25 ޖުލައި 2020 - 09:14
އިންޑިއާގެ ލޮކްޑައުންއާ އެކު ހުއްޓުމަކަށް އައި ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަންނަ މަހުގެ 1 ގައި އަލުން ގެނެސްދޭން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސޮނީން މިހާރު ވަނީ ޝޯގެ އާ ޕްރޮމޯއެއް ވެސް ދައްކާލައިފަ އެވެ. ނަމަވެސް އޭގައި ޝޯ ދައްކަން ފަށާނެ ތާރީހެއް ބުނެފައެއް ނުވެ އެވެ. އެކަމަކު މުނިފޫހި ފިލުވުމުގެ ޚަބަތުރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރެއިން ފެށިގެން "ކަޕިލް ޝަރުމާ ޝޯ" އަލުން ގެނެސްދޭން ފަށާނެ ކަމަށެވެ.
މި ޝޯ އަކީ ސޮނީ ޓީވީން ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ގެނެސްދޭ ޝޯއެކެވެ.
Laut aayegi woh khushiyaan, aur woh jocks, kyunki hum kar rahe hain #RestartSafely aur jald hee laut rahe hain #TheKapilSharmaShow ke naye episodes ke saath! @KapilSharmaK9 @kikusharda @haanjichandan @Krushna_KAS @bharti_lalli @sumona24 @banijayasia @apshaha pic.twitter.com/HDGAnaFf4y
— sonytv (@SonyTV) July 21, 2020
ޝޯގެ ހޯސްޓް ކަޕިލް ޝަރުމާގެ ނަމުގައި ގެނެސްދޭ މި ކޮމެޑީ ޝޯ އަކީ އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ އެންމެ ކުރީގައި އުޅޭ އެއް ޝޯ އެވެ. "ދަ ކަޕިލް ޝަރުމާ ޝޯ" ހުއްޓުމަކަށް އައުންވެގެން ދިޔައީ ބެލުންތެރިން ހަފުތާއެއްގެ ދެ ރޭ ގަދައަށް ހީ، ހާސްކަން ފިލުވައިލަން ލިބިފައި އޮތް ފުރުސަތު ގެއްލި މާޔޫސްކަން ލިބުނު ކަމަކަށެވެ.
ރިޕޯޓްތައް ބުނާގޮތުން "ދަ ކަޕިލް ޝަރުމާ ޝޯ" އަންނަ މަހު އަލުން ފަށާ އިރު، ފުރަތަމަ އެޕިސޯޑްގެ މަހުމާނެއްގެ ގޮތުގައި ބައިވެރިވާނީ އެކްޓަރު ސޯނޫ ސޫދެވެ. އޭނާ އަކީ ލޮކްޑައުންގެ ތެރޭގައި އިންޑިއާގެ އެތައް ހާސް ބަޔަކު އެ މީހުންގެ އަމިއްލަ ވަޒަނަށް ފޮނުވައިދޭން އެހީވި މީހެކެވެ. ސޯނޫ އަދިވެސް ހުރީ އެ މަސައްކަތުގަ އެވެ.
ކަޕިލްއާ އެކު "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި ބާރްތީ ސިންގް އާއި ކްރުޝްނާ އަބީޝެކާއި ކިކޫ ޝްރަދާ އާއި ސުމޯނާ ޗަކްރަބަތީ އާއި ޗަންދަން ޕްރަބާކަރް އަދި އަރްޗަނާ ޕުރާން ސިންގް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބުޅި
25 July 2020
އެއްވެސް މަޖާ ސޯވ އެއްނޫން ތީ ، މީހުން ކުރިމަތީ ބަހައްޓާއިގެން ޖޯކުޖަހާނީ