މަންދިރާ އާއި މޯނީ.
28 ސެޕްޓެމްބަރ 2020 - 10:04
މިދިޔަ އަހަރު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިންޑިއާގެ ދެ ބަތަލާ އިން ކަމަށްވާ މަންދިރާ ބޭދީ އާއި މޯނީ ރޯއީ އަނެއްކާ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ދެ ތަރިން ވެސް ޗުއްޓީ ހޭދަކުރަނީ ސޮނެވާފުށި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި އެ މީހުން ހިއްސާކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެ އަށް އައި މަންދިރާ، ފިރިމީހާ އާއި ދަރިފުޅާ އެކު އަލުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ކޮވިޑް-19 ގެ ސަބަބުން ކުރި ލޮކްޑައުން އަށް ފަހު ދަތުރުތައް ހުއްޓި، ޗުއްޓީއަކަށް ދެވޭނެ ގޮތެއް ވެސް ނެތުމުން ކުރީގެ ފޮޓޯތައް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް އަލުން ދަތުރުކުރެވޭނެ ދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށް ބުނަމުް ދިއުމަށް ފަހުގަ އެވެ. އޭނާ ކުރީ ފަހަރު ޗުއްޓީ ހޭދަކުރީ ކުލަބް މެޑް ކަނިފިނޮޅު ރިސޯޓްގަ އެވެ.
މަންދިރާ، 48، އަކީ އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ ބަތަލާއެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ އެކްޓަރު ޝާހްރުކް ހާނާއި ކާޖޮލް 1995 ގައި ކުޅުނު ފަނޑުވުމެއް ނެތް ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އިންނެވެ. މަންދިރާ ފަހުން ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ސާހޯ" އާއި "ދަ ތަޝްކެންޓް ފައިލްސް" ހިމެނެ އެވެ.
މަންދިރާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދަސް ކަހާނިޔާ"، "ޝާދީ ކޭ ލައްޑޫ" އަދި "އިއްތިފާގު" ހިމެނެ އެވެ.
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ މޯނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އަށް ކުރި ދަތުރުގައި ޗުއްޓީ ހޭދަކުރީ ހެރިޓަންސް އާރަށް ރިސޯޓްގަ އެވެ. "ގޯލްޑް" އާއި "މޭޑް އިން ޗައިނާ" ފަދަ ފިލްމުތައް ކުޅުނު މޯނީ އެންމެ ފަހުން ފެނިފައި ވަނީ ޒީ5 އިން މި މަހުގެ 18 ގައި ސްޓްރީމްކުރި "ލަންޑަން ކޮންފިޑެންޝަލް" އިންނެވެ. މޯނީ، 35، ގެ ކުރިއަށް އޮތް ބޮޑު ފިލްމަކީ އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އެވެ.
މަންދިރާ އާއި މޯނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު އިންޑިއާގެ ފިލްމީ ތަރިންނަކީ މި ފަހުން ރާއްޖެ އަށް ވަރަށް ގިނައިން އަންނަ ބައެކެވެ. އަދި އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ތެރެއިން އެއް ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝް
01 October 2020
އަހަރުމެން ކުޑައިރު ނެޝަނލް ލައިބުރަރީ އަށް އެބަދަން ކުރީގެ ނޫސްތައް ހާއްސަކޮށް 1970 ގެ ހަފުތާ ނޫސް ފަދަ ނޫސް ދެން 1980 ގެ ހަވީރު ނޫސް ، ފިލްމީ ދުވެލި ފަދަ ނޫސް ތަކުގަ ހުންނަ ހިންދީ ފިލްމީ ޚަބަރު އެކަނި ކިޔަން! އޭ ކުރީގެ ތަރިން ގެ ހަބަރު ބަލަން! ދެން މިހާރުވެސް އަހަރެމެން ކިޔަނީ ހަމަ އެކަނި ފިލްމީ ހަބަރު ނޫސް ތަކުން! ތިބޭނެ ދޯ އެކި ކަހަލަ މީހުން
ބޮތް
19 October 2020
މިހާރު ނެޝަނަލް ކަލެކްޝަންއަށް ނުވަދެވޭ.. ): ކުރިންދަން ނެޝަނަލްލައބްރަރީއަށް ކުރީގެ މަޖައްލާތައްކިޔަން..
ލައްޗޭ
29 September 2020
އަހަރެންގެ ރަހްމަތްތެރި މުމްތާޒްވެސް ސޮނޭވާފުށީގަ އެބަހުރި.
ނާނީނާ
28 September 2020
މީ ކޮންފިލްމެއްގަ އުޅުން ބަޔެއްތަ. މަވެސް ވިލިގިއްޔަ ގޮސް އިންސްޓަގުރާމް ކޮލީމަ ހަބަރަށް އަރާނެތަ؟
ގުރާ
28 September 2020
މިފަހަކަށްއައިސް ރާއްޖޭގެ ނޫސްތަކުގެ ދެބައިކުޅަ އެއްބައިގަ އޮންނަނީ ތާޑުވޯލްޑު ގައުމެއްގެ ފިލްމުކުޅޭ ބައިގަނޑެއްގެ ހަބަރު. އެއިން ދައްކައިދެނީ ގައުމުގެ ހާލަތު.
ރަބަރު
28 September 2020
ސަޕޯޓިން އެކްޓަރަކަށްވިއަސް ފައިސާ ހޭދަކުރަންޏާ އެ ނިމުނީ. ގެސްޓުން އައުމުގެ ބޭނުމަކީ އެއީ. ޔޫޓިއުބުގައި މިހާރު އިންޑިއާ މީހުން ރާއްޖެ އިޝްތިހާރުކޮށްފަ ހުންނަތަންފެނޭ.
ރިސޯޓް ބޯއި
29 September 2020
ލޮލް، ޚަރަދުކުރުމަށް ވުރެ އުނދަގޫ ބޮޑު ކުރުން އިންޑިއާ މީހުންގެ ކަމަކީ، ތީގެ އެކަކު ޔޫރަޕް އަދި އެމެރިކާގެ ސަތޭކަ މީހުންނާ އެއްވަރުވާނެ! އިންޑިއާ މީހުން ރިސޯޓްތަކަށް ނައިއްޔާ ރަނގަޅީ، ހިލޭ އެއްޗެހި ބޭނުންވާ ބައެއް، އަދި އެހާ އުނދަގޫ ބޮޑު ވާނެ!
ކޮންޓެ
28 September 2020
މި މީހުންގެ ދަބަސްތައް ޗެކުކޮށް ހަތިޔާރު ހުރިތޯ ބެލުމަށް ގޮވާލަން - އިނދިކޮޅު
ސޯދުބޭ
28 September 2020
ކޮން ހުސް ނޫނެއް އެއީ؟