އާ އަހަރު އެންމެ ގިނަ ކުދިން އުފަންވީ އިންޑިއާގައި

ޖެނުއަރީ، 1، 2019 ގައި އުފަންވި ކުދިންގެ އަދަދު 395،000 އަށް ވުރެ ގިނަ.

އާ އަހަރާ ދިމާކޮށް މި މަހުގެ އެއް ވަނަ ދުވަހު އެންމެ ގިނަ ކުދިން އުފަންވީ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި ކަމަށް ޔުނިސެފުން ބުނެފި އެވެ.


ޔުނިސެފުން ބުނި ގޮތުގައި ޖެނުއަރީ، 1، 2019 ގައި އިންޑިއާގައި 69,944 ކުދިން އުފަންވެފައިވާ އިރު، ދުނިޔޭގެ ނިސްބަތުން އެއީ އެ ތާރީހުގައި އުފަންވި ކުދިންގެ 18 ޕަސެންޓެވެ.

އިންޑިއާގެ ފަހަތުން މި ލިސްޓުން ގަދަ ތިނަކުން ޖާގަ ހޯދި އަނެއް ދެ ގައުމަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާ އާއި އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާ އެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު، ޗައިނާގައި 44،940 ކުދިން އުފަންވި އިރު، ނައިޖީރިއާގައި އުފަންވި ކުދިންގެ އަދަދަކީ 25،685 ކުދިންނެވެ.

މިދިޔަ އަހަރު މި ލިސްޓްގެ ހަތަރު ވަނަ މަގާމު ލިބުނު ޕާކިސްތާން މި ފަހަރު ދިޔައީ ފަސް ވަނައަށެވެ. އެއީ 15،112 ކުދިންނާ އެކީގަ އެވެ. ހަ ވަނަ މި ފަހަރު ލިބުނީ އިންޑޮނީޝިއާއަށެވެ. އެ ގައުމުގައި އާ އަހަރުގެ ފުރަތަމަ ދުވަހު އުފަންވި ކުދިންގެ އަދަދަކީ 13،256 ކުދިންނެވެ.

ދެން އާ އަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނަ ކުދިން އުފަންވި ގައުމުތަކަށް ބަލާ އިރު ކޮންގޯގައި 10،053 ކުދިން އުފަންވި އިރު، ބަންގްލަދޭޝްގައި އުފަންވި ކުދިންގެ އަދަދަކީ 8،428 އެވެ.

އެމެެރިކާގައި އާ އަހަރުގެ ފުރަތަމަ ދުވަހު އުފަންވެފައި ވަނީ 1،086 ކުދިންނެވެ.

ޔުނިސެފުން ބުނި ގޮތުގައި ޖެނުއަރީ، 1، 2019 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފަންވި ކުދިންގެ އަދަދު 395،000 އަށް ވުރެ ގިނަ އެވެ.