06 މެއި 2019 - 08:23
ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ބާރަތު" ގެ ބަތަލާގެ ރޯލަށް ސޮއިކޮށްފައި ޝޫޓިން ފަށަން އެންމެ 10 ދުވަހަށް ވެފައި ވަނިކޮށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެ ފިލްމު ދޫކޮށްލުން ވެގެން ދިޔައީ ބޮޑު ޝޮކަކަށެވެ. އަދި މިކަމާ ގުޅިިގެން ސަލްމާނާއި ޕްރިޔަންކާގެ ގުޅުން ވެސް ގޯސްވެފައިވާ ކަމަށް އޭރު އަޑުތައް އެރި އެވެ.
ސަލްމާންގެ ވާހަކަތައް އަދިވެސް ހުރި ގޮތަށް ބަލާއިރު، އޭނާ ހުރީ ޕްރިޔަންކާއާ ދޭތެރޭ ހިތްހަމަނުޖެހިފައިކަން ދޭހަވެ އެވެ. އެކަމަކު ޕްރިޔަންކާގެ ބަދަލުގައި "ބާރަތު" ކެޓްރީނާ ކެއިފާ އެކު ނިންމައިލެވުމަކީ ވާން އޮތް ރަނގަޅެއް ކަމަށް ސަލްމާން ބުންޏެވެ.
ކެޓްރީނާ އަށް ތައުރީފުކުރަމުން ސަލްމާން ބުނީ "ބާރަތު" އަށް ކުއްލިއަކަށް ސޮއިކުރަން ޖެހުމުން ފިލްމުގައި ކުޅެން ޖެހޭ ކުމުދު ރައިނާގެ ރޯލަށް ތައްޔާރުވާން ކެޓްރީނާ އަށް ލިބުނީ އެންމެ ދެ މަސް ދުވަސް ކަމަށެވެ. އެކަމަކު ޖިސްމާނީ ގޮތުން ވެސް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ ފިލްމަށް އެ މުއްދަތުގެ ތެރޭގައި ހައިރާންވާ ވަރުގެ ތައްޔާރީތަކެއް ކެޓްރީނާ ވެފައިވާ ކަމަށް ސަލްމާން ބުންޏެވެ.
#TeamBharatOnTwitter is now Live! Thank you for all your questions, watch to find out if we pick yours! https://t.co/GTGFIrceDi
— Salman Khan (@BeingSalmanKhan) May 3, 2019
"ޕްރިޔަންކާ އަހަރެމެންނަށް ތަންކޮޅެއް ގިނަ ވަގުތު ދިން ނަމަ [ކެޓްރީނާ] އަދި މިއަށް ވުރެ ރަނގަޅަށް ފިލްމަށް ތައްޔާރު ވާނެ،" ޕްރިޔަންކާ އަށް އިޝާރާތްކޮށް ސަލްމާން ބުންޏެވެ. "އަހަރެން ވަރަށް އުފާކުރަން ކެޓްރީނާއަކީ އެހާ ބުރަކޮށް މަސައްކަތްކުރާ ބަތަލާއަކަށްވާތީ. އޭނަ ފިލްމަށް ކޮށްފައި ހުރި މަސައްކަތް ބާރަތު ބަލާލީމަ ބެލުންތެރިންނަށް ވަޒަން ކުރެވޭނެ."
Ishqe-di-chashni #ChashniSong OUT NOW - https://t.co/Itfp156SFM@Bharat_TheFilm @aliabbaszafar @atulreellife @itsBhushanKumar #KatrinaKaif @VishalDadlani @ShekharRavjiani #AbhijeetSrivastava @Irshad_Kamil @VMVMVMVMVM @nikhilnamit @ReelLifeProdn @SKFilmsOfficial @TSeries
— Salman Khan (@BeingSalmanKhan) May 1, 2019
އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރި ފިލްމަށް ކެޓްރީނާ ސޮއި ކުރީ އެ ފިލްމުގެ ބަތަލާގެ ރޯލް ކެޓްރީނާ އަށް ހުށަހަޅާފައިވާ ކަމަށް ކުރިން ވެސް އަޑު ވެސް އަރާފައި ވަނިކޮށެވެ. އެކަމަކު ޕްރިޔަންކާ ފިލްމަށް ސޮއިކޮށްފައި ފިލްމު ދޫކޮށްލުމުން ގިނަ ބަޔަކު ލަފާކުރި ގޮތަށް ބަތަލާގެ ރޯލް ދިނީ ސަލްމާނާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ކެޓްރީނާއަށެވެ.
އަނެއްކޮޅުން އޭނާ އަކީ "ބާރަތު" ގެ ޑައިރެކްޓަރު އަލީގެ ވަރަށް ބޮޑު ފެވަރިޓެކެވެ. އަލީ ޑައިރެކްޝަނަށް ނުކުތީ ވެސް ކެޓްރީނާގެ ފިލްމަކުންނެވެ. އެއީ 2011 ގެ "މޭރޭ ބްރަދާ ކީ ދުލްހަން" އިންނެވެ. އޭގެ ފަހުން ސަލްމާނާ އެކު ކުޅުނު 2017 ގެ "ޓައިގާ ޒިންދާ ހޭ" އަކީ އަލީއާ އެކު ކެޓްރީނާ މަސައްކަތް ކުރި ދެވަނަ ފިލްމެވެ.
ދާދި ފަހުން ކެޓްރީނާ ބުނި ގޮތުގައި "ބާރަތު" ގެ ބަތަލާއަކަށް ގެންނަން ފިލްމުގެ ޕްރޮޑިއުސަރު އަދި ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީގެ ފުރަތަމަ ޗޮއިސްއަކީ ވެސް އޭނަ އެވެ.
އެކަމަކު ޕްރިޔަންކާ އަށް ފިލްމު ދިނީ އޭނާ އަމިއްލަ އަށް އެދިގެން ކަމަށް ވެސް ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
Priyanka Chopra "Bharat" in vakivejje
The most trusted news source in the Maldives
Mihaaru
ޕްރިޔަންކާ "ބާރަތު" ދޫކޮށްލީ ފިލްމުގެ ޝޫޓިން ސަލްމާން ފެށި ފަހުން.
ނަމަވެސް ޕްރިޔަންކާ ފިލްމު ދޫކޮށްލީ އޭރު އެމެރިކާގެ ލޯބިވެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރަން ތައްޔާރުވަމުންތީ ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް އޭނާ ފިލްމު ދޫކޮށްލި މައިގަނޑިު ސަބަބަކީ "ބާރަތު" ގެ ކާސްޓްގައި އިތުރު އެހެން ބަތަލާއިންތަކެއް ހިމެނޭކަން އެނގުމުން ކަމަށްވެ އެވެ. އޭގެ ތެރޭގައި ޑިޝާ ޕަޓްނީ އާއި ނޯރާ ފަތެހީގެ އިތުރުން ތައްބޫ ވެސް ހިމެނެ އެވެ.
"ބާރަތު" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 5 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީރާ
07 May 2019
ކޮބާތަ ތި ބަހުގެ ހަމަލާއަކީ؟
އަނހާ!
07 May 2019
"ޕްރިޔަންކާ އަހަރެމެންނަށް ތަންކޮޅެއް ގިނަ ވަގުތު ދިން ނަމަ [ކެޓްރީނާ] އަދި މިއަށް ވުރެ ރަނގަޅަށް ފިލްމަށް ތައްޔާރު ވާނެ،" ޕްރިޔަންކާ އަށް އިޝާރާތްކޮށް ސަލްމާން ބުންޏެވެ. "އަހަރެން ވަރަށް އުފާކުރަން ކެޓްރީނާއަކީ އެހާ ބުރަކޮށް މަސައްކަތްކުރާ ބަތަލާއަކަށްވާތީ. އޭނަ ފިލްމަށް ކޮށްފައި ހުރި މަސައްކަތް ބާރަތު ބަލާލީމަ ބެލުންތެރިންނަށް ވަޒަން ކުރެވޭނެ."
ކެޓް
06 May 2019
ޕްރިޔަންކާ އަކީ ވަރަށް ފޮނި މީހެެއް
ރެޓް
06 May 2019
ޔެސް. ޝީ އިޒް ސޯ ސްވީޓް..
ހަގީގަތް
06 May 2019
ޕްރިޔަންކާ ފޮނިއްޔާ ދެންތިބި މީހުން ވަކި ރަނގަޅުތަ؟؟؟