31 މެއި 2019 - 09:13
ރާނީ މުކަރްޖީ އާއި އަބީޝެކް ބައްޗަން 2005 ގައި ކުޅުނު ކާމިޔާބު ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައި ހަދަން އުޅޭ ވާހަކަ މީޑިއާތަކުގައި ދައުރުވާތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އެ ފިލްމާ ބެހޭ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ޝާދު އަލީ ޑައިރެކްޓް ކުރި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން އަންނަ މަހު ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ފަހަރު ފިލްމަށް ދީފައިވާ ނަމަކީ "ބަންޓީ އޯރް ބަބްލީ އެގެއިން" އެވެ. އަދި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން މުމްބާއީގައި މިއަށް ހާއްސަ ބިޔަ ސެޓެއް ވެސް އަންނަ މަހުގެ ކުރީކޮޅު ހަދާނެ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބަންޓީ އޯރް ބަބްލީ" އަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސް ދިން ފިލްމެކެވެ. އަދި މި ފިލްމަކީ ލޯބީގެ ގުޅުމެއް ވެސް ބޭއްވި ރާނީ އާއި އަބީޝެކް އެކުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ހިނގި އެއް ފިލްމު ވެސް މެ އެވެ.
"ބަންޓީ އޯރް ބަބްލީ" ގެ ރޯލެއް އަބީޝެކްގެ ބައްޕަ އަމީތާބް ބައްޗަން ވެސް ކުޅެފައިވާ އިރު، ފިލްމުގެ އައިޓަމް ލަވަ "ކަޖްރާރޭ" އިން އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ ވެސް ފެނުނެވެ.
މި ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏަސް، މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ވައިއާރްއެފުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
Rani Mukherji aai Abhishek Bachchan ekeegai alun fennaane
The most trusted news source in the Maldives
Mihaaru
"ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައިގެ ވާހަކަ ތިލަވީ މިދިޔަ އަހަރު.
ރާނީ މިހާރު އަންނަނީ އެ ސްޓޫޑިއޯ އިން 2014 ގައި ގެނެސް ދިން "މަރުދާނީ" ގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޭކްއިޓް
31 May 2019
ބަޗަންގެ ކޮމެޑީ ފިލްމްސް ތަކަކީ މަމެން ބަލާ ފޫހިނުވާ ފިލްމްސް ތަކޭ މަމެން އުއްމީދު ކުރަމޭ ބަޗަންގެ ކޮމެޑީ ބައި އެކުލެވޭ ފިލްމެއް ބޮލީވުޑް އިން ގެނެސްދޭނެ ކަމަށް...