ޝްވޭތާ އާއި ޕަލަކް.
30 ޖުލައި 2020 - 08:12
ދާދި ފަހުން ފިލްމު ކުންފުންޏެއް އުފައްދައި އަމިއްލަ އަށް ފިލްމު ޕްރޮޑިއުސްކުރަން ނުކުތް ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީގެ ކުންފުނިން އިއުލާންކުރި ދެވަނަ ފިލްމު "ރޯޒީ" އިން ޕަލަކް ޗައުދަރީ ބޮލީވުޑަށް ތައާރަފުކުރަން ނިންމައިފި އެވެ.
އަންނަ އޮކްޓޯބަރު މަހު 20 އަހަރު ފުރޭ ޕަލަކަކީ ކުރީގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންގަދީ ކޭ" ގައި ޕްރޭނާގެ ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅެވެ. ޕަލަކް ފިލްމަކަށް ސޮއިކޮށް ރަސްމީކޮށް އެކަން އިއުލާންކޮށްފައި މި ވަނީ އޭނާ އެކްޓިން އަށް ނުކުންނަން އުޅޭ ވާހަކަތައް ދެކެވޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
And here's our mystery girl, glad to launch @palaktiwarii in & as #Rosie!
— Vivek Anand Oberoi (@vivekoberoi) July 29, 2020
Our horror-thriller franchise is based on true events in Gurugram,directed by @mishravishal.#PalakTiwariAsRosie #PrernaVArora @mandiraa_ent #OberoiMegaEnt @RosieIsComing @IKussum @girishjohar @d_reshabh pic.twitter.com/zX5w7ciA35
ޕަލަކާ އެކު "ރޯޒީ" ގެ ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު، އޭނާ ވަނީ އިސްޓަގްރާމްގައި ޕޯސްޓަރު ހިއްސާކޮށް އެ ފިލްމުން އެކްޓިން އަށް ނުކުންނަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ.
ވިޝާލް މިޝްރާ ޑައިރެކްޓްކުރާ "ރޯޒީ" ގައި ޕަލަކް ކުޅޭނީ ޓައިޓްލް ރޯލެވެ. އަދި މިއީ ބިރުވެރި ހާދިސާތަކެއް ފެނިގެންދާނެ ތުރިލާއެކެވެ. މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާ ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ. އެކަމަކު ވިވެކް ވަނީ އެ ފިލްމުން ފުރުސަތުދޭނީ އާ ފަންނާނުންނަށް ކަމަށް ކުރިން ބުނެފަ އެވެ. އޭނާ ބުނިގޮތުގައި "ރޯޒީ" އަކީ ފްރެންޗައިޒެކެވެ.
ވިވެކްގެ އޮބެރޯއީ އޮމެގާ އެންޓަޓައިންމަންޓުން އިއުލާންކުރި ފުރަތަމަ ފިލްމަކީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ "އިތީ: ކޭން ޔޫ ސޯލްވް ޔޯ އޯން މާޑާ؟" އެވެ. ހަމަ ވިޝާލް ޑައިރެކްޓްކުރާ އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ވިވެކާއި ތާހެރް ޝައްބީރުގެ އިތުރުން އަލަށް ތައާރަފުކުރާ ރަޖީވް ސެން ހިމެނެ އެވެ. ރަޖީވަކީ ބަތަލާ ސުޝްމިތާ ސެންގެ ކޮއްކޮ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޫފީ
30 July 2020
ދަރިފުޅައް ވުރެ ޕުރޭނާ އަދިވެސް މާ ރީތި ،
ކުރުކުރު
30 July 2020
މިމީހުންގެ ދަރިންވީމަ ހިނގާނެ، އެހެންމީހުން ކިތަންމެ މޮޅަށް ތިކަންކުރިއަސް ވަޒީފާއެއްނުލިބޭނެ. މިކަހަލަ ބޯދާ ސަގާފަތް އޮންނަ ބަޔަކާ ގުޅިގެން ރާއްޖެއިން މިއުޅެނީ ކީއްވެގެންބާ.
ކަސަބު
30 July 2020
ޝްވޭތާ އަކީ މޮޅު އެކްޓަރެއް. ދަރިފުޅު ވާނެ ގޮތެއް ނޭގޭ. ބޮލީވުޑް އަކީ ފައިސާ ހޯދަން ފަސޭހަ ދޮރެއް. އެދޮރު ހުޅުވަން ވަރަށް ބުރަ މަސައްކަތް ކުރަންޖެހޭ. ޕްރިޔަންކާ މެން މިނިޓަކަށް ކުރޯޑު ރުފިޔާ އެބަނަގާ. ފައިސާ ޗާޕްކުރާ މެޝިނުންވެސް މިނިޓަކު މި އަދަދު ޗާޕްކުރެވޭނެހެން ހީނުވޭ.