މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ތައްބޫ އާއި އިޝާން.

ތައްބޫ އާއި ޒުވާން އެކްޓަރު އިޝާން ޚައްތަރު މުހިއްމު ރޯލްތަކެއް ކުޅެފައިވާ ޑައިރެކްޓަރު މީރާ ނައިރްގެ އާ ސިލްސިލާ "އަ ސޫޓަބަލް ބޯއި" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޓްރެއިލާ އިން އެންމެ އަޅައިގަންނަ އެއް ތަންކޮޅަކީ އުމުރުގައި ބޮޑު ފަރަގެއް ހުރި ތައްބޫ، 48، އާއި އިޝާން، 24، ގެ ގައިގޯޅި މަންޒަރުތަކެވެ. ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާނާ އެކު މަސައްކަތްކުރުމުގެ ކުރިން ތައްބޫ ވަނީ 2014 "ހައިދަރު" ގައި ޝާހިދާ އެކު ވެސް މަސައްކަތްކޮށްފަ އެވެ.

"އަ ސްޓޫޓަބް ބޯއި" ހަމަ އެ ނަމުގައި ވިކްރަމް ސޭތު ގެނެސްދިން ވާހަކައަށް ބިނާކޮށް ހަދާފައިވާ ސިލްސިލާއެކެވެ.

މީގެ ކާސްޓުްނގެ ތެރޭގައި ރާސިކާ ޑުއްގަލް އާއި ރާމް ކަޕޫރާއި ތާނިއާ މަނިކްތަލާ އާއި ވިވާން ޝާހާއި ނަމީތާ ދާސް އާއި ރަންވީރު ޝޯރޭ އާއި ވިޖޭ ވަރުމާ އާއި ބިޖޭ ރާޒް ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

ބީބީސީ ވަން އިން "އަ ސޫޓަބަލް ބޯއި" ގެނެސްދޭނީ މި މަހުގެ 26 ގަ އެވެ.

"ކޭޖީއެފް 2" ގެ ޓްރެއިލާ ދައްކާލައިފި

ދެހާސް އަށާރައިގައި ރިލީޒްކުރި ރިލީޒްކުރި ކާމިޔާބު ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ ވަން" ގެ ސީކްއެލްގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ކޭޖީއެފް: ޗެޕްޓާ 2" ގެ ލީޑް ތަރިއަކީ މި ފަހަރު ވެސް ކުރީ ބައިގެ ލީޑް ކުޅުނު ޔާޝް އެވެ. މި ފަހަރު ފިލްމު ހާއްސަވާ އެއް ސަބަބަކީ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ވެސް ފިލްމުން ފެންނާނެތީ އެވެ. މި އެކްޝަން ޕީރިއަޑް ފިލްމުގައި ރަވީނާ ފެންނާނީ ރާމިކާ ސެން ކިޔާ އިންޑިއާގެ ބޮޑުވަޒީރެއްގެ ރޯލުންނެވެ. ސަންޖޭގެ ކެރެކްޓާ އަކީ އަދީރާ އެވެ.

"ކޭޖީއެފް: ޗެޕްޓާ 2" ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އޮކްޓޯބަރު މަހުގެ 23 އަށެވެ.

ފަންނާނުންނަށް ހިތްވަރު ދޭން ލަވައެއް

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށް ހިތްވަރުދޭން "ހަމް ކަލާކާރް ހޭ" ގެ ނަމުގައި ހާއްސަ ލަވައެއް ގެނެސްދީފި އެވެ.

ސާލިމް-ސުލައިމާންގެ މިއުޒިކް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ސުކްވިންދަރް ސިންގެވެ. ލަވައިގެ ވީޑިއޯގައި ފިލްމީ ދާއިރާގެ އެހާރާއި މިހާރުގެ ފަންނާނުންނާއި އެ މީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ މަތިން ހަނދާން އާކޮށްފައިވެ އެވެ.

ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ ހެދި އިންޑިއާގެ ފިލްމީ މަސައްކަތްތައް އެއްކޮށް ހުއްޓި، މާލީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

"ޝަބާޝް މިތޫ" ގެ ޝޫޓިން އިނގިރޭސިވިލާތުގައި

އިންޑިއާގެ އަންހެން ކްރިކެޓް ތަރި މިތާލީ ރާޖްގެ ރޯލް ތާޕްސީ ޕައްނޫ ކުޅޭ ބައޮގްރަފިކަލް ޑްރާމާ "ޝަބާޝް މިތޫ" ގެ ޝޫޓިން އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު އަޖިތު އަންދަރޭ ބުނެފި އެވެ.

ވަޔަކޮމް 18 އިން ގެނެސްދޭ ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ ޝޫޓިން ކުރިއަށް ގެންދާނެ ތަންތަނާއި ދަތުރުފަތުރުގެ ކަންކަން ވެސް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މިހާރު ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ. އެހެންވެ ޝޫޓިން ފަށާނެ ދުވަހަކާ މެދު ގޮތެއް ނިންމައި، ވަރަށް އަވަހަށް "ޝަބާޝް މިތޫ" ގެ މަސައްކަތް ފަށަން ބޭނުންވާ ކަމަށް ބުންޏެވެ.

މި ފިލްމަކީ "ރައީސް" އާއި "ލަމްހާ" ފަދަ ފިލްމުތައް ގެނެސްދިން ރާހުލް ދޮލާކިއާ ޑައިރެކްޓްކުރާ ފިލްމެކެވެ.

"ޝަބާޝް މިތޫ" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454