ނޭހާ އާއި އަންގަދު.
ބޮލީވުޑްގެ ބަތަލާ ނޭހާ ދޫޕިއާ އާއި ފިރިމިހާ އަންގަދު ބޭދީ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދެ ތަރިން މި ފަހަރު ޗުއްޓީ ހޭދަކުރަނީ މޫވްއެންޕިކް ރިސޯޓް އެންޑް ސްޕާ ކުރެވިވަރުގަ އެވެ. އެތަނުގެ ޕޫލެއްގެ ކައިރީގައި ތިބެގެން ދެ މީހުން ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ އިރު އެންމެ ބޮޑަށް އަޅައިގަތީ ނޭހާގެ ފޮޓޯ ކެޕްޝަނެވެ.
އެ ފޮޓޯގައި ފެންނަނީ ނޫކުލައިގެ ސޯޓެއް ލައިގެން ޕޫލް ތެރޭގައި އަންގަދު ހުންނަ އިރު ތޮތްޕެއް އަޅައިގެން ކަޅު ސްވިމް ސޫޓެއްގައި ހުންނަ އަންހެނަކު މޫނު ފޮރުވައިގެން އަންގަތު ކައިރީގައި ހުއްޓަ އެވެ. އޭގެ ކެޕްޝަނަކަށް ނޭހާ ލިޔެފައި ވަނީ "ރާއްޖޭގައި އަންގަދު އެހެރީ [ހިލޭ] އަންހެނަކާ އެކީގައި ކަމަށާއި އެކަމާ އަހަރެން ކަންބޮޑުވާން ޖެހޭތޯ" އެވެ؟
ނޭހާގެ އެ ސުވާލަށް ޖަވާބު ލިބެނީ އަންގަދުގެ އިންސްޓަގްރާމުންނެވެ. ފޮޓޯގައި އޭނާ ގާތުގައި އެ ހުންނަ މީހަކީ އަސްލު ނޭހާ އެވެ.
ނޭހާ އާއި އަންގަދު ކައިވެނިކުރީ 2018 ގަ އެވެ. އަދި އެ އަހަރު އަލަތު ދަރިފުޅަށް ބަލިވެއިންކަން ނޭހާ އިއުލާން ކުރީ ވެސް ރާއްޖޭގަ އެވެ. އެއީ މިހާރު ދެ އަހަރު ފުރޭ މެހެރް ދޫޕިއާ ބޭދީ އެވެ.
ނޭހާގެ ދެމަފިރިންގެ އިތުރުން މި ވަގުތު އެކްޓަރު ވަރުން ދަވަން ވެސް އަންނަނީ ރާއްޖޭފައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭނާ ހުރީ ސޮނެވާފުށީގަ އެވެ. މި ފަހުން ރާއްޖެ އައި ބޮލީވުޑްގެ ތަރިންގެ ތެރޭގައި މަންދިރާ ބޭދީ އާއި މޯނީ ރޯއި ވެސް ހިމެނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބޮތް
19 October 2020
ވަރަށް އުފާވެއްޖެ..
ރަބަރު
18 October 2020
މަރުހަބާ