މުނިފޫހިފިލުވުން

ދަރިފުޅަށް ޑްރަގްގެ ތުހުމަތު ކޮށްފައިވާތީ އެންސީބީގެ ވެރިޔާ އަށް ޝާހްރުކް ދައުވާކޮށްފާނެ

ސަމީރު އަދި ޝާހްރުކް.

23 ނޮވެމްބަރ 2021 - 06:02

ދަރިފުޅު އަރިއަން ޚާނަށް މަސްތުވާތަކެތީގެ ތުހުމަތުކޮށް، ހައްޔަރުކުރި މައްސަލާގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ވެރިޔަކަށް ހުންނެވި ސަމީރު ވެންކެޅެ އަށް ޝާހްރުކް ޚާން ދައުވާކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިފަދަ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވެން ފަށާފައި މި ވަނީ އަރިއަން ހައްޔަރުކޮށް 28 ދުވަސް ވަންދެން ޖަލުގައި ގެންގުޅުނީ މަސްތުވާގަކެއްޗާ ގުޅުން ހުރި އެއްވެސް ހެއްކެއް ނެތި ކަމަށް މުމްބާއި ހައި ކޯޓުން ހޮނިހިރު ދުވަހު ބުނުމާ ގުޅިގެންނެވެ.

ކޯޓުން ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރޭ، ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަނިކޮށް ކަމަށް ބުނެ އަރިއަން ހައްޔަރުކުރީ އެކަށީގެންވާ އެއްވެސް ހެއްކެއް ނެތި އެވެ. އަދި ތަހުގީގުގެ ތެރެއިން ވެސް އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ތުހުމަތުކުރެވޭނެ ހެއްކެއް ހޯދިފައި ނުވާ ކަމަށާއި ކްރޫޒް ލައިނާއަކުން އަރިއަން ފެނުމަކީ އޭނާގެ ބޮލިގައި މަސްތުވާތަކެތީގެ ތުހުމަތު އެޅުވޭނެ ސަބަބެއް ވެސް ނޫން ކަމަށް ކޯޓުން ބުންޏެވެ.

އަރިއަން، 24، އާ އެކު އޭނާގެ ގާތް ހަތް އެކުވެރިޔަކު ވެސް ހައްޔަކުރި އެވެ. އަދި އެ މައްސަލާގައި އެ މީހުން 28 ދުވަސް ވަންދެން ޖަލުގައި ބޭތިއްބުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރީ މިދިޔަ މަހުގެ 30 ގަ އެވެ.

ކުރިން އެންބީސީގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަރިއަންގެ ވަޓްސްއެޕް ޗެޓްތަކުން ވެސް އޭނާ މަސްތުވާތަކެތި ބޭނުންކޮށް، އެ ޓްރެފިކްކުރާ ކަމުގެ ހެކި ހޯދިފައިވެ އެވެ. އަދި ޗެޓްލޮގްތަކުގައ ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ކަމަށް ބުނެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭއާ ވެސް އެންސީބީ އަށް ހާޒިރުކޮށް، ތަކުރާރުކޮށް ސުވާލުކޮށްފައިިވެ އެވެ.

އަރިއަންއާ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް އޮތްކަމުގެ ހެއްކެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް ކޯޓުން ބުނެފައިވާތީ، އެންސީބީގެ ޒޯނަލް ޑިރެކްޓަރަކަށް ހުންނެވި ސަމީރަށް ދައުވާ ކުރަން ޝާހްރުކްގެ ގާނޫނީ ޓީމުން ވަރަށް ބޮޑަށް ލަފާ ދެމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ. ޝާހްރުކްގެ ގާނޫނީ ޓީމްގައި އިންޑިއާގެ ކުރީގެ އެޓާނީ ޖެނެރަލް މުކުލް ރޮހާތުގީ ވެސް ހިމެނެ އެވެ.

ގިނަ ބަޔަކު ކުރިން ވެސް ތުހުމަތުކޮށްފައިވާ ގޮތުގައި އަރިއަން ހައްޔަރުކުރީ ޒާތީ "ކުޅިގަނޑެއްގެ" ތެރެއިންނެވެ. އަދި މިއީ ވެރިކަން ޕާޓީ، ބީޖޭޕީ ވެސް އަޑީގައި އޮވެގެން ޝާހްރުކަށް ގެއްލުންދީ އޭނާގެ ނަން ހަރާބުކުރަން ކުރި ކަމެއް ކަމަށް ތުހުމަތު ކުރި އެވެ. އަރިއަން ހައްޔަކުރި ފަހުން، ސަމީރުގެ މައްޗަށް ރިޝްވަތު ނެގިކަމުގެ ތުހުތުމަތުތަކެއް ވެސް ކުރެވިފައިވެ އެވެ.

ފަހުން އޭނާ މަގާމުން ވަކިކުރިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ ސަމީރު މަގާމުން ވަކިނުކުރާ ކަމަށާއި އަރިއަންގެ ތަހުގީގާ ގުޅުން ހުރި އެއްވެސް ކަމެއްގައި އޭނާ ބައިވެރި ނުކުރަން ނިންމީ ކަމަށެވެ.

ސަމީރަށް ދައުވާ ކުރަން ޝާހްރުކްގެ ގާނޫނީ ޓީމުން ބާރު އަޅަމުން އަންނަ އިރު، މިކަމާ ވަރަށް އަވަހަށް އޭނާ ގޮތެއް ނިންމާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454