24 މާޗް 2020 - 07:50
މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބިރުވެރިކަމުގައި އެންމެ މުހިއްމީ ފަރުދީ ޒިންމާ އާއި އެހީތެރިކަން ފޯރުކޮށް ދިނުން ފަދަ ކަންކަމަށް އިސްކަން ދިނުމެވެ. އެގޮތުން އެމެރިކާގެ ފެޝަން ޑިޒައިނަރަކު މި ވަނީ އޭނާ ދިރިއުޅޭ ނިއު ޔޯކް ސިޓީ އަށް ފޭސް މާސްކްގެ ދަތިކަން ކުރިމަތިވެފައިވާތީ އަމިއްލަ ގޮތުން އެކަމަށް އެހީތެރިވާން ނިންމައިފަ އެވެ.
ނިއު ޔޯކްގެ ކަމާބެހޭ ފަރާތްތަކުން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި ފޭސް މާސްކްގެ ދަތިކަން ވަނީ އިންތިހާ އަށް ކުރިމަތިވެފަ އެވެ. ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް ވެސް މާސްކްގެ ދަތިކަން ބޮޑުވެގެން ބައެއް މީހުން ކަރުދާސް މާސްކް ބޭނުންކުރުމުގެ އިތުރަށް މާސްކް އަލުން ދޮވެގެން ތަކުރާރުކޮށް ބޭނުންކުރާ މައްސަލަ ވެސް ބޮޑެވެ.
We're in contact with @CSiriano. Appreciate his help so much.
— Andrew Cuomo (@NYGovCuomo) March 20, 2020
Who's next?
Let's do this together, NY! https://t.co/4B43SKguVO
މިކަންބޮޑުވުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ޑިޒައިނަރު ކްރިސްޓިއަން ސިރިއާނޯ، ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކުއޯމީ ޓެގްކޮށް ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ފޭސް މާކްސް ފޯރުކޮށްދޭން އޭނާ ތައްޔާރަށް ހުރި ކަމަށާއި އެކަން ކުރެވޭނެ ޓީމެއް އެބައޮތް ކަމަށް ބުނެފައިބެ އެވެ.
އެ ޓްވީޓާ ގުޅިގެން ގަވަރުނަރު ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ޕްރައިވެޓްކޮށް މެސެޖްކުރައްވާނެ ކަމަށް ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ސިރިއާނޯގެ އެހީ ގަބޫލުކުރެއްވިކަން އިއުލާނުކުރެއްވައި އެހީ އަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
Prototypes are happening more updates by next week. pic.twitter.com/xBPqFtiX0E
— Christian Siriano (@CSiriano) March 20, 2020
އެއާ އެކު، 34 އަހަރުގެ ޑިޒައިނަރު ވަނީ އޭނާގެ ޓީމުން އުފައްދާ މާސްކްގެ ނަމޫނާތަކެއް ވެސް ޓްވިޓާގައި ދައްކާލައި، އޭގެ ތަފުސީލު ވެސް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ. އެ މާސްކްތައް އާންމުންނަށް ބޭނުންކުރެވޭނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ އެޕްރޫވަލް ވެސް ލިބިގެންނެވެ.
މި ދަނޑިވަޅުގައި ފެޝަން ޑިޒައިނަރެއްގެ ފަރާތުން ހާއްސަ އެހީއެއް ދޭން ނިންމާފައިވާތީ ވަރަށް ގިނަ ބަޔަކު އޭނާ އަށް ތައުރީފުކޮށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
Thanks everyone for all the support. We are making waves and working on getting approvals before we start anything. It’s very important before anyone does anything to help, please make sure what you are making is safe and hopefully FDA approved. We must be smart.
— Christian Siriano (@CSiriano) March 21, 2020
ފޭސް މާސްކަކީ ވައިރަހުން ރައްކާތެރިކަން ހޯދަން މި ވަގުތު އެންމެ އާންމުކޮށް ބޭނުންކުރާ އެއް ވަސީލަތެވެ. ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު އެންމެ ބޮޑަށް ޑިމާންޑް އުފުލި، ސަޕްލައިގެ ތާށިކަން ކުރިމަތިވި އެކައްޗަކީ ވެސް މިއީ އެވެ.
ސިރިއާނޯ ކަހަލަ މީހުން ބަލިމަޑުކަމުގެ މި ނާޒުކު ދަނޑިވަޅުގައި އެ މީހެއްގެ ފެންވަރުން އެހީވާން ނިންމުމަކީ ފަރުދީ ޒިންމާ އަދާކުރުމުގެ ނަމޫނާއަކަށް ބެލިދާނެ އެވެ. އެހީއެއްވާން ބިލް ގޭޓްސް އާއި ޖެކް މާ ކަހަލަ މަހުޖަނަކަށް ވާކަށް ލާޒިމެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމުންދުއަލީ
24 March 2020
ޢެވެރިން ލަދު ގަންނާނެ އާދައިގ މާސްކު އަޅަން. ޢެހެންވެ އެވެސް ބްރޭޑް ކުރަން. ބޯ ހަލާކް.