މުނިފޫހިފިލުވުން

ކަންގަނާއާ އެކު ބޮލީވުޑްގެ ގިނަ ބަޔަކު ދެން މަސައްކަތް ނުކޮށްފާނެ

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު އަބަދު ވެސް ފާހަގަކުރެވެނީ ވަރަށް މައްސަލަ ބޮޑު ބަތަލާއެއްގެ ގޮތުގަ އެވެ. އަބަދުވެސް މީސްމީހުންނަށް ފާޑުކިޔައި، ޖަދަލުކޮށް، ހިތުހުރިހާ އެއްޗެއް ގޮވާ ބަތަލާއެއްގެ ގޮތުގަ އެވެ. ރިތިކް ރޯޝަނާއި ކަރަން ޖޯހަރް ފަދަ މީސްމީހުންނަކީ އަބަދު ވެސް ކަންގަނާގެ ރާޑަރުގެ އެންމެ ކުރިއަށް އަރާފައި ތިބޭ މީހުންނެވެ.

ކަންގަނާ، 33، އަކީ ވަރަށް ހުނަރުވެރި ބަތަލާއެއް ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. އަދި އޭނާ މީހަކަށް ހަދައިދިނީ ވެސް ބޮލީވުޑެވެ. އެކަމަކު އަބަދު ވެސް ކަންގަނާ ދަނީ އެ އިންޑަސްޓްރީގެ މީހުންނާއި އެ ދާއިރާގައި ކަންކަން ހިނގާ ގޮތަށް ފާޑުކިޔައި، އިންޑަސްޓްރީގެ ނުފޫޒު ގަދަ މީހުންނާ ޖަދަލުކުރަމުންނެވެ. މިދިޔަ ހަފުތާގައި ޖާޔާ ބައްޗަން ބުނިހެން ގިނަ ބަޔަކު މިހާރު ކަންގަނާ ފާހަގަކުރަނީ ޝުކުރު ނުކުރާ އަދި ކާންދޭ މީހާ އަތުގައި ދަތްއަޅާ ފަންނާނެއްގެ ގޮތުގަ އެވެ. ކަންގަނާއެއް ލިބުނު މަޝްހޫރުކަމަކާއި ކުރިއެރުމާއި ތަނަވަސްކަމަކީ ބޮލީވުޑްގެ ތެރެއިން ލިބުނު ކަންކަމެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ

ނަމަވެސް ޖޫން މަހުގެ ތެރޭގައި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި ފަހުން ކަންގަނާ މިހާރު ފެންނަނީ ބޮލީވުޑަށް ދެކޮޅަށް އަޑު އުފުލަން "ހަ ފިލި" މައްޗަށް އަރާފައި ހުއްޓަ އެވެ. އޭނާ މުމްބާއީ އާއި ފިލްމީ ދާއިރާއާ ބެހޭ ގޮތުން އެ ވަގުތަކު ހިތަށް އެރިހާ އެއްޗެއް ގޮވަނީ އެވެ. ބޮލީވުޑަށް ޑްރަގްގެ ބޮޑެތި ތުހުމަތުތައް ކުރަނީ އެވެ. މީސްމީހުންގެ ބޮލުގުގައި އެކި ކަހަލަ ތުހުމަތުތައް އަޅުވަނީ އެވެ.

ކުރިން ގިނަ ބަޔަކު ދެކުނީ ކަންގަނާ އަކީ ވަރަށް ވިސްނުން ތޫނު ހަރުދަނާ އަދި ބަސްބުނަން ޖެހޭ ތަންތަނުގައި ކެރިގެން ބަސްބުނާ މީހެއްގެ ގޮތުގަ އެވެ. އަދި އެކަމާ ގުޅުވައިގެން ކަންގަނާގެ ފޭނުން އޭނާ ސިފަކުރަނީ ވެސް ވަރަށް "ގަޓް ހުރި" ބަތަލާއެއްގެ ގޮތުގަ އެވެ. އެކަމަކު ބޮޑު މަންޒަރުން މިހާރު ދައްކުވައި ދެނީ އެހެން މަންޒަރެވެ. މުޅި ދުނިޔެ އަށް މަޝްހޫރު އަދި އިންޑިއާއަށް ވުމުގެ އެއް ސަބަބު ކަމަށް ބޮލީވުޑް "އިނދަޖައްސައިލަން" ކަންގަނާ މަސައްކަތްކުރަނީ އެވެ. އިންޑަސްޓްރީގެ މީހުން ގަބޫލުކުރަނީ އެހެންނެވެ.

މުޅި ބޮލީވުޑް މިހާރު އޮތީ އޭނާއާ ދެކޮޅަށެވެ. ކަންގަނާ ދައްކާ ވާހަކަތަކަށް ތާއީދުކުރާ މީހުން އިންޑަސްޓްރީގެ ތެރޭގައި ދެ އަތުން ގުނައިލެވޭހާ ވެސް މަދު ކަމަށް ބެލިދާނެ އެވެ. ސަބަބަކީ އޭނާގެ ދިފާއުގައި މަޝްހޫރު އެއްވެސް ތަރިއެއް، ޑައިރެކްޓަރެއް/ޕްރޮޑިއުސަރެއް ވެސް ވާހަކަ ނުދައްކާތީ އެވެ. އަދި އެ މީސްމީހުންގެ ފަރާތުން މުޅިން ވެސް ފެންނަނީ ކަންގަނާއާ ދެކޮޅު ވާހަތަކެކެވެ. އެހެންވެ ބޮޑު ސުވާލަކީ ދެން އެއްވެސް ބަޔަކު ކަންގަނާއާ އެކީގައި މަސައްކަތްކޮށްފާނެތޯ އެވެ؟

ދާދި ފަހުން ޑައިރެކްޓަރު ވިކްރަމް ބަޓް މާ ދުރުދުރުން ދެއްކި ވާހަކަތަކުން އެނގުނީ އޭނާ ދުވަހަކު ވެސް ދެން ކަންގަނާއާ އެކީގައި މަސައްކަތްނުކުރާނެ ކަމެވެ. ކަންގަނާއާ އެކު 2009 ގެ "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުޒް" ގެނެސްދިން ޑައިރެކްޓަރު ބުނިގޮތުގައި ކަންގަނާ އަކީ މާ މޮޅު ބަތަލާއަކަށްވެފައި މިހާރު ލިޔެ، ޑައިރެކްޝަނާ ދިމާއަށް ވެސް ގޮސްފައިވާ މީހަކަށްވާތީ އޭނާއާ އެކު ދެން ކުރާނެ ވަކި މަސައްކަތެއް ނެތެވެ. ވިކްރަމް ބުނި ގޮތުގައި ކަންގަނާ މަސައްކަތްކުރާ ޕްރޮޖެކްޓެއް ނަމަ އޭނާ ކަހަލަ މީހުންނަށް ޖެހޭނީ ކްލެޕްބޯޑް ބޯއި އިންގެ ގޮތުގައި މަސައްކަތްކުރާށެވެ. ވިކްރަމްގެ އެ ވާހަކަތަކުން ދޭހަވީ އޭނާ މިހާރު ނިންމައިގެން ހުރީ ކަންގަނާއާ ދެން މަސައްކަތްނުކުރަން ކަމެވެ.

ޕްރޮޑޮއުސަރު އެކްތާ ކަޕޫރް ވެސް ދެން ކަންގަނާއާ އެކު މަސައްކަތްކުރާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދި ބަތަލާއާ އެކު އެކްތާ މިދިޔަ އަހަރު ގެނެސްދި ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި ނޫސްވެރިއަކާ ޒުވާބުކޮށް، ކަންގަނާ، އެކްތާ އަށް ވެސް ހުތުރު އެރުވުމެވެ.

ބޮލީވުޑްގެ އެންމެ ބޮޑެތި އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްތައް ކަމަށްވާ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާއި ކަރަންގެ ދަރުމާ ޕްރޮޑަކްޝަނަކީ ހަމަ ޔަގީނުން ވެސް ކަންގަނާއާ ކައިރި ވާނެ ބައެއް ނޫނެވެ. އަބަދު ފޮރުވިގެން އުޅޭ އަދިތިޔާގެ މައްޗަށް ކަންގަނާ ގިނަ ތުހުމަތުތަކެއްކޮށްފައިވެ އެވެ. ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާގެ ކުންފުނިން 2015 ގައި ގެނެސްދިން ސަލްމާން ޚާންގެ "ސުލްތާން" ގެ ބަތަލާގެ ރޯލް ގަބޫލުނުކުރުމުން އޭނާގެ ކެރިއަރު ހަލާލުކޮށްލާނެކަމުގެ އިންޒާރު އަދިތިޔާ ދީފައިވާ ކަމަށް ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ އެންމެ ބޮޑަށް ނެޕޮޓިޒަމްގެ ރަސްގެފާނޭ ކިޔާފައި ބަހުގެ ހަމަލާތައް ފޮނުވާ ކަރަންގެ ދަރުމާގެ ފިލްމެއް ކަންގަނާ ކުޅުނެވެ. އެއީ 2014 ގެ "އުނގްލީ" އެވެ.

ކަންގަނާ ދެން އެންމެ ބޮޑަށް ދިމާކުރާ އެއް ބަޔަކީ އޭނާ ބޮލީވުޑަށް ނެރެދިން މަހޭޝް ބަޓާއި އޭނާގެ އާއިލާގެ މީހުންނެވެ. އެގޮތުން މަހޭޝް ދަރިފުޅު އާލިއާ ބަޓަކީ ކަންގަނާ އަބަދު ދިމާކޮށްލައިގެން އުޅޭ އެކެކެވެ. އަދި މަހޭޝްގެ މައްޗަށް އެކި ފަހަރު މަތިން އެކި ކަހަލަ ތުހުމަތުތައް ކަންގަނާކޮށްފައިވެ އެވެ. މިފަދަ މައްސަލަތަކުގައި ޕޫޖާ ބަޓާއި ކަންގަނާއާ ދެމެދު ބަހުގެ ހަމަލާތައް ވެސް ބަދަލުކުރެވިފައިވެ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޑައިރެކްޓަރު ކްރިޝްއާ މެދު ކަންގަނާ ކަންތައް ކުރި ގޮތުން އޭނާ ވެސް މިހާރު ހުރީ ކަންގަނާ ހުރި ދިމާއަކަށް ބަލައިވެސް ނުލަން ނިންމައިގެންނެވެ. ކަންގަނާއާ މައްސަލަ ޖެހިފައިވާ މީހުންގެ ލިސްޓް ކިޔަންވެއްޖެ ނަމަ ހުހެއް ނުވާނެ އެވެ.

އެހެންވެ އެންމު ކުރުކޮށް ކަންގަނާގެ ވާހަކަ ބުނެވެން އޮތީ މިހާރު މިހެންނެވެ؛ އޭނާ މިހާރު އެ އުޅޭ ގޮތުން މުޅި ބޮލީވުޑް ކަންގަނާ "ބޮއިކޮޓްކޮށްފާނެ" އެވެ. މަންޒަރުތައް ފެންނަނީ އެހެންނެވެ. ކަންގަނާ މިހާރު ބޮލީވުޑާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާ ގުޅިގެން އެތައް ބަޔަކު ތިބީ އޭނާއާ ދެކޮޅަށެވެ. ފާޅުގައި ވާހަކަ ނުދެއްކިޔަސް، މުޅި އިންޑަސްޓްރީ އޮތީ ކަންގަނާއާ ދެކޮޅަކަން އިންޑިއާގެ މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކުން ވެސް އެނގެ އެވެ. އަދި ހަމައެކަނި ބޮލީވުޑެއް ވެސް ނޫނެވެ. އިންޑިއާގެ ގިނަ މީޑިއާތައް ވެސް މިހާރު އޮތީ ކަންގަނާއާ ދެކޮޅަށެވެ.

4 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 10%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރަލީދަރަން

21 September 2020

ޙަޤީޤަތް އެއީ މިޒަމާނުގަ ވަރަށް ހިތި އެއްޗެއް. ކުރިއަށް އޮތީ ހިތާމަވެރި ދުވަސްތަކެއް. ބަޔަކު ޤުރުބާނީ ޥެގެން ކަންކަން ރަނގަޅުވާނީ.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

21 September 2020

ކަންގަނާ އަކީ ވަރަށް ވިސްނުން ތޫނު ހަރުދަނާ އަދި ބަސްބުނަން ޖެހޭ ތަންތަނުގައި ކެރިގެން ބަސްބުނާ ކުއްޖެއް. މިކަމާ ގުޅުވައިގެން ކަންގަނާގެ ފޭނުން އަދި ބެއްޔާވެސް އޭނާ ސިފަކުރާނީ ވަރަށްވެސް "ގަޓް ހުރި" ބަތަލާއެއްގެ ގޮތުގަ. ޚުރިޔަށް ބާރަށް ކުރިޔަށް.

The name is already taken The name is available. Register?

ކާނިވާ ސަރަހައްދުން

20 September 2020

ޙަޤީޤަތް ހާމަކުރިމާ ގޯސްވީތަ؟

The name is already taken The name is available. Register?

ހަކުރުބައްޕަ

20 September 2020

ދާކޮންމެ ތާކުން ގުއިވަސް ދުވަންޏާ އެހެންމީހުންނާ ދިމާލަށް ގައިންތާހިރުނުވެޔޭ ކިޔާ ހަޅޭއްލެވުމުގެ ބަދަލުގައި ތިމާގެ ފައިވާންދަށް ބަލާލާފިނަމަ ގުއި އުނގުޅިފަ ހުރިކަން ފެންނާނެ. ކަންގަނާ އަމާޒު ހިފާފަ މިހާރު އެހެރީ ބީޖޭޕީގެ ޓިކެޓުގަ ދެންއަންނަ އިންތިހާބެއްގަ ކުރިމަތިލާން. އެކަމަކު އޭނާގެ މިޒާޖުގެ ގޮތުން ހީނުވޭ ސިޔާސީ ދާއިރާގަވެސް މާގިނަ ދުވަހު ކެތްކޮށްލެވޭނެހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454