30 އޮކްޓޯބަރ 2021 - 12:14
މަސްތުވާތަކެތީގެ މައްސަލައެއްގައި މި މަހުގެ ކުރީކޮޅު ހައްޔަރުކުރި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން 28 ދުވަސް ފަހުން ކަފާލާތުގެ ދަށުން ޖަލުން މިނިވަންކުރުމުން މިއަދު ގެޔަށް ހިނގައްޖެ އެވެ.
އޭނާގެ ކަފާލާތުގެ މައްސަލަ ތިން ފަހަރެއްގެ މަތިން ކޯޓުން ބޭރުކުރުމަށް ފަހު، އެންމެ ފަހުން އެ މައްސަލަ ބަލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ކަފާލާތަށް އެއް ލައްކަ ރުޕީސް ދައްކައިގެން އަރިއަން ޖަލުން މިނިވަންވުމާ އެކި މިހާރު ހުރީ އާއިލާގެ މީހުންނާ އެކު ގޭގަ އެވެ.
އޭނާގެ ކަފާލާތުގެ މައްސަލަ ކޯޓުން ބަލައިގަތުމާ ދިމާކޮށް މުމްބާއީގައި ހުންނަ ޝާހްރުކްގެ ގެ، މަންނަތު ވެސް އަންނަ މަހު ފާހަގަކުރާ ދިވާލީ އަށް ޒީނަތްތެރިކޮށް ކުލަ ބޮކިތަކުން ދިއްލާލާފައިވެ އެވެ. އަދި ޝާހްރުކްގެ ގިނަ އަދަދެއްގެ ފޭނުން ވެސް އެކި އިބާރާތްތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ގެ ކައިރިއަށް ޖަމާވެފައިވެ އެވެ.
#WATCH Aryan Khan released from Mumbai's Arthur Road Jail few weeks after being arrested in drugs-on-cruise case pic.twitter.com/gSH8awCMqo
— ANI (@ANI) October 30, 2021
ދިވާލީ ގާތްވެފައި ވަނިކޮށް އަރިއަން ޖަލުން ދޫކޮށްލުމަކީ އާއިލާ އަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށް މީޑިއާތަކުން ބުންޏެވެ. އަރިއަންގެ ހައްޔަރާ ގުޅިގެން އޭނާގެ މަންމަ ގޯރީ ޚާން 51 ވަނަ އުފަން ދުވަސް ފާހަގަކުރުން ކެންސަަލް ވެސް ކުރި އެވެ.
މީޑިއާތަކުން ބުނީ އަރިއަން ކަފާލާތުގެ ދަށުން ދޫކޮށްލީ ޝަރުތުތަކާ އެކީގައި ކަމަށެވެ. އޭގެ ތެރޭގައި މުމްބާއީިން ބޭރަށް އަދި ގައުމުން ބޭރަށް ވެސް ދަތުރުނުކުރުމާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި ކޯޓުން އަންގާ އެންގުންތަކަށް އިޖާބަދިނުން ހިމެނެ އެވެ.
އަރިއަން، 23، އާ އެކު އިތުރު ހަތް މީހަކު މި މަހުގެ 2 ވަނަ ދުވަހުގެ ރޭ އެންސީބީން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އަރިއަންގެ އިތުރުން އޭނާއާ އެކު ހައްޔަރުކުރި އިތުރު ދެ މީހަކު ވެސް ކަފާލާތުގެ ދަށުންް ދޫކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
30 October 2021
ޝާހުރުކުހާނުދަރިއެއް ތިފަދައަމަލެއްކޮށްފާނެއެކޭ މަގޭހިތެއްނުބުނޭ.
ގެދާނޯމޮސް
30 October 2021
ކަފާލާތު ލިބުނީމާ ހުދުކާފޫރަށް ވެ ގައުމުން ބޭރަށް ނުދިއުމާއި ކާއިރު" ފޯލްކް" ބޭނުން ނުކުރުމާއި އަތުންކެއުމާއި މިކަހަލަ ކޫސަނި ކަންތައްގަނޑެއް ކުރިމަތި ކުރުވާ ގާނޫނުން ރަނގަޅުގޮތުގަ ތިބޭ ޒުވާންޖީލަށް އޮތީ ކޮންސަލާމަތެއްތޯ މީ ދިވެހިން ވިސްނަން ޖެހޭއިބުރަތެކެވެ.