އަންހެނަކު ސިނގިރެޓެއް ބޮނީ: މިއީ ހާޓްއެޓޭކަށް މަގުފަހި ކުރުވާ ކަމެއް.
10 ނޮވެމްބަރ 2018 - 05:25
ލޭގެ ޕްރެޝަމަރު މަތި މީހުންނާއި ހަކުރު ބަލި މީހުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންނަށް ފިރިހެނުންނަށް ވުރެ ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިސާރާއަކުން ދައްކައިފި އެވެ.
ބީއެމްޖޭ ޖާނަލްގައި ޝާއިއުކޮށްފައިވާ އޮކްސްފޯޑް ޔުނިވަސިޓީގެ ދިރާސާގައި ބުނި ގޮތުގައި ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މަތިވުން ފަދަ މައްސަލަތަކަށް ފިރިހެނުންނާ ދާދި އެއްކަހަލަ ފަރުވާތަކެއް އަންހެނުންނަށް ދިން ނަމަވެސް، ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ ބޮޑީ އަންހެނުންގެ މެދުގަ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ އަންހެނުންނަށް ވުރެ، ދުންފަތުގެ އިސްތިއުމާ ކުރާ އަންހެނުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ވެސް ތިންގުނަ ބޮޑެވެ. އަދި ލޭގެ ޕްރެޝަރު މަތި އަންހެނުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ 83 ޕަސެންޓް ބޮޑެވެ.
ހަމަމިއާ އެކު ޓައިޕް 1 އާއި ޓައިޕް 2 ޑައިބެޓީޒްއަކީ ވެސް އަންހެނުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ ބޮޑަށް އޮތް ބަލިތަކެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި ލޭގެ ޕްރެޝަރު މަތި އަންހެނުންނާއި ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންނާއި ހަކުރުބަލި ހުންނަ އަންހެނުންނަށް ހާޓްއެޓޭކްގެ ފުރުސަތު ބޮޑީ ސީދާ ކޮންކޮން ކަންތައްތަކާ ހެދި ކަމަށް ބުނާކަށް ނޭނގެ އެވެ، އެކަމަކު އެއީ ބައޮލޮޖިކަލް ސަބަބުތަކަށް ވެދާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy