ސާނިއާ.
20 ފެބުރުއަރީ 2021 - 19:46
އާމިރު ޚާންގެ "ޑަންގަލް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ސާނިޔާ މަލޯތުރާ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓްގައި ނަގާފައިިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމަށް ލާފައިވެ އެވެ. އެކަމަކު ސާނިޔާ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.
އަރަމުން އަންނަ، 28 އަހަރުގެ ބަތަލާގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ޝަކުންތަލާ ދޭވީ" އާއި ނެޓްފްލިކްސް އިން ޕްރިމިއާކުރި އެންތޮލޮޖީ ފިލްމު "ލޫޑޯ" އެވެ. ސާނިޔާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 2018 ގެ "ބަދާއީ ހޯ" އާއި ހަމަ އެ އަހަރުގެ "ޕަޓާކާ" އަދި 2019 ގެ "ފޮޓޯގްރާފް" ހިމެނެ އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ލަވް ހޯސްޓެލް" އާއި ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "މީނާކްޝީ ސުންދަރޭޝްވަރު" ގެ އިތުރުން ގުނީތު މޮންގާގެ "ޕަގްލައިޓް" ހިމެނެ އެވެ.
"ލަމް ހޯސްޓެލް" ގައި ސާނިޔާ ފެންނާނީ ބޮބީ ޑިއޯލާއި ވިކްރާންތު މަސީއާ އެކީގަ އެވެ. އަދި "މީނާކްޝީ ސުންދަރޭޝްވަރް" ގައި ސާނިޔާގެ ކޯ-ސްޓާރަކީ "މޭނޭ ޕިޔާރު ކިޔާ" ކުޅުނު ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ އެވެ.
އިންޑިއާގެ ފިލްމީ ތަރިންނާއި ޓީވީ ތަރިން ޗުއްޓީ އަށް މިހާރު ވަރަށް ގިނައިން ރާއްޖެ އަންނަ އިރު އެއީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާބިރު
20 February 2021
އަހަރެންވެސް ރާއްޖޭގެ ރިސޯޓެއްގައި އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އުޅޭތާ! އެވާހަކަވެސް ޖަހާލަދީ ބަލަ. އެކަމަކު ޗުއްޓީ އަކު ނޫން މިއުޅެނީ. ޗުއްޓީ އަށްވެސް ނުދެވިގެން މިއުޅެނީ !
އާލަމް ބާއީ
20 February 2021
ރަޖުނީ ކާންތް ކޮންއިރަކުންތަ ރާއްޖެއަންނާނީ. މަށަށް ހާދަކަމުދާ އެކްޓަރެކޭ އެއީ.
ށަވިޔަނި
20 February 2021
ވަރަށް ރަނގަޅު. ހޮލީވުޑް ގެ ތަރިންވެސް ގެންނަން ޖެހޭ.