ސެމްސަންގްގެ ފަތްޖަހައިލެވޭ ފޯނު މިދިޔަ މަހު ދައްކައިލަނީ.
04 ޑިސެމްބަރ 2018 - 08:06
ފަތްޖަހައިލެވޭ ގޮތަށް ފަރުމާ ކުރާ ސްމާޓް ފޯނުގެ ނަކަލެއް މިދިޔަ މަހުގެ ތެރޭގައި ދައްކާލައި އަންނަ އަހަރު އެ ޒާތުގެ ފޯނު ބާޒާރަށް ނެރޭނެކަން ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި ސެމްސަންގުން އިއުލާންކޮށްފައި ވަނިކޮށް އެ ކުންފުނީގެ ފަތްޖަހައިލެވޭ ފޯނުގެ ޓެކްނޮލޮޖީ ވަގަށް ނަގައި ޗައިނާގެ ކުންފުނިތަކަކަށް ވިއްކައިލި މައްސަލައެއްގައި 11 މީހެއްގެ މައްޗަށް ބުރާސްފަތި ދުވަހު ދައުވާކޮށްފި އެވެ.
ސުވޯން ޑިސްޓްރިކްޓްގެ ޕްރޮސެކިއުޓާ އޮފީހުން ބުނި ގޮތުގައި ސެމްސަންގެ ފަތްޖަހައިލެވޭ ފޯނުގެ ޓެކްނޮލޮޖީ ވިއްކައިލީ ޗައިނާގެ ދެ ކުންފުންޏަކަށެވެ. އަދި މި މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކޮށް، ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، ބާކީ ތިބި މީހުން ހޯދައި، ހައްޔަރު ކުރަން ވަނީ އިންޓަޕޯލްގެ އެހީތެރި ކަމަށް ވެސް އެދިފަ އެވެ.
ޗައިނާގެ ކުންފުނިތަކަކަށް ޓެކްނޮލޮޖީ ވިއްކައިލި ނަމަވެސް އެ ދެ ކުންފުންޏަކީ ކޮބައިކަމާއި މިކަމުގައި ޝާމިލުވާ އެއްވެސް މީހެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ.
ނަމަވެސް ޕްރޮސެކިއުޓާ އޮފީހުން ބުނީ "ސެމްސަންގްގެ ފްލެކްސިބަލް އޯލެޑް އެޖް ޕެނެލް 3ޑީ ލެމިނޭޝަން" ޗައިނާގެ ބަޔަކަށް ވިއްކައިލީ ސެމްސަންގްގެ ސަޕްލަޔަރެއް ކަމަށެވެ. އަދި ދެ ކުންފުންޏަކަށް ޓެކްނޮލޮޖީ ވިއްކައިލީ ގާތްގަނޑަކަށް 14 މިލިއަން ޑޮލަރަށް ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުންޏެވެ.
ފަތްޖަހައިލެވޭ ގޮތަށް ފޯނު ފަރުމާ ކުރުމުގެ ޓެކްލޮޖީއަކީ ހަ އަހަރު ވަންދެން ސެމްސަންގުން ކުރި މަސައްކަތުގެ ނަތީޖާ އެވެ. އަދި އެ ކުންފުނިން ވަނީ އެކަމަށް 130 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.
Samsunge fahjhailevey phone anna aharu
The most trusted news source in the Maldives
Mihaaru
ސެމްސަންގެ ފަތްޖަހައިލެވޭ ފޯނު ދައްކައިލީ މިދިޔަ މަހު.
މޮބައިލް ފޯނުގެ ވިޔަފާރީގެ ތެރޭގައި އުޅޭ ބޮޑެތި ކުންފުނިތަކުން ފަތްޖަހައިލެވޭ ފޯނު އުފެއްދުމުގެ ޝަރަފު ހޯދަން ފޫގަޅާފައިވާ އިރު، މިކަން ކާމިޔާބު ކުރި ފުރަތަމަ ކުންފުންޏަކީ ސެމްސަންގެވެ.
އެކަމަކު ސެމްސަންގްއާ ވާދަވެރި ވާވޭ ނިސްބަތްވާ ޗައިނާ އަށް ސެމްސަންގްގެ ޓެކޮނޮލޮޖީ ވިއްކައިލުމާ އެކު މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް ބަލަން ބޭނުންވާ މި ވައްކަމުގައި ވާވޭއާ ގުޅުމެއްވޭތޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy