15 މެއި 2020 - 08:52
އަމީތާބް ބައްޗަނާއި އަޔޫޝްމަން ކްރާނާ މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމު "ގުލާބޯ ސިތާބޯ" އަންނަ މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.
މިއީ ކޮރޯނާވައިރަހާ އެކު އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ އެކު ސިނަމާތައް ބަންދުކުރެވި، ފިލްމުތައް ރިލީޒްނުކުރެވި ތާށިވެފައި ވަނިކޮށް، ރަސްމީކޮށް ބޮޑު ފިލްމެއް ސްޓްރީމިން ޕްލެޓްފޯމަކުން ގެނެސްދޭން ނިންމިކަން އިއުލާންކުރި ފުރަތަމަ ފަހަރެވެ.
މިހާރު ވެސް މިގޮތަށް ޑިޖިޓަލްކޮށް ރިލީޒްކުރާނެ ކަމަށް ބެލެވޭ ބޮޑެތި ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ" ބޮމް" ހިމެނެ އެވެ.
T 3531 - Ek izzatdaar janaab aur uske anokhe kirayedar ki kahaani ..
— Amitabh Bachchan (@SrBachchan) May 14, 2020
Gulabo Sitabo premieres June 12 only on @PrimeVideoIN! #GiboSiboOnPrime #WorldPremiereOnPrime@ayushmannk @ShoojitSircar @ronnielahiri #SheelKumar #JuhiChaturvedi @filmsrisingsun @Kinoworksllp pic.twitter.com/DQo4Xy3g2q
"ގުލާބޯ ސިތާބޯ" އަކީ ކުރިން އަންނަ ހުކުރު ދުވަހު ސިުނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މި ފިލްމަކީ އަމީތާބާ އެކު "ޕީކޫ" އަދި އަޔޫޝްމަނާ އެކު "ވިކީ ޑޯނާ" ގެނެސްދިން ޝުޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ ކޮމެޑީ-ޑްރާމާއެކެވެ.
"ގުލާބޯ ސިތާބޯ" އަކީ "ޕީކޫ" އާއި "ވިކީ ޑޯނާ" ވެސް ލިޔުނު ޖޫހީ ޗަތުރަވެދީގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.
ރިޕޯޓްތައް ބުނާގޮތުން އިންޑިއާގެ ސިނަމާތައް މި އަހަރުގެ ދިވާލީގެ ކުރިން ހުޅުވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އަދި ސިނަމާތައް ހުޅުވިޔަސް، ކުރިއެކޭ އެއްގޮތަށް މީހުން ސިނަމާތަކަށް ފިލްމު ބަލަން ވަންނާނެކަމާ ދޭތެރޭ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވެސް ސުވާލުއުފައްދަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި އިންޑިއާގައި ފިލްމީ ވިޔަފާރި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy