާރިގަޑުއިތުރު ވާނެ ތިއޮއް ލަންކާ ހިއެއްނުވޭކަމެވީހެންވެސް މިރާޖޭގަ މިއޮތީވާ ކަމަކާޖެހިފަ ވާނުވާއެއްނޭގެ ދެއްކޭނުދެއްކޭ ވާހަކައެއްނޭގެ ކިޔޭނުކިޔޭ އެއްޗެއްނޭގެ

The name is already taken The name is available. Register?

ލަންކާ މީހާ

04 May 2020

ލަންކާވެސް ލޮކްޑައުން ކުރި. ޢެންމެ ބޭސިކް އެއްޗެހި ޕިކަޕްގައި ސަޕްލައިކުރީ. ރައްޔިތުން ތިބީ ބަސްއަހައިގެން ގޭގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454