ޕާތު.
09 ސެޕްޓެމްބަރ 2020 - 07:02
ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ލީޑް ބަތަލު ޕާތު ސަމްތާން ވަކިވާން ނިންމުމާ ގުޅިގެން އަންނަ މަހު އެ ސިލްސިލާ ނިމުމަކަށް ގެންނަން ނިންމާފައިވާ ވަނިކޮށް، ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" އިން ޕާތު ބޮލީވުޑަށް ތައާރަފުކުރަން ނިންމައިފި އެވެ.
އާލިއާ ބަޓް ބަތަލާގެ ރޯލް ކުޅޭ ފިލްމުގެ ވަރަށް މުހިއްމު ރޯލަކަށް ޕާތު ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެކަން ފިލްމުގެ ޓީމުންނާއި ޕާތު ވެސް އަދި ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު "ގަންގްބާއީ" ގެ ވިކިޕީޑިއާ ޕޭޖްގައި ފިލްމުގެ ކާސްޓުންގެ ނަންތަކުގެ ތެރޭގައި ޕާތު، 29، ގެ ނަން އެބަ އޮތެވެ.
މުމްބާއީގައި ކުރިން އުޅުނު ވަރަށް ނުފޫޒު ގަދަ މާފިއާ އަންހެނެއް ކަމަށްވާ ގަންގްބާއީގެ ވާހަކަ ކިޔައިދޭ ފިލްމުން ޕާތަށް ފުރުސަތު ލިބުނު އިރު، އެ ފިލްމުން ކުރިން ވެސް ޓީވީ އެކްޓަރަކަށް ޖާގަ ދީފައިވެ އެވެ. އެއީ ޝަންތަނޫ މަހޭޝްވަރީ އެވެ.
Strength. Power. Fear!
— BhansaliProductions (@bhansali_produc) January 15, 2020
One look, a thousand emotions. Presenting the first look of #GangubaiKathiawadi. In cinemas 11 September 2020.@aliaa08 #SanjayLeelaBhansali @prerna982 @jayantilalgada @PenMovies pic.twitter.com/CUSs5TDEBQ
މީގެ ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަނާއި އިމްރާން ހާޝިމީގެ އިތުރުން ވިޖޭ ރާޒް ހިމެނެ އެވެ.
"ގަންގްބާއީ ކަތިއަވާޅީ" އަކީ ކުރިން މި މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ޕްލޭންކުރި ފިލްމެކެވެ. އެކަމަކު މިދިޔަ އަހަރު ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ކޮވިޑް-19އާ ހެދި މި އަހަރުގެ ކުރީކޮޅުން ފެށިގެން ޝޫޓިން ހުއްޓުމަކަށް އައުމުން ފިލްމުގެ މަސައްކަތްތައް ލަސްވެ، ޝޫޓިންގެ ބޮޑު ބައެއް އަދި ކުރިއަށް އެބައޮތެވެ. އެހެންވެ ރިލީޒްކުރާނެ އިރެއް ނޭނގެ އެވެ.
ޔަގީންވާ ކަމަކީ މި އަހަރު ފިލްމު ސިނަމާތަކަށް ނާންނާނެ ކަމެވެ. "ގަންގްބާއީ" އަކީ ބަންސާލީ 2018 ގައި ގެނެސްދިން "ޕަދުމާވަތު" އަށް ފަހު ގެނެސްދޭ ފުރަތަމަ ފިލްމެވެ.
ރިޕޯޓްތައް މިހާރު ބުނާގޮތުން 2018 ގައި ގެނެސްދޭން ފެށި އެކްތާ ކަޕޫރްގެ "ކަސޯޓީ" ނިންމައިލާނީ އަންނަ މަހުގެ 3 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިޝް
10 September 2020
ވ ރީތި!