މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ ކުރީގެ ހޮކީ ލެޖެންޑް ދިއާން ޗަންދުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަބީޝެކް ޗޯބޭ ޑައިރެކްޓްކުރާ ފިލްމަށް މިހާރު އަންނަނީ ކާސްޓުން ހަމަޖައްސަމުންނެވެ. ނަން އަދި އިއުލާން ނުކުރާ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ. އަދި ސިނަމާތަކަށް ފިލްމު ގެންނާނީ 2022 ގަ އެވެ.

އަބީޝެކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާއި ބޫމީ ޕިޑްނޭކަރު މުހިއްމު ރޯލްތައް ކުޅުނު މިދިޔަ އަހަރުގެ "ސޯންޗިރައްޔާ" އެވެ.

އޭނާ ގެނެސްދިން އިތުރު ފިލްމުތަކުގެ ތެރޭގައިި ނަސީރުދުއްދީން ޝާހްގެ "އިޝްގިޔާ" އާއި "ދޭޅް އިޝްގިޔާ" ގެ އިތުރުން ޝާހިދު ކަޕޫރްގެ "އުޅުތާ ޕަންޖާބް" ހިމެނެ އެވެ.

ހޮކީން އިންޑިއާ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ދިއާން ވަނީ 1979 ގައި މަރުވެފަ އެވެ. އެ ކުޅިވަރުން އޭނާ އޮލިމްޕިކްސްގައި ތިން ރަން މެޑަލް ހޯދާފައިވެ އެވެ.

"ފެޝަން" ފަދަ ފިލްމުތައް ގެނެސްދިން ރޯނީ ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސްދިން އެންމެ ކާމިޔާބު ފިލްމަކީ 2018 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އެވެ.

"ޖާޒީ" ގެ ޝޫޓިން ނިންމާލައިފި

މިދިޔަ އަހަރު ޝޫޓިން ފަށައި، މި އަހަރު ކޮވިޑާ ހެދި މަޑުޖެހުންތަކެއް އައި ޝާހިދު ކަޕޫރްގެ ފިލްމު "ޖާޒީ" ގެ ޝޫޓިން އެއްކޮށް ނިންމާލައިފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ތެލެގޫ ފިލްމުގެ ރިމެކެކެވެ. އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރި ގޯތަމް ތިނައްނޫރީ ޑައިރެކްޓްކޮށް ގެނެސްދޭ "ޖާޒީ" ގައި ޝާހިދު ފެންނާނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުންނެވެ.

މި ކާސްޓްގައި އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރާއި މުރްނާލް ތާކޫރް ވެސް ހިމެނެ އެވެ.

"ޖާޒީ" ގެ މަންޒަރުތައް ނަގާފައި ވަނީ ޗަންދީގަޅާއި ދެހެރާދުންގަ އެވެ. އިންސްޓަގްރާމްގައި ޝާހިދު ބުނީ ފިލްމުގެ ޝޫޓިން ނިންމައިލީ ކޮވިޑްގެ ފަހުން ޝޫޓިން ފަށައި 47 ދުވަހުން ކަމަށެވެ.

ޝާހިދު އެންމެ ފަހުން ކުޅުނު މިދިޔަ އަހަރުގެ "ކަބީރު ސިންގް" އަކީ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެކެވެ.

ސަލްމާންގެ "ކާގާޒް" ޒީ5 އަށް

ސަލްމާން ޚާން ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ކާގަޒް" އަންނަ މަހުގެ 7 ގައި ޒީ5 އިން ޕްރިމިއާކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ "ހަމާރާ ދިލް އާޕްކޭ ޕާސް ހޭ" ފަދަ ފިލްމުތައް ޑައިރެކްޓްކުރި، އެކްޓަރު ސަތިޝް ކޯޝިކް ހަދާފައިވާ ފިލްމެކެވެ. "ކާގަޒް" ގެ މައި ކެރެކްޓާ ކުޅެފައި ވަނީ ޕަންކަޖް ތުރިޕަތީ އެވެ. މީގެ ކާސްޓުންގެ ތެރޭގައި މޮނާލް ގައްޖަރް އަދި އަމަރު އުޕަދޭ ހިމެނެ އެވެ.

ބައޮގްރަފިކަލް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "ކާގަޒް" އަކީ ލާލް ބިހާރީ ކިޔާ ދަނޑުވެރިއަކު މަރުވެއްޖެ ކަމަށް ސަރުކާރުގެ ލިޔެކިޔުންތަކުން ދެއްކުމުން ދިމާވާ ކަންތައްތަކެއް ކިޔައިދޭނެ ފިލްމެކެވެ.

އާ ޓެލެންޓް އެޖެންސީއެއް

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ބަންޓީ ސަޖްދޭގެ ކޯންސްޓޯން އެޖެންސީ ގުޅިގެން ދަރުމާ ކޯންސްޓޯން އެޖެންސީ (ޑީސީއޭ) ގެ ނަމުގައި އާ ޓެލެންޓް އެޖެންސީއެއް އުފައްދައިފި އެވެ.

މީގެ ދަށުން ފިލްމީ ދާއިރާއިންނާއި މިއުޒިކް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭނެ އެވެ. އެގޮތުން އިންޑިއާގެ އެކި ހިސާބުތަކުން ހުނަރުވެރި ފަންނާނުން ދާއިރާތަކުގެ ތެރެއަށް ނެރެން މަސައްކަތްކުރާނެ އެވެ.

ކަރަން ހިއްސާވާ ގޮތަށް ޓެލެންޓް އެޖެންސީއެއް އުފައްދާފައި ވަނީ އޭނާ އަކީ އަބަދު ވެސް ގާތް މީހުންނާއި ފިލްމީ ދާއިރާގެ ނުފޫޒު ގަދަ މަޝްހޫރު މީހުންނަށް ފުރުސަތުދޭ މީހެއް ކަމަށް ބުނެ ނެޕޮޓިޒަމްގެ ބައްޕަގެ ގޮތުގައި ސިފަކުރަމުން ދަނިކޮށެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުއަލޯ

17 December 2020

ރަނގަޅު. ދިގުކޮށް ގެންނާނެ ކަމެއް ނެތް. ބޭކާރު ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454