މުނިފޫހިފިލުވުން

ފިރިމީހާގެ ހައްޔަރާ އެކު ޝިލްޕާ "ލަދުން" މީޑިއާތަކާ ދުރަށް!

އެކްޓިންއާ ދުރުގައި ހުންނަތާ 14 ވަރަކަށް އަހަރު ފަހުން ބަތަލާ ޝިލްޕާ ޝެޓީ ބެލުންތެރިންނާ ބައްދަލުކުރާ ފިލްމު "ހަންގާމާ 2" އަންނަ ހަފުތާގައި ޕްރީމިއާކުރަން ތައްޔާރުވެ، އޭގެ ޕްރޮމޯޝަނަލް މަސައްކަތްތައް ކުރިއަށް ދަނިކޮށް، ބަރަހަނާ ފިލްމުތަކެއް ހަދައި އެ ދައުރުކުރި މައްސަލާގައި އޭނާގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކޮށްފައިވާތީ ޝިލްޕާ "ލަދުން" މީޑިއާތަކާ ފެއަށް ޖެހިއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ ޕްރީމިއާކުރަން ހަމަޖެހިފައިވާ ކޮމެޑީ ފިލްމުގެ އެއްވެސް ޕްރޮމޯޝަނަލް އިވެންޓެއްގައި ޝިލްޕާ ދެން ބައިވެރިނުވާނެ ކަމަށެވެ. މި ނިންމުމަކީ މީޑިއާތަކުން އޭނާ އަށް ކުރިމަތިކުރާނެ ސުވާލުތަކުން ސަލާމަތްވެ، ގަަނެފައިވާ ލަދުން ވެސް މީޑިއާތަކުގެ ކުރިމައްޗަށް ނުކުންނަން ޖެހިލުންވެފައިވާތީ ނިންމި ނިންމުމެކެވެ. ޝިލްޕާ އަކީ ކުރިން އަބަދު ވެސް މީޑިއާތަކަށް ވަރަށް ރައްޓެހި އަދި މީޑިއާތަކުގެ މީހުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދިޔަ ބަތަލާއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސޮނީ ޓީވީގައި ޝިލްޕާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ "ސުޕަ ޑާންސާ 4" ގައި ވެސް އޭނާ ދެން ބައިވެރިއެއް ނުވާނެ އެވެ.

ބަރަހަނާ ފިލްމު ހަދައި އެ އެއްޗެހި ދައުރުކުރި ކަމަށް ބުނާ މައްސަލާގައި ޝިލްޕާގެ ފިރިމީހާ އަދި ދެ ކުދިންގެ ބައްޕަ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މި މަހުގެ 23 އާ ހަމައަށް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.

ފުލުހުން ބުނީ ރާޖްގެ މައްސަލަ މުމްބާއީ ކްރައިމް ބްރާންޗަށް ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރެގައި ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގުގައި ބަހަރަހަނާ ފިލްމު ހެދުމުގެ މަސައްކަތުގައި އެންމެ އިސް ރޯލެއް އަދާކުރީ ރާޖް، 45، ކަމަށް ވަނީ އެނގިފަ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ރާޖް ބަހަރަނާ ފިލްމު ހަދާފައި ވަނީ އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި ތިބޭ ވިޔަފާރީގެ ޕާޓްނަރުންތަކެއް ބައިވެރިވެގެންނެވެ. އަދި މިކަމަކީ ވަރަށް ފުޅާކޮށް ސީދާ މާލީ މަންފާ ހޯދަން ހިންގާފައިވާ ބޮޑު ވިޔަފާރީއެއް ކަމަށް މީޑިއާތަކުން ބުންޏެވެ. މި މަސައްކަތުގެ ތެރޭގައި އިނގިރޭސިވިލާތުގައި ތިބި އެޖެންޓުންގެ ތެރެއިން އިސްކޮށް ހުރި ޕްރަދީޕް ބަކްޝީއާ ކިޔާ މީހަކާ ވަޓްސްއެޕް މެދުވެރިކޮށް ރާޖް ކުރި މުއާމަލާތްތަކެއްގެ ޗެޓްލޮގް ވެސް ލީކްވެފައިވެ އެވެ.

އޭގައި ދެކެވިފައި ހުރި ބައެއް ވާހަތަކުގެ ތެރޭގައި މިދިޔަ އަހަރުން ފެށިގެން ކޮވިޑް-19އާ ހެދި ފިލްމީ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އެހެންވެ ބަރަހަނާ ފިލްމު ހަދައިގެން ބޮޑު އާމްދަނީއެއް ހޯދިދާނެ ކަމަށާއި އެފަދަ ބައެެއް އެއްޗެހި ދައުރުކޮށްގެން ދުވަހުން ދުވަހަށް ލިބިފައި ހުރި އަދަދުގެ ތަފުސީލު ވެސް ހިމަނާފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2013 ގައި "ހައު ނޮޓް ޓު މޭކް މަނީ" ކިޔާ ފޮތެއް ވެސް ލިޔުނު ރާޖް އަކީ ޕްރަދީޕްގެ ހިންގާ ވީޑިއޯ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ކެންރިން ޕްރޮޑަކްޝަން ހައުސްގައި ނުސީދާކޮށް ހިއްސާވާ މީހެކެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ އިރު ބައެއް މީޑިއާތަކުން ބުނީ ރާޖްގެ ބަރަހަނާ ފިލްމީ މަސައްކަތުގައި ބޮލީވުޑްގެ ފިލްމުތަކެއް ކުޅުނު އެޑަލްޓް ތަރިން ކަމަށްވާ ޝެރިލީން ޗޯޕްޅާ އާއި ޕޫނަމް ޕާންޑޭ ވެސް ބައިވެރިވެފައިވާ ކަމަށެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 60%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2021

22 July 2021

ޝިލްޕާއަށްހުންނާނީ މިހާރު ރާކަނިމަަސްކެވިފަ... ތުއިބަޑި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454