އަމިތު.
08 ޖޫން 2021 - 06:27
އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ އަކްޝޭ ކުމާރުގެ ފިލްމު އޯ މައި ގޯޑް (އޯއެމްޖީ) 2 ގެ ޑައިރެކްޓަރަކަށް އަމިތު ރާއި ހަމަޖައްސައިފި އެވެ.
އޭނާ އަކީ ކްރިޓިކުންގެ ތައުރީފު އޮހުނު 2009 ގެ ފިލްމު "ރޯޑް ޓު ސަންގަމް" ގެނެސްދިން ޑައިރެކްޓަރެވެ. އަމިތު ހެދި ފިލްމުތަކުގެ ތެރޭގައި 2009 ގެ މަރާޓީ ފިލްމު "ތިންގިއާ" ވެސް ހިމެނެ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި "އޯއެމްޖީ 2" އަށް ޑައިރެކްޓަރަކު ހަމަޖެހުމާ އެކު ފިލްމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ކުރިއަށްވުރެ ހަލުވިވެފަ އެވެ. މި ފިލްމަކީ އަކްޝޭ އާއި ޕަރޭޝް ރާވަލްއާ އެކު ޑައިރެކްޓަރު އުމޭޝް ޝުކްލާ 2012 ގައި ގެނެސްދިން "އޯއެމްޖީ" ގެ ސީކްއެލް އެވެ.
އެކަމަކު އާ ފިލްމުގައި އެ ދެ މީހުންގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. އެގޮތުން ޕަރޭޝްގެ ބަދަލުގައި މި ފަހަރު އަކްޝޭއާ އެކު "އޯއެމްޖީ 2" ގެ އެންމެ ބޮޑު ރޯލެއް ކުޅޭނީ ޕަންކަޖް ތުރިޕަތީ އެވެ.
އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ ފިލްމު ޕްރޮޑިއުސްކުރަނީ އަކްޝޭ އާއި އަޝްވިން ވަރުދޭ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy