05 ޖުލައި 2020 - 07:43
އިންޑިއާ އާއި ޗައިނާގެ ބޯޑަރު ހިއްސާކުރާ ލަޑާކްގެ ގަލްވާން ވާދީގައި ޗައިނާ އިން އަސްކަރީ މަރުކަޒުތަކެއް ބިނާކުރާތީ މަސްރަހު ހޫނުވެ ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ ސިފައިންތަކެއް މަރުވެފައިވާތީ އެ ހާދިސާ އަށް ބިނާކޮށް އެކްޓަރު އަޖޭ ދޭވްގަން ފިލްމެއް ހަދަން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ފިލްމު ހަދަން ނިންމާފައި ވަނީ އަޖޭގެ ފިލްމު ކުންފުނި އޭޑީ ފިލްމްސް އާއި ސިލެކްޓް މީޑިއާ ހޯލްޑިންސް ގުޅިގެންނެވެ. ނަމަވެސް ފިލްމުގެ ނަމާއި ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއްނުކުރެ އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު މިދިޔަ މަހުގެ ތެރޭގައި ގަލްވާން ވާދީގައި ބަދަލުކުރި ހަމަލާތަކުގައި އިންޑިއާ ސިފައިންގެ 20 އޮފިސަރަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ލަޝްކަރުގެ ކޮމާންޑަރަކަށް ހުރި ކާނަލް ސަންތޯޝް ބާބޫ ވެސް ހިމެނެ އެވެ.
IT'S OFFICIAL... #AjayDevgn to make film on #GalwanValley clash... The film - not titled yet - will narrate the story of sacrifice of 20 #Indian army men, who fought the #Chinese army... Cast not finalized... Ajay Devgn FFilms and Select Media Holdings LLP will produce the film. pic.twitter.com/yaM6rPcK7Z
— taran adarsh (@taran_adarsh) July 4, 2020
މީގެ ކުރިން ވެސް އިންޑިއާ އާއި ޗައިނާއާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ބޮޑެތި ހަނގުރާމަތަކެއް ވެސް ކޮށްފައިވެ އެވެ. އެގޮތުން ވަރަށް ފަހުން ވެސް އެފަދަ ހާދިސާތަކެއް ކިޔައިދިން ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. އެއީ ޑައިރެކްޓަރު ޖޭޕީ ދައްތާ 2018 ގައި ގެނެސްދިން ފިލްމު "ޕަލްޓާން" އާއި ޑައިރެކްޓަރު ކަބީރް ހާން 2017 ގައި ގެނެސްދިން "ޓިއުބްލައިޓް" އެވެ.
އިންޑިއާ އަކީ އަބަދު ވެސް އެ މީހުންގެ ވަތަނީ ރޫހު ދައްކުވައިދޭ ފިލްމުތައް ގެނެސްދޭ ގައުމެކެވެ. އެގޮތުން ޕާކިސްތާނުގެ ޓެރިސްޓުންތަކެއް 2016 ގައި ކަޝްމީރުގެ އިންޑިއާވީ ފަޅި އަށް ދިން ހަމަލާތަކެއްގައި ސިފައިންގެ އޮފިސަރުންތަކެއް މަރުވި ހާދިސާ އަށް ބިނާކޮށް މިދިޔަ އަހަރު "އުރީ: ދި ސާޖިކަލް ސްޓްރައިކް" ގެ ނަމުގައި ވެސް ވަރަށް ކާމިޔާބު ފިލްމެއް ގެނެސްދީފައިވެ އެވެ.
ގަލްވާން ވާދީ އަށް ބިނާކޮށްް އަޖޭ ފިލްމެއް ހަދަން ނިންމި އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވެސް ވަތަނީ ރޫހު ދައްކުވައިދޭނެ ފިލްމެކެވެ. އެއީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.
އަބީޝެކް ދުދައްޔާ ޑައިރެކްޓްށްފައިވާ އެ ފިލްމަކީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ މުހިއްމު ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
އަޖޭ ވަނީ ކުރިން ވެސް ވަތަނީ ރޫހުގެ ފިލްމުތައް ކުޅެފަ އެވެ. އޭގެ ތެރޭގައި މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި "ތާނަޖީ: ދި އަންސަންގް ވޮރިއާ" އާއި ދަ ލެޖެންޑް އޮފް ބަގަތު ސިންގް (2002) އާއި އެލްއޯސީ: ކަރްގިލް (2003) ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން މަނިކް
05 July 2020
ތީ ލާރިގަޑެއް ހޯދަންކުރާކަ މެއް ... ލަޑާކުން ވެސް އިންޑިޔާގެ ބަލިކަށިކަން އެގި ހާމަވެއްޖެ ... އިންޑިއާއައް ބިރުދެއްކޭނީ .. ބަންގުލަދޭސް ދިވެހިރާއްޖެ ސްރީލަންކާ .. ބޫޓާން .. ނޭޕާލް މިހާރު އެއޮތީ ޗައިނާގެ ހި މާޔަތުގަ .... 200 މިލިޔަން އިޑިއަން ދުވާލަކައް 20 ވިހި ރުޕީސް ނުލިބޭ.... ތި މާމ މީހުންގެ ފެންވަރުގަ އުޅޭ އަދި ޗައިނާޔާ ތޮޅެން 100 އަހަރު ނަގާނެ.. ޑޯންޓް ތިންކް 1967 .... ނައު ޗައިނާ އިޒް ފާ އަހެޑް .....
ރަދީފްްްް
05 July 2020
މީހަކު މާ ބާރަށް ފޮޑިއެއް ޖެހިޔަސް އިންޑިޔާ މީހުން ފިލްމެއް ހަދާފާނެ. ނިކަން ކަޝްމީރުގައި މުސްލިމުން މަރާ ހާދިސާއަށްވެސް ފިލްމެއް ހަދާބަލަ.
ތުއްތުނާ 1
05 July 2020
ކުރީގައި ހިނގާފައިވާ މިކަހަލަ އެތަކެއް ހާދިސާތައް ހަގީގަތް އޮޅޭގޮތަށް ހަމައެކަނި އިންޑިޔާ މީހުންނަށް ކާމިޔާބު ލިބޭގޮތަށް އަދި މުސްލިމުން ދެރަކޮށްލައި ނުވަތަ މުސްލިމުން އެއީ ގޯސް އަމަލު ތަކަކީ ބޮޑެތި ޖަރީމާތައް ހިންގާ ބައެއް ކަމަށް ހަދައިގެން ހަގީގަތް އޮޅޭގޮތަށް މުޅިންވެސް މިކަހަލަ ފިލްމް ކުޅެފައި ހުރީ......... "އުރީ: ދި ސާޖިކަލް ސްޓްރައިކް" މިއީ މިގޮތަށް ހަގީގަތް އޮޅޭގޮތަށް ކުޅެފައިވާ ފިލްމެއް......