މުނިފޫހިފިލުވުން / ބޮލީވުޑް

ބޮޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މަދޫރީ.

16 އޮކްޓޯބަރ 2020 - 13:18

ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިން މެދުކެނޑިފައި އޮންނަތާ ހަތް މަސް ފަހުން މި މަހުގެ ކުރީކޮޅު ޝޫޓިން ފަށައި، މަސައްކަތް ނިންމައިފި އެވެ.

ކޮވިޑް-19 ގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށް ގެންދިޔަ ޝޫޓިން ނިންމައިލިކަން ފިލްމުގެ ޓީމުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. "ރާދޭ" އަކީ މިދިޔަ އަހަރު ރިލީޒްކުރި ސަލްމާންގެ "ދަބަންގް 3" ގެ ޑައިރެކްޓަރު ޕްރަބޫދޭވާ ގެނެސްދޭ ފިލްމެކެވެ. އަދި މިއީ އެ ދެ މީހުން އެކީގައި މަސައްކަތްކުރި ތިން ވަނަ ފިލްމެވެ. ސަލްމާނާ އެކު ޕްރަބޫދޭވާ އެންމެ ފުރަތަމަ ގެނެސްދިން ފިލްމަކީ 2009 ގެ "ވޯންޓެޑް" އެވެ.

"ރާދޭ" ގެ ޝޫޓިން ނިންމާލި އިރު، އިންޑިއާގެ ލޮކްޑައުންގެ ކުރިން މި ފިލްމުގެ ބޮޑު ބައެއް އޮތީ ޝޫޓްކޮށް ނިންމައިފަ އެވެ. އެހެންވެ ބާކީ ޝޫޓްކުރަން އޮތީ ދެ ލަވައަކާއި ދެތިން އެހެން މަންޒަރެކެވެ. މި ފިލްމުގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޖެލީ ޝްރޮފާއި ރަންދީޕް ހޫޑާ ހިމެނެ އެވެ.

ބެލެވޭ ގޮތުން އަންނަ ހަފުތާގެ ތެރޭގައި "ރާދޭ" ރިލީޒްކުރާ ތާރީހު ސަލްމާން އިއުލާންކުރާނެ އެވެ.

މަދޫރީގެ ވެބް ސީރީޒަށް ތައްޔާރު

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން ބަތަލާ މަދޫރީ ޑިކްސިޓާ އެކު ހަދަން ނިންމާފައިވާ ވެބް ސީރީޒްގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ނަން އަދި ރަސްމީކޮށް އިއުލާންނުކުރާ މި ސީރީޒަކީ ދަރުމާގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމަޓިކް އެންޓަޓައިންމަންޓުން ހަދާ އެއްޗެކެވެ. ރިޕޯޓްތައް ބުނާގޮތުން "އެކްޓްރެސް" ގެ ނަން ދީފައިވާ ސީރީޒްގައި މަދޫރީ ލީޑް ރޯލު ކުޅޭ އިރު މީގައި ކިޔައިދޭނީ ބަތަލާއެއްގެ ވާހަކަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ނިއު ޔޯކްގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ޑައިރެކްޓަރު/ސްކްރީން ރައިޓަރު ސްރީ ރާއޯ ހަދާ މި ސީރީޒްގެ ފުރަތަމަ ޝޫޓިން ޝެޑިއުލް 15 ދުވަހަށް ކުރިއަށް ގެންދާނީ ނާސިކްގަ އެވެ. އެގޮތުން މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ޝޫޓިން ފަށާނެ އެވެ.

މަދޫރީގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްކުރި އެވެ. އެއީ "ޓޯޓަލް ދަމާލް" އާއި "ކަލަންކް" އެވެ.

ނޭހާ އާއި ރޯހަންގެ ލަވަ 21 ގައި

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށް ދިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ޕަންޖާބީ ފަންނާނު ރޯހަންޕްރީތު ސިންގްގެ އަލަތު ލަވަ "ނޭހޫ ދާ ވިއާ" މި މަހުގެ 21 ގައި ނެރެން ނިންމައިފި އެވެ.

މި ލަވައިގެ ޕޯސްޓަރެއް އެ ދެ މީހުންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. "ނޭހޫ ދާ ވިއާ" ގެ މިއުޒިކާއި ޅެން ވެސް ހަދައި ލަވަ ކިޔާފައި ވަނީ ނޭހާ އެވެ. މި ލަވައިން ނޭހާ އާއި ރޯހަންޕްރީތުގެ ކެމިސްޓްރީގައި ހުރީ ކިހާ ވަރެއްގެ ޖާދޫއެއްކަން އެނގިގެން ދާނެ އެވެ.

ރިޕޯޯޓްތައް ބުނާގޮތުން އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މި ދަނޑިވަޅުގައި ކަށަވަރުކޮށް ދިން އެއް ސަބަބަކީ ލަވައަށް ސަމާލުކަން ހޯދައި ޕްރޮމޯޓްކުރުމުގެ ގޮތުންނެވެ.

"ސާތު ނިބާނާ ސާތިޔާ 2" ގެ އާ ޕްރޮމޯއެއް

ކުރިއަށް އޮތް ހަފުތާގެ ހޯމަ ދުވަހުގެ ރޭ ސްޓާ ޕްލަސް އިން ދައްކަން ފަށާ އާ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ 2" ގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

ކުރީގެ ޕްރޮމޯތަކުގެ އުސްއައްޔަކީ ގެހެނާ ކިޔާ ނޯކަރެއްގެ ވާހަކަ އެވެ. މި ފަހަރުގެ މި ޕްރޮމޯ އިން ދައްކަނީ ނުފޫޒު ގަދަ އާއިލާއެއް ކަމަށްވާ ކޮކީލާބެން މޯދީގެ އާއިލާގެ ޅީ ދަރިއަކަށް ގެހެނާ ވީ ނަމަވެސް، ހަމަ ނޯކަރެއްގެ ގޮތުގައި އުޅެން ޖެހިފައިވާ ހާލެވެ. ގެހެނާގެ ރޯލުން ފެނިގެން ދާނީ ސްނޭހާ ޖެއިން އެވެ.

ސްޓާ ޕްލަސް އިން ކުރިން "ސާތު ނިބާނާ ސާތިޔާ" ގެ ނަމުގައި ގެނެސްދިން ކާމިޔާބު ސިލްސިލާގެ ދެވަނަ ސީޒަނުން ކުރީގެ މުހިއްމު ތަރިންތަކެއް ވެސް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ޑެވޮލީނާ ބަޓަޗަރަޖީ އާއި ރޫޕަލް ޕަޓޭލާއި މުހައްމަދު ނާޒިމް ހިމެނެ އެވެ.

"ސާތު ނިބާނާ ސާތިޔާ 2" ގެ ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454