28 ޖޫން 2019 - 06:27
އޮޅުވާލުމެއްގެ ތެރޭން ޕާކިސްތާން މީހަކާ ކައިވެނިކުރުވި އިންޑިއާގެ ޒުވާން އަންހެނެއް ކަމަށްވާ އުޒްމާ އަހުމަދުގެ ވާހަކަ ކިޔައިދޭ ފިލްމަށް ސައިފް އަލީ ހާން ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި، 2017 ގައި އެނބުރި އިންޑިއާ އަށް ގެންދިޔަ އަންހެން މީހާގެ ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމުގައި ސައިފް ކުޅޭނީ އުޒްމާ އިންޑިއާ އަށް ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާގެ ޑިޕްލޮމެޓެއްގެ ރޯލެވެ.
އުޒްމާ އިންޑިއާ އިން ގެންދަން ކުރި މަސައްކަތުގައި އޭރު އެކްސްޓާނަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި ސުޝްމާ ސްވަރާޖް ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވި އެވެ.
Good idea😂😂 pic.twitter.com/DaK2P73ROW
— Uzma Ahmed💥 (@Uzi_ahmed17) July 14, 2018
އުޒްމާގެ ޓްވީޓެއް.
ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގައި އުޒްމާގެ ކެރެކްޓާ ކުޅޭނެ ބަތަލާއަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ 2016 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ޕިންކް" ގެ ސްކްރީން ރައިޓަރު ރިތޭޝް ޝާހެވެ. ނަަމަވެސް ފިލްމު ޑައިރެކްޓަރަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.
މެލޭޝިއާގައި މަސައްކަތް ކުރި ޕާކިސްތާނުގެ ޓެކްސީ ޑްރައިވަރު ތާހިރު އަލީއާ، އުޒްމާ ދިމާވެ ލޯބީގެ ގޮތުން ގުޅުނީ ވެސް މެލޭޝިއާގަ އެވެ. އެކަމަކު އޭރު ވެސް ތާހިރަކީ މީހަކާ އިނދެގެން ހަތަރު ދަރިން ތިބި މީހެކެވެ.
އުޒްމާ އާއި ސުޝްމާ ސްވަރާޖް.
އޭނާ އުޒްމާ ޕާކިސްތާނަށް ގެންގޮސް ބިރު ދައްކައިގެން ކައިވެނި ކުރީ ވެސް ބޮޑު އޮޅުވާލުންގަނަޑެއްގެ ތެރޭގަ އެވެ. އަދި ފަހުން ތާހިރުގެ ހަގީގަތް އެނގުމުން އޭނާގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ވެސް ލިބިފައިވާ ކަމަށް އުޒްމާ މީޑިއާތަކަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗެކް ޕްލީސް
28 June 2019
ރަނގަޅު މީހާގެ ޓްވިޓާ އެކައުންޓުތަ ޕްލިޝްކޮށްފަ ތީނީ. ޓްރަންޕެކޭ އެއްވަރުއެންނު ތިވަނީ ހަމަ.