ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސޮނީ ޓީވީން ގެނެސްދިނުމަށް ފަހު ހުއްޓައިލި ބެލުންތެރިންގެ މަގުބޫލު ދެ ޝޯ ކަމަށްވާ "ސީއައިޑީ" އާއި "އާހަތު" އަލުން ގެނެސްދޭން ފަށައިފި އެވެ.
ކޮރޯނާވައިރަހާ ހެދި އިންޑިއާ 21 ދުވަހުގެ ލޮކްޑައުނަކަށް ގޮސް، ޓީވީ އުފެއްދުންތަކުގެ ޝޫޓިން ވެސް ހުއްޓި، ޝޯތަކުގެ އާ އެޕިސޯޑްތަކެއް ގެނެސްދެވެން ނެތުމުން ކުރީގެ ޝޯތައް މި ދަނޑިވަޅުގައި ވަނީ އަލުން ދައްކަން ފަށައިފަ އެވެ.
ކުށްތައް ތަގުގީގުކުރަން ސީއައިޑީގެ ޓީމަކުން ކުރާ މަސައްކަތްތައް ދައްކުވައިދޭ "ސީއައިޑީ" ސޮނީން ހުއްޓައިލީ ދައްކަމުންދާތާ 20 އަހަރު ފަހުން 2018 ގަ އެވެ. މި ޝޯ ހުއްޓައިލުމުން ވަރަށް ގިނަ ބަޔަކު އެކަމާ ވާހަކަ ދައްކާފައިވެ އެވެ.
They are back! Every Mon-Fri, watch your favourite episodes of CID at 10 AM. #SonyClassicsWithCID #CID pic.twitter.com/ZAtPFE7XRM
— SonyTV (@SonyTV) April 1, 2020
"ސީއައިޑީ" ގެ މައިގަނޑު ތިން ކެރެކްޓާ ޝޯގައި ކުޅެފައި ވަނީ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ޕްރަދިއުމަންގެ ރޯލް ކުޅޭ ޝިވާޖީ ސަތަމް އާއި ސީނިއާ އިންސްޕެކްޓަރުންގެ ރޯލް ކުޅުނު ދަޔަނަންދި ޝެޓީ (ދަޔާ) އާއި އަދިތިޔާ ޝްރިވަސްތާވް އެވެ.
Raaton ki neend bhagaane aa raha hai aaj raat #Aahat. Toh phir ek baar dekhiye khauffnaak kahaaniyan Sony TV par, raat 12 baje #DarrLagRahaHai. Monday to Friday raat 12 baje. pic.twitter.com/yPwKHtTaKb
— SonyTV (@SonyTV) April 2, 2020
މި ޝޯ އަލުން ދައްކަން ފެށުމާ ގުޅިގެން ދަޔާ ބުނީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ހޯދި ޝޯ އަލުން ގެނެސްދޭން ފެށުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ވަގުތު ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ފޫހިފިލުވައިލަން "ސީއައިޑީ" އަކީ ރަނގަޅު އެހީއަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
"ސީއައިޑީ" އޮކްޓޯބަރު، 27، 2018 ގައި ހުއްޓައިލި އިރު ޖެނުއަރީ 21، 1998 ގައި ގެނެސްދޭން ފެށި މި ޝޯގެ ޖުމްލަ 1،547 އެޕިސޯޑް ގެނެސްދީފައިވެ އެވެ.
އަލުން ދައްކަން ފެށި "އާހަތު" އަކީ ސޮނީން ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ގެނެސްދިން ޝޯއެކެވެ. މި ޝޯ އަލުން ގެނެސްދޭން ފެށި އިރު، ހަ ސީޒަނަކަށް 556 އެޕިސޯޑް ގެނެސްދީފައި އެވެ. އޮކްޓޯބަރު 5، 1995 ގައި ގެނެސްދޭން ފެށި "އާހަތު" ހުއްޓައިލީ އޮގަސްޓް 4، 2015 ގަ އެވެ.
ސޮނީ ޓީވީގެ އިތުރުން އިންޑިއާގެ ވަރަށް ގިނަ ޗެނެލްތަކުން މިހާރު އަންނަނީ ކުރީގެ މަގުބޫލު ޝޯތައް ދައްކަމުންނެވެ. އެގޮތުން ބައެއް ޗެނެލްތަކުގެ ސްޓްރީމިން ޕްލެޓްފޯމްތަކުން ގެނެސްދިން ޝޯތަކެއް ވެސް ވަނީ ޓީވީ ޗެނެލްތަކުން ދައްކަން ފަށައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނާޢިމް
12 April 2020
ސީއައިޑީ ވަރެއް ނުވާނެ، އަދިވެސް ސީއައިޑީ ގެ އައު އެޕިސޯޑުތައް ކުޅެންވިއޭ.... ސަޕޯޓު ލިބޭނެ
އިސްރޯ
06 April 2020
आहट އާހަތް އެއްނޫން އާހަޓް ސީއައިޑީ އަދި އާހަޓްގެ ވަރަށް ގިނަ އެޕިސޯޑު ބެލިން. އެކަމަކު އިންޑިއާ މީހުން ގެ މިފަދަ ކޮންމެ އުފެއްދުމެއްގައި ކޮންމެވެސް ކަހަލަ ހަމަނުޖެހޭ ތަންކޮޅެއް ނުވަތަ ތަންތަން ހުންނާނެ. ކަޕީލް ޝަރްމާ ޝޯއެއްގައި މިފަދަ ހަމަނުޖެހޭ ތަންތަން ހޮލީވުޑް ބޮލީވުޑް ކޮމްޕެއަރ ކޮށްދިން.